އިންޑިއާއަކީ އެކްސިޑެންޓް ގިނަ ގައުމެކެވެ. ގިނަފަހަރު އެކްސިޑެންޓެެއް ހިނގި ނަމަވެސް، އަޅާނުލާ ފަހަރުތައްވެސް އާދެއެވެ. މިއީ މިހާރު އާއްމު ކަމެކެވެ. ދާދި ފަހުން އިންޑިއާގެ މަގެއްގެ މަތީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހާއަށް އެހީވުމުގެ ބަދަލުގައި ގިނަބަޔަކު އޭނާ ގެންދިޔަ ތަކެތިން ވައްކަން ކުރަން ހުރި ކަން މި ވަނީ ހާމަވެފައެވެ.

ޓްރަކެއްގައި ދިޔަ މީހަކު އެކްސިޑެންޓްވެފައި ވަނީ ބްރިޖަކުން ވެއްޓިއެވެ. އެ ޓްރަކުގައި ފުރާ ހުރީ ފިޔާ އެވެ.

ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހު، މުމްބާއި އެކްސްޕްރެސްވޭގެ ވަލްވަނާ ބުރިޖުން ޓްރަކް ވެއްްޓި ޓްރަކުގައި ހުރި ފިޔާތައް ބިންމައްޗަށް އެޅުނެވެ. އަދި އެ އެކްސިޑެންޓްގައި ޓްރަކް ދުއްވަން އިން މީހާއަށްވެސް އަނިޔާވިއެވެ. އެހެން ނަމަވެސް އޭނާއަށް އެހީވުމަށް އެއްވެސް މީހަކު ބޭނުން ނުވިއެވެ.

އެ މީހުން މަސައްކަތް ކުރީ އެ މީހުން ގެންދިޔަ ފިޔާތައް ހޮވައިގެން ގެއަށް ގެންދެވޭތޯއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ އޭނާގެ އަތުން ޓްރެކް މާބަރަށް ދުއްވިގެން ކޮންޓްރޯލުން ނައްޓައިގެންނެވެ. އެ ހާދިސާގައި އެ ޓްރެކާއެކު އެ މީހާ ވެއްޓުނީ ކުރީގެ ހައިވޭ މައްޗަށެވެ.

އެ މީހާއަށް ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާދެމުންނެވެ. އަދި އެ ޓްރަކުން ފިޔާ ވަގަށް ނެގި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު