ކިރަން ރާއޯ ޑައިރެކްޓަރު ކުރި ފިލްމު "ލާޕަތާ ލޭޑީސް" މީގެ ދެތިން ދުވަސް ކުރިން އޯޓީޓީ ޖަޔަންޓް ނެޓްފްލިކްސް އިން ވަނީ ރިލީޒް ކޮށްފައެވެ. އޭގެ ފަހުން ބޮލީވުޑްގެ މަޝްހޫރު ފަރާތްތަކުން އަންނަނީ މި ފިލްމަށް ކުރާ ރިވިއުތައް ސޯޝަލް މީޑިއާގައި ދޫކޮށްލަމުންނެވެ.

އެންމެ ފަހުން މި ފިލްމު ރިވިއުކުރި ތަރިންގެ ތެރެއިން ބައިވެރިވީ ގަންގުބައި ކަތިވާދީގެ ތަރި އާލިއާ ބަޓް އެވެ. ބުދަ ދުވަހު އާލިއާ ބަޓް ވަނީ އޭނާގެ ބިޒީ ޝެޑިއުލް އިން ޗުއްޓީ ނަގައިގެން އޭނާގެ އިންސްޓަގްރާމް ފީޑުގައި އެ ރިވިއު ޕޯސްޓްވެސް ކޮށްފައެވެ.

އާއިލާ ވަނީ ފިލްމުގެ ހުރިހާ ތަރިންނަށް މަރުހަބާ ކިޔާ، މި ފިލްމަކީ ވަރަށް ރީތި ފިލްމެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އެހެންކަމުން މި ފިލްމުގައި ހަރަކާތްތެރިވި ތަރިން ކަމަށްވާ ޕްރަތީބާ ރަންޓާ، ނިތަންޝީ ގޯއެލް އަދި ޖެންޓަލްމަންސް ސްޕާޝް ޝްރިވަސްތާވާ، ރަވީ ކިޝާންގެ މަސައްކަތް ފާހަގަކޮށް އެމީހުންނަށް ވަނީ ތައުރީފުވެސް ކޮށްފައެވެ.

ލާޕަތާ ލޭޑީސް ބިނާވެފައިވަނީ އާ ކައިވެންޏަކަށްފަހު ފިރިންގެ ގެއަށް ދާ މަގުމަތީގައި ރޭލުގައި ބައްދަލުވާ ޒުވާން ދެ އަނބިންގެ ވާހަކައަށެވެ. ލާޕަތާ ލޭޑީސް އަށް ޖިއޯ ސްޓޫޑިއޯސް، އާމިރު ޚާން ޕްރޮޑަކްޝަންސް، އަދި ކިންޑްލިން ޕިކްޗާސްގެ ބެނާގެ ދަށުން އާމިރު ޚާން، ކިރަން ރާއޯ، އަދި ޖިއޮތީ ދޭޝްޕަންޑޭ ވަނީ ޕުރޮޑިއުސް ކޮށްފައިވެއެވެ.