ގްރީސްއަށް 6.2 މެގްނެޓިއުޑް ބާރުމިނުގައި ބިންހެލުމެއް އެތުވެއްޖެ އެވެ.
ޔޫރަޕިއަން ސެއިސްމޮލޮޖިއަލް ސެންޓަރުން ބުނީ، މި ބިންހެލުން އައިސްފައި ވަނީ 10 ކިލޯމީޓަރު އަޑިއަށް ކަމަށެވެ.
ޖަރުމަން ރީސާޗް ސެންޓަރުން ވަނީ އެ ބިންހެލުމުގެ ބާރުމިން 6.0 މެގްނެޓިއުޑަށް ބަދަލު ކޮށްފައެވެ.
ދަ އެތަންސް ޖިއޯޑައިނަމިކް އިންސްޓިޓިއުޑް އިން ބުނީ، މި ބިންހެލުން އައިސްފައި ވަނީ ސެންޓެރަލް ގްރީސްގެ އެލަސޯނާ ޓައުންއަށެވެ.
އަތެންސްގައި ތިބި ފަޔާ ސާވިސް އޮފިޝަލުން ވަނީ، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަން އަދި ތަނަކަށް ގެއްލުންވިކަން ރިޕޯޓްކޮށްފައި ނުވާ ކަން ހާމަޮށްފައެވެ. އެހެން ނަމަވެސް އެ ބިންހެލުމުގެ އަސަރު ކޮންމެވެެސް ވަރަކަށް ކުރި ކަމަށް އާއްމުން ބުނެފައި ވެއެވެ.
އެގޮތުން ބައެއް އިމާރަތްތައް އެގަޑީގައި ތެޅުނު ކަމަށާއި، ހިރަފުސްވެސް މުޅި ސަރަހައްދަށް ބުރައިގެން ދިޔަ ކަމަށް ވެއެވެ.