ބޮލީވުޑް އަދި ހޮލީވުޑްގެ އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާ މިސް ވޯލްޑް ހާސިލުކުރި އިރު އެ މަންޒަރު އޭނާގެ ފިރިމީހާ އަދި މަޝްހޫރު ލަވަކިއުންތެރިޔާ ނިކް ޖޯނަސް ބަލަން އިން ކަމަށް ބުނެފި އެވެ.

ޕްރިޔަންކާއާ ނިކްގެ އުމުރުގައި ބޮޑު ތަފާތެއް ހުންނަ އިރު ޕްރިޔަންކާ މިސް ވޯލްޑް ހާސިލުކުރީ 2000 ވަނަ އަހަރު އެވެ. އޭރު ޕްރިޔަންކާގެ އުމުރުން އުމުރުން 17 އަހަރެވެ. އަދި ނިކްގެ އުމުރަކީ އެންމެ ހަތް އަހަރެެވެ.

ނިކްގެ މަންމަ ބުނީ ޕްރިޔަންކާ މިސް ވޯލްޑް ހާސިލުކުރި ދުވަސް ހަނދާން އެބަހުރި ކަމަށާއި އަދި އެ ދުވަހު އެ މީހުން އެ މަންޒަރުތައް ބަލަން ތިބިއިރު ނިކް ވެސް އިން ކަމަށެވެ.

ޕްރިޔަންކާއާއި ނިކް އެންމެ ފުރަތަަމަ ދިމާވީ ޓުވިޓާއިން އެވެ. ދެމީހުން ބައްދަލުވީ 2017 ވަނަ އަހަރު އޮތް އޮސްކާ ޕާޓީއިން އެވެ. އެ އަހަރު ދެ މީހުން މެޓް ގާލާއަށް ދިޔައީ އެކުއެކީގަ އެވެ.

އޭގެ އަހަރެއް ފަހުން ދެ މީހުން ވަނީ 2018 ވަނަ އަހަރު ކައިވެނިކޮށްފަ އެވެ.

ސަރޮގޭސީގެ ޒަރިއްޔާއިން އެ ދެމަފަރިންނަށް އަންހެން ކުއްޖަކު ލިބުނުކަން އިއުލާންކުރީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

އޭގެ ދުވަސްތަކެއް ފަހުން ޕްރިޔަންކާ ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ އޭނާއަށް ސިއްހީ އުނދަގޫތަކެއް ދިމާވެފައިވާ ކަމަށާއި އެހެންވެ ސަރޮގޭސީ ހިޔާރު ކުރަން ޖެހުނު ކަމަށެވެ.

ޕްރިޔަންކާ އެންމެ ފަހުން ފެނިގެން ދިޔައީ ރޫސޯ ބްރަދާސް ޑައިރެކްޓްކުރާ ވެސް ސީރީޒް "ސިޓަޑެލް" . މި ސީރީޒްގައި ޕްރިޔަންކާއާ އެކު ފެނިގެންދާނީ ރިޗަޑް މެޑެން އެވެ. އެ ސީރީޒް ޕްރޮމޯޓްކުރަން ޕްރިޔަންކާ ވަނީ އިންޑިއާ އަށް ވެސް ދަތުރުކޮށްފަ އެވެ. މި ސީރީޒްގެ އިންޑިއަން ވާޝަންގެ ތަރިންނަކީ ވަރުން ދަވަން އާއި ސަމަންތާ ރޫތު ޕްރަބޫ އެވެ.