ބޭނުންވާ ތަކެތި (ޗިކަން ފިލިންގް)
‎6 ކުކުޅު ފައި، 1 މޭޒުމަތީސަމުސާ ލޮނުމެދު (ގާނާފައި)، 1 ބިސް،
1 މޭޒުމަތީސަމުސާ އިނގުރު (ގާނާފައި) ½ ސައިސަމުސާ ލޮނު، ½ ޖޯޑު ފިޔާގަސް (ކުދިކޮށް ކޮށާފައި)، ½ ސައިސަމުސާ އަސޭމިރުސްް، ½ ޖޯޑު ކެރެޓު (ގާނާފައި)، 1 މޭޒުމަތީސަމުސާ ސޮޔާސޯސް، 3/2 ޖޯޑު ، 1 މޭޒުމަތީސަމްސާ އޮއިސްޓަ ސޯސް 2 މޭޒުމަތީ ސަމުސާ ތެޔޮ

‎ބޭނުންވާ ތަކެތި (ޑަމްޕްލިންގް ފުށްގަނޑު)
‎2 ޖޯޑު ފުށް،
1 ސައިސަމުސާ ލޮނު،
1 ޖޯޑު ފެން

‎ޗިކަން ފިލިންގް ތައްޔާރު ކުރާނެގޮތް

‎ކުކުޅު ފައިގެ ކަށިތައްނެގެމަށް ފަހު ކުކުޅު މަސްކޮޅު މުގުރާލާނީއެވެ. ދެން ކުކުޅުމަސް ކޮޅު ބޯތައްޓަކަށް އެޅުމަށް ފަހު ލޮނު، އަސޭމިރުސް، އިނގުރު، ލޮނުމެދު، ސޯޔާސޯސް، އޮއިސްޓަ ސޯސް، ފިޔާގަސް، ކެެރެޓު އަދި ބިސް އެޅުމަށް ފަހު ރަނގަޅަށް އެއްކޮށްލާނީއެވެ.

‎ޑަމްޕްލިންގް ފުށްގަނޑު

‎ބޯތައްޓެއްގައި ފުށާއި ލޮނު އެއްކޮލުމަށްފަހު ހޫނުފެން މަޑުމަޑުން އެއްކުރަމުންގޮސް ފުއްގަޑުން ގުޅަވެށޭވަރަށް މޮޑެލާށެވެ. ދެން ކުދިކޮށް ގުޅަވަށާފައި ދަމާލާށެވެ. ދަމާފައިހުރި ފުށްގަނޑު މަތީގައި މޭޒުމަތީ ސަމުސަލަކުން ޗިކަން ފިލިންގް ކޮޅެއް ބޭނދުމަށްފަހު ފުއްގަނޑު ބައްދާލާށެވެ. އަދި ބައްދާލި ދިމާލުގައި ރޫކޮޅެއް ހެދޭގޮތަށް އިނގިލިން ފިއްތާލާށެވެ. ދެން ތަވާއެއްގައި ތެޔޮކޮޅު ހޫނުކޮށްލުމަށް ފަހު ޑަމްޕްލިންގްސްތައް އަތުރާލާފައި އިރުކޮޅަކު ބަހައްޓާށެވެ. ދެން ތަވާ ތެރެއަށް ފެން ފޮދު އެޅުމަށްފަހު މަތިޖަހައި އާވިން ކައްކާލާށެވެ.