ކުޑަކުދިން ކުޅެން ގެންގުޅޭ އެއްްޗެއްސަަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހެއެވެ. އެ ކުދިން ކުޅެން ގެންގުޅެނީ ކޮންއެއްޗެއްކަމާއި އެ ކުދިން ކުޅުމުގެ ތެރޭގައި ދިމާވެދާނެ ނުރައްކާތެރިކަމެއް ދިމާވެދާނެ ފަދަ އެއްޗެހި ކުޅެން ދީގެން ނުވާނެއެވެ.

މިއީވެސް ބަލާނެލެވި ކުޑަކުއްޖެގެ އަތަށް ބަޑިއެއް ދީގެން ކުޅެން އުޅުމުގެ ތެރޭގައި އާއިލާއަކަށް ލިބިގެން ދިޔަ ހިތާމަވެރި ހާދިސާއެކެވެ.

އުމުރުން 12 އަހަރުގެ އިންޑިއާގެ މަހަރަޝްތަރާގެ އަވަށަށް ނިސްބަތްވާ ކުއްޖަކު ފިސްތޯލެއް ބޭނުންކޮށްގެން އުޅެނިކޮށް އަމިއްލަ ގަޔަށް ވަޒަން އަރައިގެން މަރުވީއެވެ. އެ ފިސްތޯލަކީ އިންޑިއާގައި ހަދާފައިވާ ފިސްތޯލެކެވެ.

އެ ކުއްޖާގެ ބޮޑު ބޭބެ ގެންގުޅޭ އެ ފިސްތޯލު އެ ކުއްޖާ ބޭނުން ކުރީ ކުޅޭށެވެ. އެ ހާދިސާ ހިނގީ އެ ކުއްޖާ ފިސްތޯލު ނަގައިގެން އުޅުމުގެ ތެރޭގައި އަމިއްލަ އަތުން އޭނާގެ އަމިއްލަ މޭގަނޑަށް ވަޒަން އަރައިގެންނެެވެ.

އިއްޔެގެ ވަގުތެއްގައި މި ހާދިސާ ހިނގިއިރު، އެ ކުއްޖާ މަރުވި މައްސަލާގައި އެ ކުއްޖާގެ ބޮޑު ބޭބެ މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ، އެ މައްސަލަ ބަލަމުން އަންނަ ކަމަށާއި، އެ މީހާއަށް އެ ފިސްތޯލު ލިބުނު ގޮތް ބަލަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު