ބޭނުންވާ ތަކެތި:

2 ޖޯޑު ކަށިކެޔޮ (ތުނިކޮށް ކޮށާފަ)

1 1/2 ޖޯޑު އައިސް ފެން

1 1/2 ވެނީލާ އައިސް ކްރީމް

1/3 ޖޯޑު ކިރު

2 މޭޒުމަތީ ސަމްސާ ހަކުރު

ތައްޔާރު ކުރާނެގޮތް:

ކޮށާފައި ހުރި ކަށިކެޔޮ ކޮޅު މިކްސްޗަރަށް އަޅާފައި ފެންފޮދެއް އެޅުމަށްފަހު ރަނގަޅަށް މިކްސް ކޮށްލާށެވެ. މިކްސް ކޮށްލާއިރު ފެން އަޅަމުން ގެންދާނީ ކަށިކެޔޮ ކޮޅު މަޑު ޕޭސްޓް ކޮޅަކަށް ވަންދެނެވެ. މިކްސްކޮށް ނިމުމުން ތައްޔާރުވެފައި ހުރި ބައި ފުރޭންޏަކަށް އެޅުމަށްފަހު ފުރާނާލާށެވެ. ފުރޭނިބައި އަނބުރާ މިކްސްޗަރަށް އަޅާށެވެ. ކިރު، އައިސްކްރީމް، އަދި ހަކުރު އަޅާފައި، ހުރިހާ އެއްޗެއް ރަނގަޅަށް އެއްވާންދެން އަނެއްކާވެސް މިކްސް ކޮށްލާށެވެ. މިކްސް ކޮށްލާ ނިމުމުން އެހުރީ ކަށިކެޔޮ މިލްކްޝޭކް ތައްޔާރުކޮށް ނިމިފައެވެ. ބޭނުންނަމަ އިތުރަށް އައިސް ކްރީމް އެޅިދާނެއެވެ.