ފަރްހާން އަޚްތަރް ޕްރޮޑިއުސްކޮށް އުފެއްދުމަށް ހަމަޖެހިފައިވާ ބޮލީވުޑްގެ ފިލްމް "ޖީ ލޭ ޒަރާ" ގެ ލީޑް ރޯލް ކުޅުމަށް މިހާރު ހޮލީވުޑްގައި އަރަމުންދާ ފިލްމީ ތަރި ކަމުގައިވާ ޕްރިޔަންކާ ޗޯޕްރާ ދޫކުރި ރޯލް، ހިންދީ ފިލްމު ކުޅޭ ބަތަލާ އަނުޝްކާ ޝަރްމާއަށް ހުށާހެޅުމުން، އޭނާވެސް އެ ރޯލްއަށް އިންކާރުކޮށްފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އަނުޝްކާ މި ރޯލްއަށް އިންކާރުކުރީ އޭނާގެ ޕްރޮޑަކްޝަން އަދި އެކްޓިންގ ޕްރޮޖެކްޓެއްގެ މަސައްކަތް ފެށުމުގެ ގޮތުންނެވެ.

"ޖީ ލޭ ޒަރާ" ގައި ޕްރިޔަންކާގެ އިތުރަށް ކެޓްރީނާ ކެއިފްއާއި އާލިއާ ބަޓްވެސް ކާސްޓްކުރުމަށް ހަމަޖެހިފައިވެއެވެ. އެހެން ނަމަވެސް، ޕްރިޔަންކާ މި ފިލްމު ދޫކުރި ޚަބަރަށްފަހު، ކެޓްރީނާވެސް މި ފިލްމުގައި ބައިވެރިނުވާނެ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. އެހެނަސް، މިކަމާއި ދޭތެރޭ އާލިއާ ބަޓްގެ ޚިޔާލެއް އަދި ލިބިފައި ނުވެއެވެ.

ޕްރިޔަންކާ މި ފިލްމު ދޫކޮށްލާފައި ވަނީ އޭނާގެ ސީރީސް "ސިޓަޑެލް" ގެ ދެވަނަ ސީޒަންގައި ހަރަކާތްތެރިވުމުގެ ގޮތުންނެވެ.

ފަހަކަށް އައިސްފައި ފަރްހާން އަޚްތަރް އުފައްދަން ހަމަޖެހިފައިވާ ބޮޑޭތި ޕްރޮޖެކްޓްތައް ފެށުމުގައި ލަސްތަކެއް ދިމާވާ ކަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި "ޑޯން 3" އަދި އާމިރް ޚާންގެ ފިލްމުވެސް ހިމެނެއެވެ. "ޑޯން 3" ގައި ހަރަކާތްތެރިވަނީ ކޮން ބަތަލެއްކަންވެސް އޭނާ ސީދާގޮތެއްގައި ހާމަކޮށްފައިނުވެއެވެ.

''މީގެ ކުރީގައި ޖީލޭ ޒަރާ'' ގެ ޝޫޓިންގެ މަސައްކަތްތައް މި އަހަރުގެ ފަހުކޮޅު ފެށޭނެކަމަށް ބުނެފައިވެއެވެ. އެކަމަކު، ފިލްމުގެ ލީޑް ރޯލްތަކަށް އައި ބަދަލަށްފަހު، މި ފިލްމުގެ މަސައްކަތް ކައިރި މުސްތަގުބަލެއްގައި ފެށޭނެ ކަމާއި ދޭތެރޭ ސުވާލު އުފެދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލުން ބަލުން

    ފަރޭ ހާސް ކަޑާލާ، އަޅެ ތިރޯލް ސުނިޔަންކާ އަށް ދީބަލް، ހިލޭ ވެސް ކުޅެދޭނެ،