އެމެރިކާގެ އޮކްލޮހޮމާގައި ނުލަފާ ފިރިއެއްގެ ކިބައިން ސަލާމަތް ކުރުމަށް ކަމަށްބުނެ މަންމަޔަކު އޭނާގެ 18 އަހަރުގެ ފިރިހެން ދަރިފުޅު މަރާލާ، އިތުރު ދަރިއަކު ޒަޚަމްކޮށްލައިފިއެވެ.

އުމުރުން 38 އަހަރުގެ އެމީލިޔާއަން ހޯލް ނަމަކަށް ކިޔާ މި އަންހެން މީހާ އޭނާގެ ފިރިހެން ދަރިފުޅު މަރާލާފައިވަނީ އޭނާ ނިދާފައި އޮއްވާ ބޮލަށް ބަޑި ޖަހައިގެންނެވެ. އަދި ފިރިހެން ދަރިފުޅު މަރާލުމަށްފަހު އޭނާގެ 16 އަހަރުގެ އަންހެން ދަރިފުޅުގެ ބޮލަށްވެސް ބަޑި ޖަހާފައިވެއެވެ. އަންހެން ދަރިފުޅު މަރުނުވި ނަމަވެސް މިހާރު އޭނާ އޮތީ ކޯމާގައެވެ. 16 އަހަރުގެ ދަރިފުޅު ގަޔަށް ބަޑި ޖެހުމާއިއެކު އޭނާގެ 14 އަހަރުގެ އަންހެން ދަރިފުޅުވަނީ ފާޚާނާ ތެރެއަށް ވަދެ ފިލާފައެވެ.

ބަޑި ޖަހާ އަޑު އިވިގެން ކައިރި ހިސާބުތަކުގެ މީހުން ފުލުހުންނަށް ރިޕޯޓް ކުރުމުން ފުލުހުން ވަނީ ކުޑަ ހިދުކޮޅެއްގެ ތެރޭގައި އެސަރަހައްދަށް އައިސްފައެވެ. އަދި ފުލުހުންގެ ސައިރެންގެ އަޑަށް މި އަންހެން މީހާވަނީ ފިލަން މަސައްކަތްކޮށްފައެވެ. ނަމަވެސް ފުލުހުން ވަނީ މިމީހާ ފިލަން ދުއްވި ކާރު އަތުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް އެމީހާ ގެންގޮސްފައެވެ.

ފުލުހުންނަށް ދިން ބަޔާނުގައި މިއަންހެން މީހާ ބުނެފައިވަނީ މިގޮތަށް އޭނާގެ ދަރިން މަރަން ބޭނުންވީ އޭނާގެ ފިރިމީހާގެ ކިބައިން ދަރިން ސަލާމަތް ކުރަން ކަމަށެވެ. އަދި އެޔަށްފަހު އޭނާ އަމިއްލަޔަށް މަރުވަން ނިންމާފައިވާ ކަމަށާއި އޭނާގެ ފިރިމީހާ ދަރިންނަށާއި ޚުދު އޭނާގެ ދަރިންނަށް ޖިސްމާނީ އެތައް އަނިޔާއެއް ދޭ ކަމަށެވެ. މިމައްސަލަ އެޤައުމުގެ ފުލުހުން މިހާރު އިތުރަށްދަނީ ތަޙްޤީޤް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބަޑި

    އަމިއްލަ މީހާމަރާލާފަ ދެން އެހެން ކުދިން މަރަންވީނުން

    • ބަޑީ

      ބަޑި ... އައި ލައިކް ޔޯ އައިޑިޔާ ...

  2. ބަމަރސް

    މީއަސްލު އެމެރިކާ މީހުންގެ ގޮތް. ހުރިހާކަމެއް ހުއްދަ.

  3. އާދަމް ނަބީހް(އޯކިޑް)

    ތިކަހަލަ އޮއްޓަރެއް ނެތް ޙަބަރު ތަރުޖަމާކޮއްގެން ލިޔުމައް ވުރެ ނުލިޔުން ބުއްދިވެރި.ގައިމު މަޔަކައް 3 ދަރިން ގޮވައިގެން ފިލެން އޮއްވާ އަނެއް 2 ކުދިންގެ ބޮލައް ބަޑިޖެހީމަ އެ ޖާހިލު ކަމަކީ ބަނބުކޭލު ކަރުގަނޑުން ދުޅަ ބައްޔައްވެސް ބޭސްކުރާން ޖެހިދާވަރު ކަންތަކެއް ދޯ.

    • ށުޒާ

      ޢެއަށްވުރެ މާ ރަގަޅުވާނެދޯ ފިރިމީހާ މަރާލިނަމަ

      • އިން

        ފިރިމީހާ އެހާ ގޯހީއާ ފުލުހުންނަށް އެންގުން ރަނގަޅުވާނީ.. ދެންހަދާނޭވެސް ކިތަންމެ ގޮތެއް ހުއްޓަ ދަރިންނާ އަމިއްލަ ނަފުސާ މަރާލީމާ ދެންވާނީ ކިހިނެއް.. މުސްލިމުން ވިސްނަންވީ ކެއްތެރިވާންޖެހޭފަދަ އިމްތިހާންތަށް މާތްﷲ މެދުވެރިކުރައްވަވާނެކަން. އަދި ކެއްތެރިންނަށް އުފާވެރި ކަމުގެ ހަބަރުހުރިކަން މާތްﷲ ޔަގީންކަން ދެއްވަވާފަވަނީ. ދެދުނިޔޭގެ ބާއްޖަވެރިކަންވޭ ތަގުވާވެރި މުސްލިމުންނަށް