ބޭނުންވާ ތަކެތި:

750 ގ ފުށް

30 ގ އީސްޓް

¾ ޖޯޑު ކިރު

4 ބިސް

¾ ޖޯޑު ހަކުރު

5 ގ ލޮނު

½ ސސ ވެނީލާ އެސެންސް

¾ ޖޯޑު ފެން

150 ގ މާޖިރިން

60 ގ ސްވީޓް ޗޮކްލެޓް

30 ގ ބަޓަރ

ތައްޔާރު ކުރާނެ ގޮތް

އެންމެ ފުރަތަމަ ފުށް، އީސްޓް، ކިރު، ބިސް، ލޮނު، ހަކުރު އަދި ފެން އެއްކޮށްލުމަށްފަހު މޮޑެލާފައި މާޖިރިން އެއްކުރުމަށްފަހު ފަސް މިނެޓް މޮޑެލާފައި 30 މިނިޓް ވަންދެން މަތި ޖަހާފައި ބާއްވާށެވެ. އެއަށްފަހު ފުށްގަނޑު ދެމުމަށްފަހު ތިނެސްކަނަށްވާ ގޮތަށް ކަފާލާށެވެ. ޗޮކްލެޓް އަދި ބަޓަރ މެލްޓު ކުރުމަށްފަހު އެއްކޮށްލާށެވެ. ދެން ކަފާފާއި ހުރި ފުށްގަނޑުގެ ތެރެއަށް ފިލިންގ އެޅުމަށްފަހު އޮޅާލާށެވެ. އަވަނުގައި 170 ޑިގްރީ ސެލްސިއަސްގައި 30 މިނެޓްވަންދެން ފިހެލާށެވެ. ކްރެސެންޓް ފިހެވެން 10 މިނެޓަށް ވީމައި އަވަނުން ނަގާފައި ބިހާއި ކިރު އެއްކޮށްފައި ކްރެސެންޓް މަތީގައި ހޭކުމަށްފަހު އަލުން ފިހަންލާށެވެ.