އެމެރިކާގެ ކޮލޮރާޑޯގައި ހުންނަ އެއްޖިއްސުން ގުޅުން ހިންގާ މީހުންނަށް ހާއްސަ ނައިޓް ކުލަބެއްގައި ބަޑިން ހަމަލާދީ ފަސް މީހުން މަރާލައިފިއެވެ.

މި ހަމަލާގައި 18 މީހުން ޒަޚަމްވެފައިވާ ކަމަށް ކޮލޮރާޑޯގެ ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ފުލުހުންގެ ލެފްޓިނެންޓް ޕަމެލާ ކާސްޓްރޯ ވިދާޅުވީ ފުލުހުންނަށް މި ހަމަލާގެ ރިޕޯޓް ކޮށްފައިވަނީ ކޮލޮރާޑޯ ގަޑިން ރޭ 11:57 ގައި ކަމަށެވެ.

މި ހަމަލާދިންކަމަށް ތުހުމަތުކުރެވޭ މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އޭނާއަށް އަނިޔާ ވެފައި ވާތީ މިހާރު ދަނީ ފަރުވާދެމުން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ކުލަބު ކިއު ނަމަކަށް ކިޔާ މި ނައިޓްކުލަބުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ މި ހަމަލާ ކުށްވެރިކޮށްފައެވެ. އަދި ހަމަލާދިން މީހާ ހުއްޓުވުމަށް މަސައްކަތްކުރި އެވަގުތު ކުލަބުގައި ތިބި މީހުންނަށް ވަނީ ޝުކުރު އަދާކޮށްފައެވެ. އެ ކުލަބުން މި ހަމަލާ ސިފަ ކޮށްފައިވަނީ 'ނަފްރަތުގެ ހަމަލާ' އެއްގެ ގޮތުގައެވެ.

ގޫގަލް ގައި އެކުލަބު އަމިއްލަ އަށް ތައާރަފް ވެފައިވަނީ އެއްޖިއްސުން ގުޅުން ހިންގާމީހުންނަށް ހާއްސަ ކުލަބެއްގެ ގޮތުގައެވެ.

މިހަމަލާ ދީފައިވާ ސަބަބެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ހާދިސާއާއި ގުޅިގެން އިތުރު މައުލޫމާތު ހާމަކުރުމަށް މިއަދުގެ ވަގުތެއްގައި ފުލުހުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ހާދިސާ ހިނގި ސަރަހައްދުގެ ފޮޓޯތަކުން ފެންނަ ގޮތުގައި ކުލަބުގެ ބޭރު މަގުމަތީގައި ވަރަށް ގިނަ ސަލާމަތީ އަދި އިމާޖެންސީ އުޅަނދުތައް ޕާކުކޮށްފައި އޮތެވެ.

2016 ވަނަ އަހަރުވެސް އެމެރިކާގެ އެއް ޖިއްސުން ގުޅުން ހިންގާ މީހުންނަށް ހާއްސަ ނައިޓް ކުލަބެއްގެ ތެރޭގައި ބަޑި ޖަހާ 50 މީހުން މަރާލާފައިވެއެވެ. މި ހާދިސާގައި ހަމަލާދިން މީހާވެސް ވަނީ މަރުވެފައެވެ. މިހަމަލާގައި 53 މީހުން ވަނީ ޒަހަމްވެފައެވެ. އެ ގައުމުގެ އިދާރާތަކުން ބުނާ ގޮތުގައި މިއީ އެމެރިކާގެ ތާރީހުގައިވެސް ބަޑިޖަހައިގެން އެންމެ ގިނަ ބަޔަކު އެއްފަހަރާ މަރާލި އެއް ހާދިސާއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަޖުމާ

    ކޮބާ ޒަކީ ހީވޭތަ ކަމެއްހެން….

    18
    2
  2. މަ

    ޔެސް👏👏

    17
    5
  3. Anonymous

    އަލްހަމްދުލިﷲ.

    10
    3
  4. ޗަކޮއި

    އަޅެ ކާނަލް އާއި ، ނާޒިމާ އަލަމްގިރި އާއި މި ފިރިހެންކުޅި ބައިގަނޑު މީހެ ތެރޭހިމެނުންނަމަ

    3
    1