މަގުމައްޗަށް ކުޅުޖަހާ މީހުންނަށް އަދަބު ދިނުމަށް އިންޑިއާގެ ޕޫނޭހެ މުނިސިޕަލް އޮތޯރިޓީން ނިންމައިފިއެެވެ.

އެ އޮތޯރިޓީން މިގޮތަށް ނިންމާފައިވާއިރު، ގުޓްކާ އާއި ޕާންގެ މަގުމަތި ތަކަށް ކުޅު ޖަހާ މީހުން ޖޫރިމަނާ ކުރަން ވަނީ ނިންމާފައެވެ. އެގޮތުން މަގުމައްޗަށް ކުޅުޖަހާތަން ފެނިއްޖެނަމަ 100 ރުޕީސް އިން ޖޫރިމަނާ ކުރުމަށް ވަނީ ނިިންމާފައެވެ.

އަދި މީގެ އިތުރުން، އެތަން އަމިއްލައަށް ސާފްކުރަން ވެސް ޖެހެއެވެ. އަދި އެ މަންޒަރު ވީޑިއޯގެ ޒަރިއްޔާއިންނާއި، ފޮޓޯގެ ޒަރިއްޔާއިންވެސް ނެގުމަށް ވަނީ ނިންމާފައެވެ.

މިދިޔަ ހަފްތާ ތެރޭގައި އިއުލާނުކުރި އެ ކެމްޕެއިން އެ ސިޓީގެ 15 ސަރަހައްދެއްގައި ކުރިއަަށްދާނެއެވެ.

އެ މުނިސިޕަލްޓީން މިފަދަ ފިޔަވެއް އަޅަން ނިންމާފައި ވަނީ މަގުމައްޗަށް ރަތް ކުޅު ޖަހާތީއެވެ. އެ މުނިސިޕަލްޓީން ބުނެފައިވާ ގޮތުގައި، ދުންފަތާއިި، ސިނގިރޭޓް ފަދަ ތަކެތި ބުއިމަށްފަހު މަގުމައްޗަށް ކުޅު ޖެހުމުން މަގުމަތި ވަރަށް ބޮޑަށް ހަޑިވެއެވެ.

"އަހަރެެމެންގެ މި ކެމްޕެއިންގެ މަގުސަދަކީ ސާފްތާހިރުކަމަށް ލޯބިކުރާ ބައެއްގެ ގޮތުގައި، އެންމެންގެ ނަމޫނާއަކަށް ބަލައި، އެންމެންނަކީވެސް އެ ސިޓީ ސާފްތާހިރު ކުރުމަށް މަސައްކަތް ކުރާ ބަޔަކަށް ވުން" އެ މުނިސިޕަލްޓީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދޮންބެ

    ތީ މިގައުމުގަވެސް ކުރަން ވެއްޖެ ކަމެއް.

  2. ރަނގަޅު

    މިފަދަކަމެއް މި ރާއްޖޭގައި ކުރާނީ ކޮންދުވަހަކުބާވައޭ އަހުރެން ހިތަށްއަރަނީ.
    ހޮޅުއަށީގަ މަގުމަތީގެ ރައްކާތެރިކަމުގެ ވާހަކަދެއްކިއިރު އެއްވެސްމީހެއް މިވާހަކަ ނުދައްކާ!
    މަގުމައްޗަށް ކުޅުޖެހުމުން ބަލިތައްފެތުރުން ބޮޑު.