ބޭނުންވާ ތަކެތި:

10-12 ބިލިމަގު

ހަކުރު

ފެން

އައިސް ކިއުބް

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ބިލިމަގުތައް ރީތިކޮށް ދޮވެލާށެވެ. އެއަށްފަހު ބިލިމަގުތައް ކުދިކޮށް ކޮށާފައި މިކްސްޗަރަށް އަޅާށެވެ. ދެން ހަކުރު އެޅުމަށް ފަހު ރަނގަޅަށް މިކްސް ކޮށްލާށެވެ. ރަނގަޅަށް މިކްސްވުމުން ފެން އެޅުމަށްފަހު އަނެއްކާވެސް ގިރާލާށެވެ. ގިރުމަށްފަހު ފުރޭޏެއް ބޭނުންކޮށްގެން ފުރާނާލާށެވެ. ދެން ތައްޓަކަށް ޖޫސްތައް އެޅުމަށްފަހު އައިސް ކިއުބް އަޅާށެވެ. މިހާރު އެހުރީ ބިލިމަގު ޖޫސް ގިރާ ނިމިފައެވެ.