ކޮމެޑީ ފިލްމްތަކުންނާއި ޝޯވތަކުން އާއްމުންގެ ބޮޑު ސަމާލުކަމެއް ހޯދި ބާރްތީ ސިންގ އާއި އޭނާގެ ފިރިމީހާ ހާރޝް ލިމްބަޗިޔާ ބިގްބޮސްގެ 12 ވަނަ ޝޯވއިން ފެނިގެންދާނެކަމަށް ގިނަ ބަޔަކު އުއްމީދު ކުރިއެވެ. އަދި އެ ޝޯވއިން ފެނިގެންދާނެކަމުގެ ޔަގީންކަންވެސް ދިނެވެ.

އެހެން ނަމަވެސް މި މަހުގެ 16 ވަނަ ދުވަހު އެ ޝޯވ ފެއްޓިއިރު، މި ދެ ތަރިންނެއް ނެތެވެ. ރިޕޯޓްތައް ބުނާގޮތުގައި، ދެ ތަރިންނަށް ވެސް ވަނީ ޑެންގޫ ޖެހިފައެވެ. ޑެންގޫ ޖެހިގެން ދެ ތަރިންނަށް ވެސް ދަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.

މި ދެތަރިން ވެސް ޑެންގޫ ޖެހިގެން އުޅޭކަން އެނގުނީ ޓެސްޓުތައް ހެދިފަހުން ކަމަށާއި، އަދި ޑޮކްޓަރުން އެދެނީ ދެ މީހުންވެސް ހޮސްޕިޓަލްގައި އެޑްމިޓްވުމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މުމްބާއީގެ ހޮސްޕިޓަލެއްގައި މި ދެ މީހުން ވެސް އެޑްމިޓް ކޮށްފައިވާއިރު، މި ދެ މީހުން ވެސް ހޮސްޕިޓަލުން ދޫކޮށްލާނެކަމަށް ބެލެވެނީ ރަނގަޅުވަމުންދަކަމުގެ ނިޝާންތައް ފެނިގެންްނެވެ.

ގޯވގައި ބޭއްވި ބިގްބޮސް 12 ލޯންޗް ކުރުމުގެ ހަފްލާގައި، އެ ޝޯވގެ ކޮންޓެސްޓުންގެ ގޮތުގައި، ބައިވެރިވާނެ މީހުންގެ ތެރޭގައި ބާރްތީ އާއި ލިމްބަޗިޔާ ހިމެނޭކަން އިއުލާނުކުރީ ސަލްމާން ޚާންއެވެ، އަދި އެ ޝޯވގެ ތެރެއިން ބާރްތީ ވަނީ، އޭނާ އެ ޝޯވގައި ބައިވެރިވަނީ ފައިސާއަށްޓަކައި ކަަމަށް ބުނެފައެވެ.

ބާރްތީ އާއި ލިމްބަޗިޔާ ކައިވެނިކޮށްފައި ވަނީ، މިދިޔަ އަހަރުގެ ޑިސެންބަރު މަސް ތެރޭގައި، ގޯވގައެވެ.

ކިޔުންތެރިންގެ ހިޔާލު