ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ހޮލީވުޑުގެ ކުޅަދާނަ ލަވަކިޔުންތެރިޔާ ނިކް ޖޯނަސް ގެ ކައިވެންޏަށް ޕްރިޔަންކާ ތައްޔާރުވާން ފަށައިފިއެވެ.

ނިކް އާއި ޕްރިޔަންކާ އެންގޭޖުވެފައިވަނީ ޕްރިޔަންކާ އަށް 36 އަހަރު ފުރުން ލަންޑަނުގައި ފާހަގަކުރުމުގެ ތެރެއިންނެވެ.

ނަމަވެސް ޕްރިޔަންކާ އާއި ނިކް ރަސްމީކޮށް އެންގޭޖު ވެފައިވަނީ އޮގަސްޓު މަހުގެ ތެރޭގައި އިންޑިއާގަ އެވެ. އެ ދެމީހުންގެ ކައިވެނި މި އަހަރުގެ ޑިސެމްބަރު މަހު ދޭއްގައި އޮންނާނެ ކަމަށް ރިޕޯޓުތައް ބުނާއިރު ޕްރިޔަންކާ މިހާރު ދަނީ ކައިވެންޏަށް ތައްޔާރުވަމުންނެވެ.

ޕްރިޔަންކާ އޭނާގެ ބްރައިޓަލް ޝަވާ ނިއުޔޯކުގައި ފާހަގަކޮށްފައިވާއިރު އޭނާ ވަނީ މިގަހަކަށް އައިސް އިންސްޓާގުރާމު މެދުވެރިކޮށް ކައިވެންޏަށް ތައްޔާރުވާކަން އިއުލާނު ކޮށްފަ އެވެ.

މިގޮތުން ޕްރިޔަންކާ ވަނީ ސެލޫނެއްގައި ނަގާފައިވާ ފޮޓޯއެއް ސަޕޯޓަރުންނަށް ހިއްސާކޮށްފަ އެވެ. ރިޕޯޓުތައް ބުނާގޮތުގައި ދެމީހުންގެ ކައިވެނީގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ސްޓައިލްއަށެވެ.

އަދި ކައިވެންޏަށްފަހު ޕްރިޔަންކާ ލޮސް އެންޖަލަސްއަށް ބަދަލުވާނެ ކަމަށްވެސް ރިޕޯޓްތައް ދަނީ ބުނަމުންނެވެ. ބައެއް ބޭރުގެ ނޫސްތައް ބުނާގޮތުގައި، މި ދެތަރިން އެކުގައި ލޮސް އެންޖަލަސްގައި އުޅޭނީ ވަކިން ގެއެއްގައެވެ. މިކަމަށްޓަކައި ފަސް ކޮޓަރީގެ ގެއެއް 6.5 މިލިއަން ޑޮލަރަށް ނިކް މިހާރު ގަނެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޕްރިޔަންކާ އާއި ނިކްގެ ކައިވެނީގެ ހަފްލާގައި ބައިވެރިވާނީ މުޅިއެކު 200 މެހެމާނުނަށް ކަމަށް ވެސް ރިޕޯޓުތަކުގައި ވަނީ ބުނެފަ އެވެ. އެއީ އާއިލާ މީހުންނާއި ގާތް ރަހުމަތްތެރިން ކަމަށް ވެއެވެ.