ކެންސަރާއި ހަނގުރާމަ ކުރަމުން އަންނަ ކުޑަ ކުއްޖަކާއި ސަލްމާން ޚާން ބައްދަލުކުރި ވީޑިއޯ އަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

އެތައް ބަޔަކު އެ ވީޑިއޯ މީސް މީޑިއާގައި ޝެއާ ކުރަމުންދާއިރު އެ ވީޑިއޯއިން ފެންނަނީ އެ ކުއްޖާ ހޮސްޕިޓަަލްގައި ބާއްވާފައި އޮއްވާ އޭނާ ކައިރިއަށް ސަލްމާން ގޮސް ވާހަކަދައްކާ، ސަކަރާތް ޖަހާ މަންޒަރެވެ.

ޓާޓާ މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ އެ ކުއްޖާއާ ބައްދަލުކުރަން އޭނާ އެ ހޮސްޕިޓަލަށް ދިޔައިރު، ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ އިތުރު ކުދިންނާއިވެސް ސަލްމާން ވަނީ ބައްދަލުކޮށްފައެވެ.

ސަލްމާންއަކީ މިހާރުވެސް ޗެރިޓީ ހާއްސަ ހަރަކާތްތައް ހިންގަމުން އަންނަ ތަރިއެއްކަން ފާަހަގަކޮށްލަން ޖެހެއެވެ.

އަދި އޭނާ ވަނީ ތިމާވެއްޓާއި ރައްޓެހި ހާއްސަ ބްރޭންޑެއްވެސް ތައާރަފްކޮށްފައެވެ. ބީންގ ހިއުމަންގެ ނަމުގައި ތައާރަފްކުރި އެ ބްރޭންޑުން ބައިސްކަލާއި، އަންނައުނު ތައް ވަނީ ތައާރަފްކޮށްފައެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު އެއްޗެހިތައް ތައާރަފްކުރާނެކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ޖިމް އިކިއުޕްމެންޓްސް ތަކާއި، ސައިކަލުތަކާއި، ފޯންތައް ހިމެނެއެވެ.

ސަލްމާން މިހާރު ދަނީ ބިގްބޮސްގެ ސީޒަން12ގެ ހޯސްޓްގެ ގޮތުގައިި ހަރަކާތްތެރިވަމުންނެވެ. އަދި މިހާރު އޭނާ ދަނީ ކުރިއަށް ނެރެން ހަމަޖެހިފައިވާ ފިލްމް ކަމުގައިވާ ބާރަތްގެ މަސައްކަތްތައްވެސް ކުރަމުންނެވެ.