ގްރީސްގެ އެވިއާގެ ޖަންގަލީގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ ހަރަކާތްތެރިވަމުންދިޔަ މަތިންދާ ބޯޓެއް ވެއްޓިއްޖެއެވެ.

ހޫނު މޫސުމާއި ގުޅިގެން ގްރީސްގެ ރަށްތަކެއް ކަމަށްވާ ރޯޑްސް އާއި ކޯފޫގެ ޖަންގަލިތަކުގައި ވަނީ ރޯވެފައެވެ. އަދި އެތައް އަލިފާނުގެ ހާދިސާތަކުގައި އެތައް ހާސް އާއްމުންނާއި ފަތުރުވެރިން މިތަންތަން ދޫކޮށް ދާއިރު، އެ ހޫނުގެ ސަބަބުން އެ ގައުމު "ހަނގުރާމަކުރަމުންދާ" ކަމުގެ އިންޒާރު ބޮޑުވަޒީރު ވަނީ ދެއްވާފައެވެ.

ބޮޑުވަޒީރު ކިރިޔާކޯސް މިޓްސޯޓަކިސް ކެބިނެޓަށް ވިދާޅުވި ގޮތުގައި ކުރިއަށް އޮތީ އަނެއްކާވެސް އުނދަގޫ ހޫނު މޫސުމެކެވެ.

ރޯޑްސް އާއި ކޯފޫގައި އަދިވެސް ރޯވަމުންދާ އަލިފާންގަނޑުތައް ނިއްވުމުގައި އެތައް ސަތޭކަ ފަޔަރ ފައިޓަރުން ވަނީ މަސައްކަތްކޮށްފައެވެ.

ފަޔާ ޑިޕާޓްމަންޓުން ބުނީ ކެނެޑާގެ މަތިންދާބޯޓު ވެއްޓުނީ އާދީއްތަ ދުވަހު އަލިފާން ރޯވި އެސ ސަރަހައްދާއި ކައިރީގައި ހުރި ވަޅުގަނޑަކަށް ކަމަށެވެ. ދައުލަތުގެ ޓީވީ އީއާރްޓީގެ ފުޓޭޖްތަކުން ފެންނަ ގޮތުގައި މަތިންދާބޯޓު ގަހެއް ޖެހި، ބޯޓު ވެއްޓުމާއެކު ގޮވާ ތަނެވެ.

އެވިއާގެ އަވަށެއްގެ ތަރުޖަމާނު ޔާނިސް އާޓޮޕިއޯސް ވިދާޅުވީ މަދުވެގެން ދެ މީހުންނާއެކު ދަތުރުކުރި ގްރީސް ކެނެޑާގެ މަތިންދާބޯޓެއް ވެއްޓުނީ ޕްލެޓަނިސްޓޯ ކައިރިން ކަމަށެވެ.

އެވީއާގައި ރޯވި އަލިފާންގަނޑުތަކާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި އިތުރު ތިން މަތިންދާ ބޯޓާއި ގާތްގަނޑަކަށް ސަތޭކަ އެއްހާ ފަޔާ ފައިޓަރުން ބައިވެރިވަމުންދާއިރު، އޭގެ ތެރޭގައި އެ މަތިންދާ ބޯޓު ވެސް ހިމެނެއެވެ.

ޑަބްލިއުޑަބްލިއުއެފް ގްރީސް އިން އިއްޔެ ބުނީ ފާއިތުވި ހަފުތާގެ ތެރޭގައި އެ ގައުމުގެ 35،000 ހެކްޓަރު (86،500 އޭކަރު) ގެ ޖަންގަލިތަކާއި އެހެނިހެން ބިންތަކުގައި އަލިފާނުގެ ހާދިސާއެއް ހިނގައި އަނދާފައިވާ ކަމަށެވެ.

އެ ގައުމުގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައި ވަނީ ވެރިރަށް އެތެންސްގެ ހޫނުމިން 41 ޑިގްރީ ސެލްސިއަސް އަށް އަރާނެއެވެ. އަދި މެދުތެރޭ ގްރީސްގެ ހޫނުމިން 44 ސެލްސިއަސް އަށް އަރާނެ ކަމަށް ލަފާ ކުރެވެއެވެ.