ބޮލީވުޑްގެ ބަތަލާ އަދި މިހާރު ހޮލީވުޑްގައި އެންމެ ގަދަޔަށް ވިދަމުން އަންނަ ތަރިންގެ ތެރޭގައި ހިމެނޭ ޕްރިޔަންކާ ޗޯޕްރާ އާއި އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޮނަސްއާ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ދެ މީހުންވެސް ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

ކުރިން ސިއްރުކޮށްފައި އޮތް އެ ގުޅުމުގެ ވާހަކަތައް އާންމުކޮށް އަންގާ އިއުލާނުކުރީ އިންޑިއާގަައި ބޭއްވި އެމީހުންގެ އެެންގޭޖްމެންޓާއި ގުޅޭ ހާއްސަ ހަފްލާގައެވެ. މިހާރު އެންމެ ބޮޑަށް ދެކެވެމުންދާ ވާހަކައަކީ މި ދެތަރިންގެ ކައިވެނީގެ ވާހަކަތަކެވެ. ރިޕޯޓްތައް ބުނާގޮތުގައި، އަންނަ ޑެސެންބަރު ތެރޭގައި މި ދެތަރިން ކައިވެނި ކުރާނެއެވެ. އަދި ކައިވެންޏަށްފަހު ޕްރިޔަންކާ ލޮސް އެންޖަލަސްއަށް ބަދަލުވާނެ ކަމަށްވެސް ރިޕޯޓްތައް ދަނީ ބުނަމުންނެވެ.

ބައެއް ބޭރުގެ ނޫސްތައް ބުނާގޮތުގައި، މި ދެތަރިން އެކުގައި ލޮސް އެންޖަލަސްގައި އުޅޭނީ ވަކިން ގެއެއްގައެވެ. މިކަމަށްޓަކައި ފަސް ކޮޓަރީގެ ގެއެއް 6.5 މިލިއަން ޑޮލަރަށް ނިކް މިހާރު ގަނެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ގިނަ ހޮލީވުޑްގެ ތަރިން މިހާރުވެސް ދިރިއުޅެމުންދާ ސަރަހައްދުން ނިކް އެ ގެ ގަނެފައި ވަނީ، ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ހާމަކުރުމުގެ ކުރިން ކަމަށް ވެއެވެ.

4129 އަކަފޫޓުގެ ބޮޑު އެ ގެ ވަރަށް ފުރިހަމަވެފައި ރީތިކަން ފޮޓޯތަކުން ހާމަވެއެވެ. އަދި އެގެ އިންނަ ގޮތުން ގެއިން ބޭރުގައި އުޅެވޭނެ ކަހަލަ ގޮތަކަށް ބޮޑު ޕޫލެއް އިނދެއެވެ. ކޮޓަރިތައް އެހާ ބޮޑުވެފައި ފުރިހަމައެވެ.

މި ދެތަރިން ކައިވެނި ކުރުމަށް ނިންމާފައިވާއިރު، ވަރަށް ގިނަ ދަރިން ބޭނުންވާކަމަށް ޕްރިޔަންކާ ކުރިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ނިކް އޭނާގެ މާމައާއެކު އުޅެން ގަތް ގެއެއްދޯ! ސުނިޔަންކާއަށް ކޮޓަރިއެއް ހުންނާނެކަމަށް ހީކުރަން!