ރޭ ކުޑަހުވަދޫ އިން ނިޔާވި މީހާ ކޮވިޑް މަރެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.

ކަނޑިންމާ ރިސޯޓުން ހާލު ދެރަވެގެން ދ.ކުޑަހުވަދޫ އަށް ގެންދިޔަ މީހާ ނިޔާވެގެން ވަޅުލި ފަހުން އެނިގައި ވަނީ އޭނާ ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމެވެ.

ސުންކު ލިބުމުގެ ކުރިން އެމީހާ ވަޅުލި ނަމަވެސް، އޭނާ ވަޅުލާފައި ވަނީ ޝައްކު ކުރެވޭ ވޭދަނަ އެއްގެ ގޮތުގައެވެ. އެހެންކަމުން ވަޅުލުމުގައި ހަރަކާތްތެރިވި އެންމެންވެސް ތިބީ ރައްކާތެރި ގިއަރު އަޅައިގެންނެވެ.

ޑޮކްޓަރަށް ދައްކަން ފޮނުވުން ވަރަށް ބޮޑަށް ލަސްވި. ގެންދިޔައީ އޮކްސިޖަން ލެވެލް ދަށްވުމުން.“ އާއިލާގެ ފަރާތުން ”ވަގުތު“ އަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

ކޮވިޑް-19ގެ އަލާމާތްތައް އޭނާގެ ގައިން ފެނުނު ނަމަވެސް، ފުރަތަމަ ޑޮކްޓަރުން ނިންމާފައި ވަނީ އޭނާ އަށް ހާޓް އެޓޭކެއްް ޖެހުނީ ކަމަށެވެ. ނަމަވެސް، މިހާރު އޭނާގެ ސުންކު ލިބުނު ފަހުން އޭނާގެ މަރު ކަނޑައަޅާފައި ވަނީ ކޮވިޑް މަރެެއްގެ ގޮތުގައެވެ.

ރާއްޖެ އިން ކޮވިޑް-19 ފެނުނު ފަހުން ނިޔާވި ބައެއް މީހުން ނިޔާވިފަހުން ހެދި ޓެސްޓްތަކުން މީގެ ކުރިން ވެސް ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. ރާއްޖޭގައި ނިޔާވި ހަތް މީހަކު ކޮވިޑް-19 އަށް ފައްސިވި ނަމަވެސް އެމީހުން ނިޔާވާން މެދުވެރިވި ސަބަބަކީ ކޮވިޑް-19 ނޫން ކަމަށް އެޗްޕީއޭ އިން މީގެ ކުރިން ނިންމާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދ.ޢަބްދުﷲ

    ވަރަށްދެރަ، މާލެއާ ލާމާދޭތެރޭ އެއްވެސް ކޮވިޑު ފެސިލިޓީއެއް ޤާއިމެއްނުކުރޭ! ޖިއޮގްރަފީގޮތުން އެއީ މާލެއާ ކުޅުދުއްފުއްޓާދެމެދުގެ ދުރުމިނެއް! އުތުރުގައި މާލެއާ ކުޅުދުފުއްޓާދެމެދު ތިން ކޮވިޑުފެސިލިޓީ އެތަކެއް ވެންޓިލޭޓަރާއެކު ގާއިމުކުރި! މާލެނުލާ ވެންޓިލޭޓަރުގަނޑެއް ދެންހުރީ ދެކުނުން އެންމެކާރީވެސް ލާމުގަ! މިދެމެދުގެ ރައްޔެތުން މަރުވާންވީތޯ ؟ އެހެންނޫންތޯ މިވީ ؟ މިބުނަނީ މަރުހިފެހއްޓޭނެއެކޭނޫން! ކުޑަހުވަދޫ އަކީ 3000 މީހުންއުޅޭ ރަށެއް! ދެރަ!

  2. ދ.ޢަބްދުﷲ

    ވަރަށްދެރަ، މާލެއާ ލާމާދޭތެރޭ އެއްވެސް ކޮވިޑު ފެސިލިޓީއެއް ޤާއިމެއްނުކުރޭ! ޖިއޮގްރަފީގޮތުން އެއީ މާލެއާ ކުޅުދުއްފުއްޓާދެމެދުގެ ދުރުމިނެއް! އުތުރުގައި މާލެއާ ކުޅުދުފުއްޓާދެމެދު ތިން ކޮވިޑުފެސިލިޓީ އެތަކެއް ވެންޓިލޭޓަރާއެކު ގާއިމުކުރި! މާލެނުލާ ވެންޓިލޭޓަރުގަނޑެއް ދެންހުރީ ދެކުނުން އެންމެކާރީވެސް ލާމުގަ! މިދެމެދުގެ ރައްޔެތުން މަރުވާންވީތޯ ؟ އެހެންނޫންތޯ މިވީ ؟ މިބުނަނީ މަރުހިފެހއްޓޭނެއެކޭނޫން! ކުޑަހުވަދޫ އަކީ 3000 މީހުންއުޅޭ ރަށެއް! ހެއޮނުވާޅޭ!