ބޭނުންވާ ތަކެތި:

½ ޖޯޑު ކްރީމް ޗީޒް

¼ ސައިސަމުސާ ވެނީލާ އެސެންސް

2 ½ މޭޒުމަތީ ސަމުސާ އައިސިންގް ޝުގާ

3/1 ޖޯޑު ވިޕިންގް ކްރީމް

4 ސްޓްރޯބެރީ

15 ހަޕް ސެންގް ޝުގާ ކްރެކާސް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ½ ޖޯޑު ކްރީމް ޗީޒްއާއި ¼ ސައިސަމުސާ ވެނީލާ އެސެންސް ބޯތައްޓަކަށް އަޅާށެވެ. ދެން ރަނގަޅަށް ދޭތި އެއްކޮށްލާފަ ތަށި ވަކިން ބަހައްޓާށެވެ. އެއަށް ފަހު އެހެން ބޮޑު ބޯތައްޓަކަށް އައިސިންގް ޝުގާ އާއި ވިޕިންގް ކްރީމް އަޅާށެވެ. ހޭންޑް މިކްސަޗަރަށް ތިން މިނެޓް ވަންދެން ވިޕިން ކްރީމްއާއި އައިސިންގް ޝުގާ މިކްސް ކުރާށެވެ. މިކްސްކޮށް ނިމުމުން ހުންނާނީ "ސޮފްޓް ޕީކްސް" ހެދިފައެވެ. ސޮފްޓް ޕީކްސް ހެދުނުކަން އެނގޭނީ ސަމުސަލެއް ކްރީމްގަނޑުގެ ތެރެއަށް ނަގާލުމުން އެ ކްރީމް ފަސޭހައިން ސޮއްސާގެންދާ ވަރަށް ހަރުވުމުންނެވެ.