ރަހީނު ކޮށްގެން ކުޑަކުއްޖަކު މަރާލި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން އުމުރުން 17 އަހަރުގެ ކުއްޖާގެ ބަންދަށް 15 ދުވަސް ޖަހައި 27 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރު ކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރު ކުރި 17 އަހަރުގެ ކުއްޖާގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ ޖުވެނައިލް ކޯޓުންނެވެ. އަދި 27 އަހަރުގެ މީހާގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ ކްރިމިނަލް ކޯޓުންނެވެ.

އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލައިގައި މި ދެމީހުން ހައްޔަރު ކޮށްފައިވަނީ ކުއްޖާ މަރާލި މައްސަލައިގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ތުހުމަތުގައެވެ.

އެމީހުން ހައްޔަރު ކޮށްފައިވަނީ މާލޭ ގެސްޓްހައުސް އަކުންނެވެ. ފުލުހުން ވިދާޅުވީ، އެމީހުން ހައްޔަރު ކުރި ގެސްޓް ހައުސްގެ ކޮޓަރި ތެރެއިން ލޭ ފެނިފައިވާ ކަމަށެވެ.

މަރާލާފައިވާ އެކުއްޖާގެ ހަށިގަނޑު ފެނުނީ ހުޅުމާލޭ ޕޮލިހުންނަށް އާންމުންގެ މީހަކު، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އާންމުން ވަނުން މަނާ ސަރަހައްދުގައި ކުއްޖަކަށް އަނިޔާކޮށްފައިވާ ކަމަށް ބުނެ މައްސަލައެއް ރިޕޯޓްކުރުމުން، އެ ސަރަހައްދު ބަލައި ހޯދަމުން ދަނިކޮށް ފޮއްޓަކަށް ލާފައި އޮއްވާއެވެ.

މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވީ، މި މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އާއްމު ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަޝީދު

    ކުޑަ ކުދިން މީހުން މަރާތަ ތިކަމުގަ އި ދެމީހުންނަ އް އެއ އް މިންގަޑަކުން އަމަލު ކުރަން ގޮވާލަން...

  2. މަ

    ކޮން ކުޑައެއް ބޮޑެއް . ބުއްދި ސަލާމަތުން ދެމީހުން ވެސް ތިބީ ކުރީ އެެއް ކުށެއް ދޭން ވާނީވެސް އެއް ހުކުމެއް

  3. ސީމާ

    ބަލަ މަރައް މަރު އޮންނަންވާނީ، އޭރުން ތިފަދަ ޢަމަލުތައްކުރުން ހުއްޓާލާނެ!