ބޭނުންވާ ތަކެތި:

5 ބިސް

150ގ (1 ތަށި) ފުއް

375ގ ޒުކިނީ (ކުދިކޮށް ކޮށާފައި)

1 ބޮޑު ފިޔާ، ރީތިކޮށް ކޮށާފައި

200ގ ކުކުޅު

1 ތަށި ޗީޒް

(1/4 ތަށި) ތަރުކާރީ ތެޔޮ

1/4 ލޮނު (ސައި ސަމްސާ)

ގިތެޔޮ މިރުސް (ކުދިކޮށް ކޮށާފަ)

4 ސައި ސަމްސާ ކޯންފުލޯ (މިއީ ޕައި މުރަނަ ކުރަން ބޭނުންނަމަ)

ތައްޔާރު ކުރާނެ ގޮތް:

އަވަން 170 ސެލްސިއަސް އަށް ހޫނުކޮށްލާށެވެ.

ބޮޑު ތަށިގަނޑެއްގައި ބިސް އެއްކޮށް އެއްވަންދެން ގިރާލާށެވެ. ފުށް އަޅާފައި ޒުކިނީ، ފިޔާ، ކުކުޅު، ލޮނު، ގިތެޔޮމިރުސް، ކޯންފުލޯ، ޗީޒް އަދި ތެޔޮ އަޅާފައި އެއްކޮށް އެއްކޮށްލާށެވެ.

30-20 ސެންޓިމީޓަރުގެ ލެމިންޓަން ޕެން އެއްގައި ތައްޔާރުކޮށްފައިވާ ތަވައަށް އަޅާފައި އަވަނުގައި 30 މިނެޓް ނުވަތަ ފުރިހަމައަށް ފިހެ ނިމެންދެން ފިހެލާށެވެ.