ދުނިޔެ އާއި ދިމާއަށް ދަތުރު ކުރަމުން އަންނަ ގިނިހިލަތައް ގިނަ ފަހަރަށް މިހާރު ސައިންސްވެރިން މާކުރިން ދެނަގެނެއެވެ. އަދި އެގިނިހިލައެއްގެ ސަބަބުން ދުނިޔެ އަށް ގެއްލުމެއް ލިބުމުގެ ފުރުސަތު އޮތް މިންވަރު ވެސް ހާމަ ކުރެއެވެ. ނަމަވެސް ސައިންސްވެރިންނަށް ވެސް ކުރިން ދެނެގަނެވިފައި ނެތް ގިނިހިލައެއް މިދިޔަ ހުކުރު ދުވަހު ދުނިޔެއަށް ވެއްޓިއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޖައްވީ ކަންކަން ދިރާސާ ކުރާ ފަރާތްތަކަށް ވެސް މިގިނިހިލަ ފާހަގަ ކުރެވުނީ ދުނިޔެ އާއި ވަރަށް ކައިރިވި ފަހުންނެވެ. ސައިންސްވެރިންނަށް ގިނިހިލަ ފާހަގަ ކުރެވުނުތާ ގާތްގަނޑަކަށް ދެގަޑިއިރު ފަހުން އެގިނިހިލަ ވަނީ ދުނިޔެ އަށް ވެއްޓިފައެވެ.

ސައިންސްވެރިން 2022 EB5 ނަން ދީފައިވާ ގިނިހިލަ ވެއްޓުނީ އައިސްލޭންޑަށެވެ. ގިނިިހިލައިގެ ސަބަބުން ބިން މަތީގައި ކޮންމެވެސް ވަރެއްގެ ވަޅުގަނޑެއް ހެދުނު ނަމަވެސް މާބޮޑު ގެއްލުމެއް ނުލިބެއެވެ. ސަބަބަކީ މިއީ ކުޑަކުޑަ ގިނިހިލައަކަށް ވުން ކަމަށް ސައިންސްވެރިން ބުނެއެވެ. މިގިނިހިލައިގެ ބޮޑުމިނުގައި ހުރީ ގާތްގަނޑަކަށް 10 ފޫޓެވެ.

ގިނިހިލަ ވެއްޓުނު މަންޒަރު ފެނުނު މީހުން ބުނާ ގޮތުގައި އެމީހުންނަށް ފެނުނީ ވަރަށް ބާރަށް އަލިގުޅައެއް ވެއްޓުނު މަންޒަރެވެ. ގިނިހިލަ ވެއްޓުނުލަތް ބާރުކަމުން އެގިނިހިލަ އަލިގުޅައެއްގެ ސިފައިގައި ފެނުނީ ކަމަށް ސައިންސްވެރިން ބުނެއެވެ.

މިހާރު އިންޓަނޭޝަނަލް މިޓިއާ އޮގަނައިޒޭޝަނުން ދަނީ މަންޒަރުދުއް މީހުންނާއި ސުވާލުކޮށް އެމީހުންނަށް ފެނުނު މަންޒަރުތަކުގެ ތަފްސީލްތައް އެއްކުރަމުންނެވެ.

މިއީ ދުނިޔެ އަށް ވެއްޓުމުގެ ކުރިން، ސައިންސްވެރިންނަށް ފެނި، އޭގެ ފަހުން ދުނިޔެއަށް ވެއްޓުނު ހަވަނަ ގިނިހިލައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހިލަ ގިލަ

    ނަސީބެއްނު ގިނިގިލައެއްކަން

  2. ޝަރުމަން ، އައްޑޫ ، ޕެންސިލްވިލާ

    އަހުރެން ރަށުގެ ގިފިލީގެ ފާޙާނާ ތަށިތެރެޔައްވެސްހުރި ގިނިހިލައިގެ އަސަރު ކޮށްފަ، އެންމެ ފަހުން ކޮށްކޯ ފާޙާނާ ކޮށްފަ ނިކުތީ

  3. ކައުންސެލަރު

    ހަހަހަހާ ޖައްވީ ސައިންސްވެރިންދޯ.......... ގަދަ ކަލޭމެން. ދުނިޔެއާދިމާލަށް އަންނަ ގިނިހިލަތައް ދުނިޔެއަށް ވެއްޓިދާނޭ ބުނާ ގިނިހިލަތައް ދަނީ މާދުރުން ދުނިޔެއަށް ނަސީބަކުން ގެއްލުމެއްނުވެ. އަކަމަކު ދުނިޔެއަށް ވެއްޓޭ ހިލައެއް ވެއްޓުމުގެ ކުރިޔަކުން ނުފެނޭ. ޖުހާ ބައިގަނޑެއްތަތީ؟!

  4. އަލްވަދާޢު

    ބަލަ!! ގިނިހިލަ އަކީ އޯޖޯން ލެޔަރ ތެރެއަށް ވަނުމަށް ފަހު ހޫނު ވެގެން ގޮސް ކުޑަ ވާ އެއްޗެއް ކަމަށް ދިރާސާ ތަކުން އެބަ ދައްކަ އޭ!!