ޖައްވުން ފެންނަ ތަކެއްޗާއި ޖައްވީ އެހެންވެސް ކަންކަމަކީ، އިންސާނުން ހައިރާންކުރުވާފަދަ ކަންކަމެވެ. އެއީ، އެތައް ބަޔަކު އަޖައިބު ކުރުވާ ކަންކަންވެސްމެއެވެ. މިކަންކަމުގެ އިތުރަށް، އެއީ މާތް ﷲ ޞުބުހާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަކް ހާމަކޮށްދޭ އަލިގަދަ ހެއްކާއި ދަލީލުތަކެއްކަންވެސް ކަށަވަރެވެ.

ކަށްބޮލަކާ ވައްތަރު ގިނިހިލައެއް، ދުނިޔެއާ ވަރަށް ކައިރިން ދަތުރުކުރާނެކަމަށް މީގެކުރިން ސައިންސްވެރިންނާއި ކަމުގެ މާހިރުން ހާމަކޮށްފައިވެއެވެ. އެފަރާތްތަކުން, އެކަން ވާނީ މި ހިނގާ 2018 ވަނަ އަހަރުގެ ފަހުކޮޅުކަމަށްވެސް އަންދާޒާކޮށްފައިވެއެވެ.

އެފަރާތްތަކުން އެންމެ ފަހުން ނެރެފައިވާ މައުލޫމާތުތަކުން ހާމަވާ ގޮތުގައި، މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި، ބިރުވެރި ސިފައަކަށް އޮންނަ މި ގިނަހިލަ، ދުނިޔެއާ ވަރަށް ކައިރިން ދަތުރުކުރާނެއެވެ. ސީދާ މިކަން ހިނގާނޭ، ނުވަތަ އާލާތްތައް ބޭނުންކޮށްގެން، މި ގިނަހިލަ ބަލާލެވޭނޭ ތާރީޚެއްގެ ގޮތުގައި އެފަރާތްތަކުން ކަނޑައަޅާފައިވަނީ، ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހެވެ.

ސައިންސްވެރިންނާ ހަވާލާދީ ނޫސް މީޑިޔާތަކުގައި ބުނެފައިވާ ގޮތުން، މި ގިނަހިލަ ދަތުރުކުރާނީ ދުނިޔެއާ 24 މިލިއަން މޭލު ދުރުންނެވެ. މޭލުން ގުނުނުކަމުގައިވިޔަސް، މިފަދަ އެއްޗަކަށް މިއީ ވަރަށް ކައިރި ރާސްތާއެކެވެ.

މީގެއިތުރުންވެސް، އެފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، މި ގިނަހިލައިގެ ފުޅާމިނުގައި 2000 ފޫޓު ހުންނާނެކަމަށްވަނީ އަންދާޒާ ކުރެވިފައެވެ. އަދި، ކަށްބޮލެއްގެ ސިފައަށް އޮންނަ މި ގިނަހިލަ ދަތުރުކުރާނީ، ދުނިޔެ ވަށައިގެންކަމަށްވެސް އެފަރާތްތަކުން ބުނެފައިވެއެވެ.

"ޑެތު ކޮމެޓް" ގެ ނަމުން ނަން ދީފައިވާ މި ގިނަހިލަވަނީ، 2015 ވަނަ އަހަރުގެ ތެރޭގައިވެސް ދުނިޔެއާ ވަރަށް ގާތުން ދަތުރުކޮށްފައެވެ. މިއީ، އޭގެފަހުން މި ގިނަހިލަ ދުނިޔެއާ ކައިރިން ދަތުރުކުރާ ފުރަތަމަ ފަހަރެވެ.

މި ގިނަހިލައިގެ ސަބަބުން އެއްވެސް ގެއްލުމެއް ނުލިބޭނޭކަމަށް، ސައިންސްވެރިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަ

    ތީ ސާދަ ސަތޭކަ އަހަރު ކުރީގައި ވެސް މަމެންނަށް އެނގިފައި އޮތް ކަމެއް.

  2. ސަޒުނާ

    ތި ގިނިހިލާގެ މާނަ ދެނެގަންނަށްޖެހޭ. މާނަ ކުރެވުުނު ގޮތަކި އިންސާނު ނެތި ފަނާ ވާނެދުވަސް ވަރަށް ގާތް ވެއްޖެޔޭ. ވިސްނާ ފިކުރުކުރާށެވެ. ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ.