ޗައިނާއަށް ނިސްބަތްތާ ދަނޑުވެރިއަކު އުންމީދުކޮށްގެން ހުރީ ކޮންމެވެސް ދުވަހަކުން އޭނާއަށް މަތިންދާ ބޯޓެއް ދުއްވާލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. ނަމަވެސް އެންމެ ފަހުން އެ ހުވަފެންތައް ވެގެން ދިޔައީ އޭނާވެސް ހީކުރި ގޮތަކަށް ނޫނެވެ. އެންމެ ފަހުން އޭނާ ވަނީ އަމިއްލައަށް އެއާބަސް އޭ320 އާއި އެއްގޮތް ބޯޓެއް ހަދާފައެވެ.

އޭ320 އާއި އެއްގޮތް ސިފަތައް ހުންނަގޮތަށް ފްލައިޓެއް ފަރުމާކޮށްފައި ވަނީ، ފިޔާ އަދި ލޮނުމެދު ހައްދައިގެން އާމްދަނީ ހޯދަމުން އަންްނަ ޒޫ ޔޫ ނަމަކަށް ކިޔާ މީހެކެވެ. މިހާރު އެ މަތިންދާ ބޯޓުގެ އިންޖީނު ހަރުކުރުން ފިޔަވައި މައިގަނޑު މަސައްކަތްތައް ވަނީ ނިމިފައެވެ. އެ މަތިންދާ ބޯޓު ފަރުމާކޮށް ހެދުމުގެ މަސައްކަތް ޒޫގެ ދަނޑެއްގައި ކުރިއަށް ގެންދިޔައިރު، އެ ބޯޓު އަދިވެސް އޮތީ އެތަނުގައި ބާއްވާފައެވެ.

ކިޔެވުން މެދުކަނޑާލުމަށްފަހު ދަނޑުވެރިއެއްގެ ގޮތަށް އުޅުމަށްފަހު މިދިޔަ އަހަރު ވެލްޑިންގ މަސައްކަތް ފެށި ޒޫ، އޭނާގެ ހުވަފެންތަކުގައި ކުލަ ޖެއްސުމުގެ މަސައްކަތް ފެށީ އަތުގައި ހުރި ފައިސާ ބޭނުންކޮށްގެންނެވެ. އަދި އޭނާ ވަނީ ބޯޓު އެއްކޮށް ހަދާ ނިންމާލާފައެވެ. އޭނާގެ އުންމީދަކީ އެ ބޯޓު އުދުއްސާލެވޭ ވަރަށް ހަދައި ނިންމުމެވެ.

އޭނާ އެ ބޯޓު ހެދުމަށް އެހީ ހޯދީ އިންޓަނެޓު މެދުވެރިކޮށެވެ. އަދި މަތިންދާ ބޯޓެއްގެ ހުރިހާ ބައިތައް ހުންނަހެން ހަދާ ނިންމާލިއެވެ. އެ މަތިންދާ ބޯޓު ހަދާ ނިންމާލި ނަމަވެސް، އޭގެން ދަތުރުކުރެވޭނެ ގޮތެއް އަދި ނެތެވެ. އެހެންވެ އޭނާ އެންމެފަހުން އެ މަތިންދާ ބޯޓު ބޭނުން ކުރަނީ ރެސްޓޯރެންޓެއްގެ ގޮތުގައެވެ.

ޒޫ ބުނީ، އޭނާގެ އެ ޕްރޮޖެކްޓްގެ މަސައްކަތަށް އޭނާ އެއްކޮށްފައި ހުރި ހުރިހާ ފައިސާތައް ބޭނުންކުރި ކަމަށެވެ. އަދި އެކުގައި މަސައްކަތް ކުރަމުންދާ ލޭބަރުންގެ އެހީތެރިކަމާއި އެކު މަސައްކަތް ކުރިއަށްގެންދިޔަ ކަމަށެވެ. މިއީވެސް އެ މީހުންނަށް ފައިސާ ހޯދިދާނެ މަގެއް ކަމަށް އޭނާ އެ އެންމެންވެސް ގަބޫލުކުރެއެވެ. އަދި މިއީ ހުވަފެންތައް ސީދާވުމުގެ އަސްލެއްކަމަށްވެސް ޒޫ ގަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު