ކާށި ތެލަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް އާންމު އެއްޗެކެވެ. އެގޮތުން ކާށިތެޔޮވެފައި އޮންނަނީ ދިވެހިންނާއިވެސް ވަރަށް ދޯޅު އެއްޗަކަށެވެ. އަދި އެ ތެލަކީ ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެއް ބޭނުން ކުރަމުން އަންނަ ތެލެއް ކަން ތާރީޚީ ލިޔުންތަކުން އެނގެއެވެ.

ދުޅަހެޔޮ ހަންގަނޑެއް ލިބުމަކީ އެންމެންވެސް އެދޭނެ ކަމެކެވެ. ހަންގަނޑު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށްވެސް ކާށިތެލަކީ އެފަދަ ދެވަނައެއް ނެތް ތެލެކެވެ،

ސައިންސްވެރިންނާއި ކުޅަދާނަ ޑޮކްޓަރުންގެ ރައުޔުގައި ކާށި ތެލުގެ ސަބަބުން ލޯ ކައިރި ރޫޖެހުމާއި އަދި ލޯކައިރި ކަޅުވުމުން ދުރުކޮށްދެއެވެ. އަދި ކޮންމެ ރެޔަކު ނިދަން އޮށޯތުމުގެ ކުރިން ކާށި ތެޔޮ ލޯކައިރީގައި އުނގުޅުމުން ވަރަށް ފަސޭހައިން ލޯކައިރީގައިވާ ކަޅުކަން ފިލާގޮސް ލޯ ކައިރި ރޫޖެހުންފަަދަ ކަންކަމުން ދުރުކޮށްދެއެވެ. އަދި ސްޓްރެޗް މާކް ހުންނަ ތަންތާނގައި ކާށި ތެޔޮ ހޭކުމުން ވަރަށް އަވަހަކަށް އެ ނިޝާން ފުހެވިދެއެވެ. މީގެ އިތުރުން ހަންގަނޑު ކުރަކިވާނަމަވެސް ކާށި ތެލަކީ ހައްލެކެވެ. އެހެނީ ކޮންމެ ދުވަހަކު ދެ އިރު ތާފަނާ ފެނުން ފެންވަރައި ގެން ގައިގައި ކާށި ތެޔޮ ލާފައި ބެހެއްޓުމުން ހަންގަނޑު ފަޅައިގެން ދިޔުމާއި ހަންގަނޑު ކުރަކިވުމުން ދުރުކޮށްދެއެވެ.

ކާށި ތެލަކީ ހަންގަނޑުގެ ދުޅަހެޔޮކަމުގެ އިތުރުން އިންތަށިގަނޑަށްވެސް އޮތް ފަރުވާއެކެވެ. އެހެނީ އިންތަށިގަނޑު ގޮށް ޖެހޭނަމަ ނިދުމުގެ ކުރިން ކާށި ތެޔޮ ބޮލުގައި ލުމުން އެ މައްސަލައަށް ހައްލެއް ލިބޭތީއެވެ. އަދި އިސްތަށިގަނޑުގެ ބުޑު ވަރުގަދަކޮށްދީ އިސްތަށި ފޭބުން ފަދަ ކަންކަމުން ދުރުކޮށްދޭތީއެވެ.