ބޭނުންވާނެ ތަކެތި:

2 ސައިސަމްސާ އޮލިވް އޮއިލް

1 ފިޔާ ކުދިކޮށް ކޮށާފައި

1 ލީކްސް (ހުދުބައި އެކަނި) ކުދިކޮށް ކޮށާފައި

1 ލޮނުމެދު ކޯޅި (ރީތިކޮށް ޗިސްކޮށްލާފައި)

1/2 މޭޒުމަތީ ސަމްސާ ކޮރެއިންޑާ

1 މޭޒުމަތީ ސަމްސާ ދިރި

1/2 މޭޒުމަތީ ސަމްސާ ތަކުވަ (މުގުރާފަ ހުރި)

1 ކިލޯ ބަރަބޯ (ކުދިކޮށް ކޮށާފައި)

1 އަލުވި (ކުދިކޮށް ކޮށާފައި)

1 ސައިސަމްސާ ލޮނު

1/2 ޖޯޑު (125 އެމްއެލް) ކުކިން ކުރީމް

ތައްޔާރުކޮށްލާނެ ގޮތް:

ފުރަތަމަ ތަވާއަކަށް ތެޔޮކޮޅެއް އަޅާލުމަށްފަހު މަޑު ގިނީގައި ހޫނުކޮށްލާށެވެ. ފިޔާ އަދި ލީކްސް ކޮޅު އޭގެ ތެރެއަށް އަޅާލުމަށްފަހު 3-2 މިނެޓް ބެހެއްޓުމަށްފަހު ރީތިކޮށް މަޑުކޮށްލާށެވެ. އެއަށްފަހު ލޮނުމެދު އަޅާލުމަށްފަހު 30 ސިކުންތު ވަންދެން ބަހައްޓާލާށެވެ. ދެން ބަރަބޯ އަދި އަލުވިކޮޅު އަޅާލާފައި ދެ ޖޯޑު ފެންއަޅައި 30 މިނެޓް ކައްކާލާށެވެ.

ބަރަބޯ އަދި އަލުވިކޮޅު މަޑުވުމުން، މިކްސްޗާއިން ރަނގަޅަށް ބުލެންޑޮ ކޮށްލާށެވެ. ދެން އަނެއްކާވެސް ތެއްޔަކަށް އަޅާލާފައި 1/2 ޖޯޑު (125 އެމްއެލް) ކުކިން ކުރީމް އެޅުމަށްފަހު، އެއް ސައިސަމްސާ ލޮނުއަޅާފައި ކައްކާލާށެވެ. ( ބޭނުންނަމަ ކުކުޅުކޮޅެއް ފެނު ކައްކާފައި، މިކްސްޗާއިން ހިމޫންކޮށްލުމަށްފަހުވެސް އެޅިދާނެއެވެ. )