ރ. ދުވާފަރު ކައުންސިލްގެ އެތައް މިލިއަން ރުފިޔާއެއްގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި ދައުވާކުރުމުގެ ބަދަލުގައި، ނަސޭހަތުގެ އެއްބަސްވުމެއް ހަދަން ނިންމި ނިންމުން ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ދިފާއު ކުރައްވައިފިއެވެ.

ދުވާފަރު ކައުންސިލުން ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާއި ހިލާފަށް ކައުންސިލްގެ މެންބަރުންގެ ޕާސަނަލް އެކައުންޓަށް ފައިސާ ޖަމާކުރުމާއި، ނަގުދު ފައިސާ އިން އެއްވެސް ހުއްދައެއް އަދި ލިޔެކިޔުމެއް ނެތި ކައުންސިލަރުންނަށާއި، އ.ތ.މ ކޮމިޓީގެ މެންބަރުންނަށާއި، މުވައްޒަފުންނަށް ގިނަ އަދަދެއްގެ ފައިސާ ހަވާލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވުނެވެ.

އެ މައްސަލައިގައި ޝާމިލުވި މީހުންގެ ތެރޭގައި ކައުންސިލް އިދާރާގެ އެސިސްޓެންޑް ޑިރެކްޓަރު އަދި ސީޕީގެ ބައްޕަ ރ. ކަނދޮޅުދޫ، ރިހިތަޅާގެ، މުހައްމަދު އަލީފުޅާއެކު އިތުރު ހަ މީހަކު ހިމެނެއެވެ. ނަމަވެސް އެ މީހުންނަށް ދައުވާ ކުރުމުގެ ބަދަލުގައި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ނިންމީ އިއުތިރާފުގެ އެއްބަސްވުމެއް ހަދައި ނަސޭހަތް ދޭށެވެ. އަދި އެ އެއްބަސްވުމުގެ މުއްދަތުގައި އިތުރު ކުށެއް ނުކުރުމަށް ޝަރުތުކޮށް، އެއްބަސްވުމުގެ ޝަރުތުތަކާ ޚިލާފުވެއްޖެނަމަ ދައުވާ އުފުލާށެވެ.

އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި ޝަމީމް, އޭނާގެ އަމިއްލަ ބްލޮގުގައި ލިޔުއްވި ގޮތުގައި ދުވާފަރު ކައުންސިލަރުންނާ އެކު ހެދި ނަސޭހަތުގެ އެއްބަސްވުމުން ވީ ފައިދާއެވެ. އަދި ނުކުތީ ރަނގަޅު ނަތީޖާއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝަމީމްގެ ވިދާޅުވި ގޮތުން ދުވާފަރު ކައުންސިލަރުންނަށް ނަސޭހަތްދީ މައްސަލަ ނިންމުމަށް އެ އޮފީހުން ނިންމީ، ގާނޫނުގައި ބުނާ އަށް ހާލަތުގެ ތެރެއިން ހަތް ހާލަތެއް ފުރިހަމަވާތީއެވެ. ފުރިހަމަ ނުވެ އޮތީ މި މައްސަލައާ ގުޅުމެއް ނެތް، ކުޑަކުދިންނާ ގުޅޭ ހާލަތެއް އެކަނި ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުށުގެ އަދަބުގެ ކުޑަބޮޑު މިނަށް ބަލައި، ދެކޮޅަށް ވެސް ބަހުސްކުރެވެން އެބައޮތް، ކުށުގެ ސަބަބުން ލިބުނު ގެއްލުމެއް ހަގީގަތުގައި ނެތް. ކުށްކުރި މީހުންގެ ކުށުގެ ރެކޯޑެއް ނެތް. އެމީހުންގެ މައްޗަށް އެހެން ޖިނާއީ ދައުވާއެއް ހުށަހެޅި ހިނގަމަކުން ނުދޭ. ކުށްކުރި މީހުންގެ އުމުރަށް ބަލާއިރު، މާ ހަގެއް ނޫން. ކުށްކުރި ހަމަ ކޮންމެ މީހަކު، ޒިންމާދާރުކަމާ އެކު އާއިލާއެއް ބަލަހައްޓަމުންދޭ. ތެދެކެވެ. ފައިސާ ގެންގުޅުނީ ގަވާއިދާ ޚިލާފަށް، ނަމަވެސް، ގެއްލުނު ހުރިހާ ފައިސާއެއް ވަނީ އަނބުރާ ދައްކާފައި، ދައުލަތަށް މަދުވި ފައިސާއެއް އޮތް ކަމަކަށް ތަހުގީގަކުން ނުދައްކާ،" ޝަމީމް ލިޔުއްވާފައިވެއެވެ.

"އާންމު މަސްލަހަތަށް ފައިދާ ހުރި ދައުވާކުރުން ކަމަށް ބަލާނެ ލިސްޓުގައި އޮތް ކަންތައްތަކަށް ބަލައިގެން ކިޔައިފި ނަމަ، އެ ލިސްޓުގައި ހުރި ތިން ކަމެއް ފުރިހަމަވުމަކީ އެކަށީގެންވާ ކަމެއް، އެއީ، ދައުލަތުގެ މުވައްޒަފެއްގެ ރަސްމީ މަސައްކަތާ ގުޅޭ ގޮތުން ހިނގި ކަމަކަށްވުމާއި، މުޖްތަމައުގައި ޒިންމާދާރު މަގާމެއްގައި ތިބި ބަޔަކު ކުރި ކަމަކަށްވުމާއި ކުށްކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނުމާ، މިތިން ކަންތައް،" ޝަމީމް ގަބޫލުކުރައްވައެވެ.

މި މައްސަލައިގައި، ނަސޭހަތުގެ އެއްބަސްވުމުގެ ނަތީޖާއަކަށްވީ، ޕީޖީ ލިޔުއްވާފައިވާ ގޮތުގައި މައްސަލައިގައި ހިމެނޭ މީހުންނަށް ކުށް ކުރެވިފައިވާ ކަމަށް އިއުތިރާފުވެ، ދައުލަތުން ގެއްލުނު ހުރިހާ ފައިސާއެއް އަނބުރާ ދެއްކުމެވެ.

އެ މީހުން، އެއްބަސްވުމުގެ މުއްދަތުގައި އިތުރު ކުށެއް ނުކުރަން އެއްބަސްވެފައިވާއިރު، އިތުރު ކުށެއް ކޮށްފިނަމަ، ނަސޭހަތް ދެވުނު މައްސަލަ އާއި އަލަށް ކުރި ކުށުގެ ދައުވާ ވެސް ކޯޓުގައި އުފުލާނެ ކަމަށް ވެސް އޭނާ ވަނީ ލިޔުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ތައްޔިބް

    ދައުލަތުގެ ފައިސާއަށް ހިޔާނަތް ތެރިވި މީހުންގެ ތެރޭގައި ޖަލު ކޮމިޝަނަރު ޢަހުމަދުފުޅުގެ ބަފާ ހިމެނޭތީ ގަނޑުކޮށް އެމާފު ދިނީ.

    ދެން ޖަލުގަ ތިބި އެންމެންނަށްވެސް އޯގާތެރިވެފަ ދޫކޮށްލާ. ހަމަހަމަ ވާންޖެހޭނެ އަދުލު އިންސާފު!!!!

  2. އުގުރި

    ވައްކަމޭ.. ވައްކަމޭ... ތިޔަ ކުރަނީ ހަމަ ވައްކަމޭ.. މީގެ ފަހަތުގައި ވެސް މި އިމްރާނު ހުންނާނެ އެއީ ޖަލުގެ ސީޕީ ވީމަ...

  3. ކޮބާ

    ތިގޮތްއެންމެންނަންވެސްވާނަމަކިހާރަގަޅު!

  4. ޑައެލޯގް

    އިބޫއެބުނާ ގާނޫނުގެ އިމަކީ މިއީއެވެ. އިބޫއަށް ވޯޓެއްލިބޭ ވަގެެއްވިއްޔާ ދޫވެއެވެ. އެމްއެމްޕީއާރުސީ ވަގުން، ޖާބިރު، ޝިޔާމް، ފަލާހުގެޑްރަގް ދަރިފުޅު، ސަފާރީރޭޕް، ހޯރައިއްބެ، މިހެންގޮސް ބައިވަރު ވަގުން ސަމީމު މެދުވެރިކޮށް ދޫކޮށްފިއެވެ. ޔާމީނަށްވީމަ ސަބަބުވެރި އިންސާނަކަށް ވިސްނޭ ހުކުމެވެ.

  5. Anonymous

    އަހުރެން ބުނާ vaahaka އަބަދުވެސް. ޤާނޫނުން ޕީޖީއަށް ދީފައިއޮތް ބާރު ނަހަމަ ގޮތުގައި ބޭނުންކުރުން. ތި ޝަރުޠުހަމަވާ ކިތައް މީހުންގެ މައްޗަށްތޯ ދަޢުވާކުރީ. ގެއްލުން ލިބުނު ކިތައްމީހުން މަޢާފްކުރުމުންތޯ ދަޢުވާއުފުލީ. ކުދިކުދި ކުށްކުށުގައި ފުރަތަމަ ކުށްކުރި ކިތައްމީހުންގެ މައްޗަށްތޯ ދަޢުވާ އުފުލީ.
    ރައްޔިތުންގެ ފައިސާ ތިގޮތަށް ބޭނުންކުރިކަމަށް ތުހުމަތުކޮށް ކިތައް ޢާއިލާތޯ ބިކަކޮށްލީ. ތި އެންމެން ވަޒީފާއިން ވަކިކުރަންޖެހޭ.
    މީނާ މިމަޤާމުގައި ހުރެ ކުރި ދަޢުވާތައް ޞައްޙައެއްނޫން. މަޤާމުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކޮށް ކޮށްފައިވާ ދައުވާތަކެއްކަމަށްވާތީ.

  6. ދޯދި

    ތީހާދަ މޮޅު ގޮތަކޭ ދޯ؟ގައުމު ދަވާލީމަ އެއްބަސްވުމެއްހަދާ އެހެން މީހުންނަށް ހިތްވަރު ދެނީ.

  7. އާދަނާ

    ޒީރޯޓޮލެރެސް ސަރުކާރު ވައްކަމާއި ކަރަޕްޝަންހިންގުމުގައި، އަދުލުއިންސާފުން އެއްކިބާވެ ޖާހިލުއަމަލުތައްކުރުމުގައި!

  8. ހުސޭނުބޭ

    މީނާއަކީ ބޮޑެތި ކުށްތަކާއި ކަރަޕްޝަން މުޖުތަމަޢުގައި ފަސޭހަކުރާ މީހާ!

  9. ގާނޫނީ

    އިމުރާނު ވައްކަން ކުރައްވާނީ ގާނުނުގެ އިމުގެ ތެރެއިން.