ކަނޑިންމާ ރިސޯޓުން ހާލު ދެރަވެގެން ދ.ކުޑަހުވަދޫ އަށް ގެންދިޔަ މީހަކު ނިޔާވެގެން ވަޅުލި ފަހުން އޭނާގެ ސުންކު(ސާމްޕަލް) ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ސުންކު ލިބުމުގެ ކުރިން އެމީހާ ވަޅުލި ނަމަވެސް، އޭނާ ވަޅުލާފައި ވަނީ ޝައްކު ކުރެވޭ ވޭދަނަ އެއްގެ ގޮތުގައެވެ. އެހެންކަމުން ވަޅުލުމުގައި ހަރަކާތްތެރިވި އެންމެންވެސް ތިބީ ރައްކާތެރި ގިއަރުގައެވެެ.

”ވަގުތު“ އަށް އެނގިފައިވާ ގޮތުން އެމީހާ ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންދިޔައީ ބަލިވެގެން އުޅޭތާ 3 ދުވަސް ފަހުންނެވެ. އޭރުވެސް އޭނާގެ ގައިން ކޮވިޑް-19ގެ އަލާމާތްތައް ފެންނަމުން ދިޔަކަމަށް އާއިލާ އިން ވަނީ މައުލޫމާތު ދީފައެވެ.

”ޑޮކްޓަރަށް ދައްކަން ފޮނުވުން ވަރަށް ބޮޑަށް ލަސްވި. ގެންދިޔައީ އޮކްސިޖަން ލެވެލް ދަށްވުމުން.“ އާއިލާގެ ފަރާތުން ”ވަގުތު“ އަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

ކޮވިޑް-19ގެ އަލާމާތްތައް އޭނާގެ ގައިން ފެނުނު ނަމަވެސް، ޑޮކްޓަރުން ނިންމާފައި ވަނީ އޭނާ އަށް ހާޓް އެޓޭކެއްް ޖެހުނީ ކަމަށެވެ.

ރޭގެ ވަގުތެއްގައި ނިޔާވި މި ފިރިހެން މީހާގެ ސުންކުގެ ނަތީޖާ ލިބިފައި ވަނީ މިއަދުއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އާޝޯހު

    ކަނޑިމަ ރިސޯޓްގެ ހާލަތު ވަރަށް ގޯސްކަމަށްވަނީ.

    15
    1
  2. ޭއެ ރަށު މީހާ

    ދޮގު ހެދިޔަސް ތީ ދެން ބޮޑު ވަރު. އެ މީހާ ބަލިވެގެން އޮންނަތާ 15 ދުވަސްވީއިރުވެސް ރިސޯޓުން ނުދޭ އެއްވެސް އެހީއެއް. ހުން އައިސްގެން އެނދުން ނުތެދުވެވި 3 ދުވަސް ވަންދެން އޮވެގެން އެ މީހާ ރޮއި އާދޭސް ކުރީމަވެސް ފަރުވާއަށް ނުފޮނުވި ރިސޯޓް ނުހުޅުވިދާނެތީވެ. ހަމަ އެމީހުންގެ ރަހުމު ކުޑަ ކަން. މިހާރު ވެސް އެރިސޯޓުގަ އެބަތިބި ސަ ކަރާތް ވެފަ ތިބި ކިތަންމެ ބަޔަ ކުވެސް. ޓެސްޓު ކޮއްދޭން ބުނީމަވެސް ބުނަނީ ކޮޓަރިން ނުނި ކުމެެ އަންގަބަންދު ކުރާށޭ. ހަމަ ރިސޯޓު ނުހުޅުވިދާނެތީ.

    28
    1
  3. ޜިފާ

    ނިޔާމައިން މަރުވި މީހާ މަރުވީ އެރިސޯޓްގެ މެނޭޖް މަންޓްގެ އިހްމާލުން.
    ޢެމީހުން ބަލިވެ އުޅޭތާ 3ހަފުތާއަށް ވުރެ ގިނަދުވަސް ވެއްޖެ.ނިޔާވި މީހާއި އެކީ ކޮޓަތީގެ އުޅުނު 3 މީހުންވެސް ވ.ބަލި އަދި އެރޫމުން މިއަދު ޓެސްޓް ހެދީ 1މީހަކު 2މީހަކު ނަހަދާ އެތަނުން 1 މަރުވީ.މެނޭޖް މެނޭޖް މަންޓު އެޗްޕީއޭ މީހުން ކައިރިއަށް ޓެސްޓް ކުރަން މިފުނުވަނީ އެހެންބަޔެއް.ބަލި މީހުންތިބި ރޫމަށް ކާއެއްޗެހި ގެންދާއިރު ބަލަ މެނޭޖްމަންޓްށް ނޭގޭނީބާ،އަދި ބަލިވެތިބި މީހުން މާލެ ފުވަންވެގެންވެސް އުޅެފި.އެތަނުން.އެންމެ ފަހުން މަރުވި މީހާ ހުރިރޫމުން ބާކީ އެރޫމުގަ ތިބި 3 މީހުންގެ ތެރެއިން ޓެސްޓް ނޮކޮށްތިބީ މީހުންވެސް މިހާރު ޓެސްޓް ކުރަން ނިންމާަފި.މީގެ ކުރިން އެރިސޯޓުން އުޅުނީ އެރޫމުން އެންމެ މީހަކު ކޮށްފަ ދެންތިބި މީހުން ނުކުރަން ކޮންމެވެސް ބަޔަކު މައްސަލަ ޖެއްސީމަ ބާކީ 2 މީހުންގެ ސާމްޕަލް ނަގަން އެތެޅިގަތީ.ސާބަސް އެޗްޕީއޭ.ހުރިހާމީހުންގެ ސާމްޕަލް ނަގާަ ނީޔާމަ ރިސޯޓުގެ މެނޭޖް މެންޓުން އިހްމާލު ވި މީހުންނާމެދު ފިޔަވަޅު އަޅާ .

    21
    2
  4. މީހަކު

    ދޮގު ހެދިޔަސް ތީ ދެން ބޮޑު ވަރު. އެ މީހާ ބަލިވެގެން އޮންނަތާ 15 ދުވަސްވީއިރުވެސް ރިސޯޓުން ނުދޭ އެއްވެސް އެހީއެއް. ހުން އައިސްގެން އެނދުން ނުތެދުވެވި 3 ދުވަސް ވަންދެން އޮވެގެން އެ މީހާ ރޮއި އާދޭސް ކުރީމަވެސް ފަރުވާއަށް ނުފޮނުވި ރިސޯޓް ނުހުޅުވިދާނެތީވެ. ހަމަ އެމީހުންގެ ރަހުމު ކުޑަ ކަން. މިހާރު ވެސް އެރިސޯޓުގަ އެބަތިބި ސަ ކަރާތް ވެފަ ތިބި ކިތަންމެ ބަޔަ ކުވެސް. ޓެސްޓު ކޮއްދޭން ބުނީމަވެސް ބުނަނީ ކޮޓަރިން ނުނި ކުމެެ އަންގަބަންދު ކުރާށޭ. ހަމަ ރިސޯޓު ނުހުޅުވިދާނެތީ. ނުލަފާކަން

    14
  5. މީހަކު

    ދޮގު ހެދިޔަސް ތީ ދެން ބޮޑު ވަރު. އެ މީހާ ބަލިވެގެން އޮންނަތާ 15 ދުވަސްވީއިރުވެސް ރިސޯޓުން ނުދޭ އެއްވެސް އެހީއެއް. ހުން އައިސްގެން އެނދުން ނުތެދުވެވި 3 ދުވަސް ވަންދެން އޮވެގެން އެ މީހާ ރޮއި އާދޭސް ކުރީމަވެސް ފަރުވާއަށް ނުފޮނުވި ރިސޯޓް ނުހުޅުވިދާނެތީވެ. ހަމަ އެމީހުންގެ ރަހުމު ކުޑަ ކަން. މިހާރު ވެސް އެރިސޯޓުގަ އެބަތިބި ސަ ކަރާތް ވެފަ ތިބި ކިތަންމެ ބަޔަ ކުވެސް. ޓެސްޓު ކޮއްދޭން ބުނީމަވެސް ބުނަނީ ކޮޓަރިން ނުނި ކުމެެ އަންގަބަންދު ކުރާށޭ. ހަމަ ރިސޯޓު ނުހުޅުވިދާނެތީ.

    12
  6. ދ.ޢަބްދުﷲ

    އަތްލައަތްލާ ވަރަށްދެރަ، މާލެއާ ލާމާދޭތެރޭ އެއްވެސް ކޮވިޑު ފެސިލިޓީއެއް ޤާއިމެއްނުކުރޭ! ޖިއޮގްރަފީގޮތުން އެއީ މާލެއާ ކުޅުދުއްފުއްޓާދެމެދުގެ ދުރުމިނެއް! އުތުރުގައި މާލެއާ ކުޅުދުފުއްޓާދެމެދު ތިން ކޮވިޑުފެސިލިޓީ އެތެއް ވެންޓިލޭޓަރާއެކު ގާއިމުކުރި! މާލެނުލާ ވެންޓިލޭޓަރުގަނޑެއް ދެންހުށީ ދެކުނުން އެންމެގާތުވެސް ލާމު! މިދެމެދު ރައްޔެތުން މަރުވާންވީތޯ ؟ އެހެންނޫންތޯ މިވީ ؟ މިބުނަނީ މަރުހިފެއްޓޭޅެކޭނޫން! ކުޑަހުވަދޫ އަކީ 3000 މީހުންއުޅޭ ރަށެއް! ދެރަ! މާލޭ ސަރުކާރުން ތަމެން ވިސްނަބަލާ!

  7. ޜަނޑެއް

    އާތިފްގެ އިސްތިއުފާ ޖައްސާ. އޭނަ ބަފާ ތަރި ކަ މުދަލެއް ނޫން .އާތިފް ކަލޭ ތަން ކޮޅެއް ފިރިހެން ވެބަލަ.....

    3
    1
  8. ކަރީމް

    ދ. ފ ހޮސްޕިޓާ މީ ކިއެއްކުރާ ތަންތަނެއްތަ..؟؟ ކަނޑިންމައަށްވެސް ނަރުހުން މިގެންދަނީ މ.މުލީ ހޮސްޕިޓަލުން.. އެއްޗެއް ލިބެންޏާ ލ އަދި ދ ހޮސްޕިޓަލަށް.. ދ އަތޮޅު ހޮސްޕިޓަލަށްވުރެ ހާލަތު ދަށް މ.މުލީ ރީޖަނަލް ހޮސްޕިޓަލްގެ.