ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ އަޔުޝްމަން ޚުރާނާ އާއި ސާރާ އަލީ ޚާން އެކުގައި ފިލްމެއް ކުޅެން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ފިލްމަކީ ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަންސް އާއި ގުނީތު މޮންގާގެ ސިކްޔާ އެންޓަޓެއިންމަންޓުން އެންމެ ފަހުގެ ޕްރޮޖެކްޓެވެ. މިއީ މި ދެ ޕްރޮޑަކްޝަން ކުންފުނި ގުޅިގެން އުފައްދާ ތިން ވަނަ ފިލްމެވެ. އެ ފިލްމަކީ ކޮމެޑީ ފިލްމެކެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އަދަރުޝް ޝެއާ ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި ފިލްމުގެ ޝޫޓިން މިހާރު ވެސް ކުރިއަށް ދަނީ އާކާޝް ކައުޝިކް ލިޔެ ޑައިރެކްޓް ކުރާ ގޮތަށެވެ.

ތަރަން ބުނެފައިވާ ގޮތުގައި އެ ފިލްމުގެ ޝޫޓިން މިހާރު ވަނީ ފަށާފައެވެ. ނަމަވެސް އަދި ފިލްމުގެ ނަން ހާމަކޮށްފައެއް ނުވެއެވެ.

ކުރިން ދެ ޕްރޮޑަކްޝަން ކުންފުނީގެ އުފެއްދުންތަކަށް ބަލާއިރު "ލަންޗްބޮކްސް" އަދި "ކިލް" ފަދަ ފިލްމުތައް ފާހަގަ ކޮށްލެވެއެވެ.

މީގެ އިތުރުން ސާރާ އަލީ ޚާންއަށް މިހާތަނަށް ބިޒީ އަހަރެއް ހޭދަކޮށްފައިވަނީ މާޑާ މުބާރަކް އާއި އޭ ވަޓަން މެރޭ ވަޓަން އިން ކަމަށްވާއިރު، މި ދެ ފިލްމު ވެސް ވަނީ އޯޓީޓީއިން ރިލީޒްކޮށްފައެވެ.

އަނެއްކޮޅުން އަޔުޝްމާން ޚުރާނާ އެންމެ ފަހުން ފެނިފައިވަނީ ޑްރީމް ގާލް 2 އިން އަނަންޔާ ޕަންޑޭއާ އެކުއެވެ.