ޕިއްޒާ ފުށްގަނޑު

250ގ ފުށް

1 ސައިސަމުސާ ޔީސްޓް

1 ސައިސަމުސާ ލޮނުމެދު

1/2 ސައިސަމުސާ ހަކުރު

150 އެމްއެލް ފެން

3 ސައިސަމުސާ ޒައިތޫނި ތެޔޮ

ޕިއްޒާ ސޯސް:

2 ސައިސަމުސާ ޒައިތޫނި ތެޔޮ

1/2 ލޮނުމެދު ކޮށާފައި

1 ސައިސަމުސާ ކޮށާފައި ހުރި ތާޒާ އޮރެގަނޯ

2 ޓޮމާޓޯ ރީތިކޮށް ކޮށާފައި

1/2 ސައިސަމްސާ ލޮނު

400ގ ހަކުރު ޕިންޗް ކޮށްލާ

މިރުސް ޕިންޗް ކޮށްލާ

ޓޮޕިންގ

3 ބަށި ދިގުމިނުގައި ކޮށާފައި

(1/4 ތަށި) އެކްސްޓްރާ ވާޖިން އޮލިވް އޮއިލް،

2 އަލުވި ތުނިކޮށް ކޮށާފައި

1 ޖޯޑު ކުކުޅު

125ގ މޮޒާރެލާ،

ބެސިލް ފަތް ( އެމީހަކު ބޭނުންވާ މިންގަނޑަށް)

ތައްޔާރުކޮށްލާނެ ގޮތް:

ޕިއްޒާ ޑޯ ހެދުމަށް ބޮޑު ތަށިގަނޑަކަށް ފުށްކޮޅު އަޅާލާށެވެ. ޔީސްޓް އެއްކޮށްލާށެވެ. ލޮނުމެދު އަދި ހަކުރު އެއްކޮށް އެއްވަންދެން އެއްކޮށްލާށެވެ. 1 ސައިސަމްސާ ލޮނުމުދު، 1/2 ސައިސަމުސާ ހަކުރު ފެނާއި ތެޔޮ އަޅާށެވެ. އަތުން ފުށްގަނޑު އެއްކޮށްލާށެވެ.

ފުށްގަނޑު ލުއިކޮށް ފުށް ޖަހާފައި ހުންނަ ތަނެއްގެ މަތީގައި 5 މިނެޓް ވަންދެން ބައިންދާށެވެ. ބޮޑު ސާފު ތަށިގަނޑަކަށް އިތުރު ތެޔޮފޮދެއް އުނގުޅާލާށެވެ. ފުށްކޮޅު ތަށިގަނޑަކަށް ލާފައި ސާފު ތުވާލިންކޮޅަކުން ނިވާކޮށްލާށެވެ. 1 ގަޑިއިރު ނުވަތަ ސައިޒު ދެގުނައަށް ބޮޑުވާންދެން އެއްފަރާތަކަށް ބާއްވާށެވެ.

ބަށި ދެފަރާތުގައި ތެލުގެ ދެބައިކުޅަ އެއްބައި ބްރަޝް ކޮށްލާށެވެ. ކޮންމެ ފަރާތަކުން 4-5 މިނެޓް ވަންދެން ނުވަތަ ރަންކުލަ އަރަންދެން ބަށި ކުޑަކޮށް ފިހެލާށެވެ. ބާކީ ހުރި ތެޔޮ ކުޑަ ތަވައެއްގައި މެދު ހޫނުމިނެއްގައި ހޫނުކޮށްލާށެވެ. އަލުވި އަޅާފައި 3 މިނެޓް ކައްކާށެވެ. ކުޑަ ތަށިގަނޑަކަށް ބަދަލުކޮށް ފިނިވާން އެއްފަރާތަކަށް ބަހަށްޓާށެވެ. ކުކުޅު ކޮޅު ގޮޅިހެން ކުދިކޮށް ކޮށާފައި، ތެލުލާށެވެ. ( ކުކުޅުކޮޅު ފެނުވެސް ކެއްކިދާނެއެވެ.)

ކުޑަ ސޯސްޕަންއެއްގައި މެދު ހޫނުމިނެއްގައި ސޯސްގެ ހުރިހާ ބާވަތްތަކެއް އެއްކޮށްލާށެވެ. ހޫނުކުރަމުން ކައްކާށެވެ. ހޫނު މެދުމިނަށް ކުޑަކޮށްލާށެވެ. ދޭތެރެ ދޭތެރެއިން ހޫނުކުރަމުން 5 މިނެޓް ނުވަތަ ސޯސް ގަދަވާންދެން ކައްކާށެވެ. ބޭނުން ކުރުމުގެ ކުރިން ފިނިވާން އެއްފަރާތަކަށް ބާއްވާށެވެ

ފުށްގަނޑު ދެބައިކޮށްލުމަށްފަހު ކޮންމެ އެއްޗެއް 20- 30 ސެންޓިމީޓަރުގެ ރެކްޓަންގްލަރ އަކަށް ރޯލް ކޮށްލާށެވެ. 2 ބެކިންގ ޓްރޭގައި ފުށްކޮޅެއް ޖަހައިގެން ލުއިކޮށް ޑަސްޓް ކޮށްލާށެވެ. ތައްޔާރުކޮށްފައިވާ ޓްރޭތަކެއްގެ މައްޗަށް ފުށްގަނޑު އަޅާށެވެ. ކުޑަކޮށް މައްޗަށް އަރަންދެން 20 މިނެޓް ވަންދެން އެއްފަރާތަކަށް ބާއްވާށެވެ. ދެން އަވަން 230/250 ޖައްސާފަ ހޫނުކޮށްލާށެވެ.

ޕިއްޒާ ސޯސްގެ 3/4 އެއްކޮށް ފަތުރާލާފައި، 2ސެންޓިމީޓަރުގެ ބޯޑަރެއް ބާއްވާށެވެ. ކުކުޅުކޮޅު އަޅާލާށެވެ. ބަށި ކޮޅެއް ޑޯގައި ފަތުރާލާށެވެ. ބާކީ ހުރި ޕިއްޒާ ސޯސް މަތީގައި ސަމުސާ ބޭނުންކޮށްގެން ފަތުރާލާށެވެ. ކޮށާފައި ހުރި މޮޒާރެލާކޮޅު އަޅާލާށެވެ. ކުޑަކޮށް އިތުރު ތެޔޮކޮޅެއް އުނގުޅާލާށެވެ. އަލުވިކޮޅު މައްޗަށް އަނގާޅާލާށެވެ. 8-10 މިނެޓް ނުވަތަ ކްރިސްޕީ ރަންކުލައިގެ ކުލައެއް އަންނަންދެން ފިހެލާށެވެ. ދެން ބެސިލް ފަތުރާލުމަށްފަހު ކޮށާލާށެވެ.