ހޮލީވުޑްގައި އަރަމުންދާ ތަރި ޕްރިޔަންކާ ޗޯޕްރާއަށް ރަނގަޅު ފިލްމުތައް ކުޅެން ފުރުޞަތު ނުލިބި ބޮލީވުޑް ދޫކުރަން މަޖުބޫރުވީ އަސްލު ސަބަބާއި ގޯރީ ހާންއާއި ގުޅުމެއް ވާކަމަށް ވަރަށް ގިނަ ބަޔަކު ދެކެއެވެ. ޕްރިޔަންކާގެ އެންމެ ޒުވާން ދުވަސްކޮޅުގައި ކުޅުނު "އޭތްރާޒް" ގައި އޭނާއާއި އެކީ ހަރަކާތްތެރިވީ ކޯ ސްޓާރ އަކްޝޭ ކުމާރަށް އޭނާގެ ހިތްދިނަސް، ޕްރިޔަންކާއަކަށް ގެއްލުމެއް ނުލިބުނެވެ.

އެހެން ނަމަވެސް، ބަތަލު ޝާހް ރުކް ޚާންއަށް ހިތް ދިން ހިސާބުން، ޕްރިޔަންކާއަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަކްޝޭއާއި އެކީ ސިއްރު ގުޅުމެއް އޮތްކަން ސާބިތުނުވިޔަސް، ޝާހް ރުކްއާއި އެކީ "ޑޯން2" ގައި މަސައްކަތްކުރުމަށްފަހު، ޝާހުއާއި ޕްރިޔަންކާ އެއް ފިލްމުތަކުގައި ހަރަކާތްތެރިވުން ހުއްޓާލިއެވެ.

އެހެން ނަމަވެސް، އެހިސާބުން ނިމުނީކީއެއް ނޫނެވެ. ޝާޙުގެ އަންހެނުން ގޯރީ ޚާންއަކީ ޝާހުއާއި އެއްވަރަށް ހިންދީ ފިލްމު އިންޑަސްޓްރީގައި ނުފޫޒު އޮތް މީހެކެވެ. އެހެންކަމުން، ގޯރީއާއި ޕްރިޔަންކާއާއި ދެމެދު މައްސަލަ ހޫނުވެ، ބޮލީވުޑްއިން ރަނގަޅު ފިލްމުތަކުގެ ފުރުޞަތު ޕްރިޔަންކާއަށް އެ ދުވަސްކޮޅުގައި ގެއްލުނު ކަމަށް ބުނެވެއެވެ.

ބޮޑެތި މަޝްހޫރު މީހުންގެ ގެތަކުގެ އިންޓީރިއާ ޑިޒައިނިންގެ މަސައްކަތްކޮށްދޭ ގޯރީއަކީ ފިލްމް ޕްރޮޑިއުސަރެއްވެސް މެއެވެ.

ޕްރިޔަންކާއަކީ ކައިވެނިކޮށްގެން ތިބޭ ފިރިހެނުންނާއި ރައްޓެހި ވާ މީހެއް ކަމަށް ލޭބަލް ވީ ހިސާބުން އިންޑަސްޓްރީގައި މަސައްކަތްކުރާ ބައެއް ބަތަލުންގެ އަނބިން ޕްރިޔަންކާއާއިއެކީ މަސައްކަތް ނުކުރަން އެމީހުންގެ ފިރިންނަށް އެންގިއެވެ.

"ބޮލީވުޑް ތެރޭގައި އަހަރެން ކަނަކަށް އެއްފަރާތް ކޮށްލި. އަހަރެން ފިލްމްތަކަށް ނެގުން ހުއްޓުވާލި، އަހަރެންނަކީ އެ ގޭމް ކުޅެން މޮޅު މީހެއް ނޫން، އެހެންވީމަ އަހަރެން ވަރަށް ފޫހިވީ، އަހަރެން ބުނީ ބްރޭކެއް ބޭނުންވާ ކަމަށް.". ހޮލީވުޑަށް ބަދަލުވުމުގެ ހާލަތާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޕްރިޔަންކާ ބުނެފައިވެއެވެ.

ނަމަވެސް އެކަންކަމުގެ ތަފްސީލެއް އޭނާ ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުބީނު މާރނީ

    ދެން އަޅެ ސުނީ ދެރަވާ ކަހަލަ ވާހަކަ ނުދައްކަބަ! ޕްރިޔަންކާ ދެރަވެއްޖެ ނަމަ ސުނީ ދެރަވާނެ އޭ، އަޅެ!

    3
    1