އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ބާރްތީ ސިންގް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.

ބުރާސްފަތި ދުވަހު ބާރްތީ ވަނީ އޭނާގެ ވީލޮގެއް އޭނާގެ ސިއްހަތަކާއި ގުޅޭ އެންމެ ފަހުގެ ހިއްސާކޮށްފައެވެ. މުމްބާއީގެ ކޮކިލާބެން ހޮސްޕިޓަލުގައި މިހާރު އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ބާރްތީ ބުނީ ޓެސްޓުތަކުން ހިލަ ހުރިކަން ކަށަވަރުވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ސާޖަރީއެއް ކުރަން ޖެހޭކަން އެނގުނު ކަމަށެވެ.

ފިރިމީހާ ހަރްޝް ލިމްބަޗިއާއާއެކު ހޮސްޕިޓަލުގެ އެނދު މަތީގައި އިދެ ބާރްތީ ވަނީ އޭނާގެ ޔޫޓިއުބް ޗެނަލްގައި އާންމުކޮށްފައިވާ ވީޑިއޯއެއްގައި ތަޖުރިބާ ހިއްސާކޮށްފައެވެ. އެންމެ ފުރަތަމަ އޭނާގެ ނުތަނަވަސްކަން ފާހަގަކުރެވެނީ ހައި އެސިޑިޓީ ނުވަތަ ފުޑް ޕޮއިޒަނިންގެ ސަބަބުން ކަމަށް ހިއްސާ ކޮށް އޭނާ ބުނީ ބަނޑުގައި ރިއްސުމުގެ ހަގީގީ ސަބަބު ދާދި ފަހުން އެނގުނު ކަމަށެވެ.

ފާއިތުވި ތިން ދުވަސް އޭނާ ސިފަކޮށްފައި ވަނީ "ބިރުވެރި" ދުވަހެއްގެ ގޮތުގައެވެ.

ބާރްތީ އޭނާގެ ފޭނުންނަށް އަންގާފައި ވަނީ ވަގުތުން ސާޖަރީއެއް ހަދަން ޖެހޭ ކަމަށެވެ. ބާރްތީ ބުނި ގޮތުގައި އެ ވޭނަކީ ކެތްނުކުރެވޭ ވަރުގެ ވޭނެކެވެ. އޭގެ ފަހުން ޑޮކްޓަރުން އޭނާ ކައިރީގައި ލިކުއިޑް ޑައިޓެއްގައި ހުރުމަށް އެންގި ކަމަށް އޭނާ ވަނީ ބުނެފައެވެ.

ބާރްތީ ބުނީ އޭނާގެ ދެ އަހަރުގެ ދަރިފުޅު ގޯލާ މަތިން ވަރަށް ބޮޑަށް ހަނދާންވުމުން ރަނގަޅަށް ނުނިދޭ ކަމަށެވެ.

ބާރްތީ ވަނީ އޭނާގެ ލޭގެ ޓެސްޓުތަކާއި ގުޅޭ ގޮތުން ވެސް ވާހަކަ ދައްކައިފައެވެ. އަދި އޭނާ ވަނީ އޭނާއަށް އަވަސް ޝިފާއަކަށް އެދި ދުއާކޮށްދޭންވެސް އެދިފައެވެ.

ބާރްތީ ކައިވެނި ކުރީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު ހަރްޝްއާއެވެ. މި ދެމަފިރިންގެ ފިރިހެން ދަރިއަކު ހުރެއެވެ.