މިދިޔަ އަހަރުގެ މިދިޔަ ކުއާޓަރ އާ ބަލާއިރު މިއަހަރުގެ މިދިޔަ ކުއާޓަރގައި އިންޑިޔާގައި އައިފޯން ގަތް މީހުންގެ ނިސްބަތް ވަރަށް ބޮޑުތަން ދަށްވެއްޖެއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި އެކި ބްރޭންޑްތަކުގެ ފޯން ބޭނުން ކުރާ އަދި ގަންނަ މީހުން ބަލާ ސައިޓްއެއްގައި ކައުންޓަރ ޕޮއިންޓް ސާޗްއިން އާއްމުކޮށްފައިވާ ދިރާސާއެއްގައި ދައްކާ ގޮތުގައި އިންޑިޔާގައި މިދިޔަ އަހަރުގެ މިދިޔަ ކުއާޓަރ ގައި އިންޑިޔާގެ ފޯން މާކެޓްގެ 2.5 އިންސައްތަ އައިފޯންއިން ކަވަރ ކުރިއިރު، މިއަހަރުގެ ކުއާޓަރގައި އައިފޯއިން ހިއްސާކޮށްފައިވަނީ މާކެޓްގެ އެންމެ އިންސައްތައެކެވެ.

އެޕަލްއިން މިކުއާޓަރގައި އިންޑީޔާގެ ފޯން ގެންގުޅޭ މީހުންގެ މާކެޓްއަށް ޚާއްކޮށްގެން ގިނަ އިޝްތިހާރުތަކެއްކޮށްފައިވީ ނަމަވެސް، އެޕަލްގެ ފޯންތައް ގަންނަ މީހުންގެ ނިސްބަތް އިތުރުވެފައިއެއް ނުވެއެވެ.

މިކަމާގުޅިގެން ވާހަކަ ދައްކަމުން، އެޕަލް ކުންފުނީގެ ސީއީއޯ ޓިމް ކުކް ވިދާޅުވެފައިވަނީ އިންޑިޔާގެ ބާޒާރުގައި އައިފޯން ނުވިކިގެން އުޅެނީ އިންޑިޔާގެ އިޤްތިޞާދުގެ ސަބަބުން ކަމަށާއި އިންޑިޔާގެ ފައިސާ އެއް އަގެއްގާ ނުހިފެއްޓުމަކީ މިކަމުގެ ބޮޑު ސަބަބެއް ކަމަށެވެ. މީގެ އިތުރުން އިންޑިޔާއަށް ފޯން އެތެރެ ކުރުމުގައި ދައްކަންޖެހޭ އިންޕޯޓް ޑިއުޓީ ބޮޑުވުމުގެ ސަބަބުން އިންޑިޔާއަށް ފޯން އެތެރެވުމާއިއެކު ފޯންގެ އަގު އިންތިހާއަށް އަރައިގެންދާ ކަމަށާއި މިކަމުގެ ސަބަބަބުންވެސް ދަތި ތަކާއި ކުރިމަތިވާކަމަށް ޓިމް ބުނެފައިވެއެވެ.

އިންޑިޔާއަކީ ދުނިޔޭގެ ނިސްބަތުން ދެ ވަނައަށް އެންމެ ގިނަ މީހުން ފޯން ބޭނުން ކުރާ ޤައުމެވެ. މިއަހަރުގެ މިދިޔަ ކުއާޓަރގައި އިންޑިޔާގައި ވިއްކާފައިވަނީ 800،000 އައިފޯންއެވެ

ކިޔުންތެރިންގެ ހިޔާލު