ދުނިޔެއާއި އެންމެ ހަ އަލި އަހަރު ދުރުން ގުރަހައެއް (ޕްލެނެޓެއް) ސައިންސްވެރިން ހޯދައިފިއެވެ.

ސައިންސްވެރިން ބުނާގޮތުގައި ދުނިޔެ އާ އެންމެ ކައިރި އެއް ތަރި ކަމަށްވާ "ބާނާޑްސް ސްޓާ" ވަށާ މި ގުރަހަ ދަނީ ދައުރުވަމުންނެވެ.

ސައިންސްވެރިން ލަފާކުރާ ގޮތުގައި އަލަށް ހޯދުނު ގުރަހަ އަކީ ވަރަށް "ރޮކީ" ގުރަހައެކެވެ. އެ ގުރަހައިގެ ދުނިޔެވީ ފަށަލަ ވަރަށް ވަރުގަދަ ކަމަށް ސައިންސްވެރިން ލަފާކުރެ އެވެ.

ޑްވާފެއްގެ ގޮތުގައި ސައިންސްވެރިން ކަނޑައަޅާފައިވާ ބާނާޑްސް ތަރީގެ ވަށައިގެން ދައުރުވަމުން އަންނަނީ "ސްޕަ އާތު" ކެޓަގަރީގެ ގުރަހައެކެވެ.

މި ސެޓެލައިޓުން މި ވޭތުވެދިޔަ 20 އަހަރު ތެރޭ 3,700 އަށް ވުރެން ގިނަ ގުރަހަ ހޯދައިފައިވާ އިރު ސައިންސްވެރިން ލަފާ ކުރާގޮތުގައި މި ގުރަހައިގައި ދިރުމެއް ހުރެދާނެ އެވެ. ދިރުމެއް އުޅެދާނެ ކަމުގެ ކުޑަ އުންމީދެއް އޮތީ، އެ ގުރަހަ ބޮޑުވެފައި ގުރަހަ ފެނުނު ތަރީގެ ހޫނުކަން އެހެން ރެޑް ޑްވާފް ތަރިތަކާ އަޅާ ބަލާއިރު މަޑުވުން ކަމަށް ވެސް ސައިންސްވެރިން ބުނެ އެވެ.

ސައިންސްވެރިން ލަފާކުރާ ގޮތުގައި މި ގުރަހަ ތެރެއިން ސުޕަ އާތު ގުރަހާގައި ދުނިޔެ އާއި ދާދި އެއްގޮތް ސިފަ ތަކެއް ހުރުން އެކަށީގެންވެއެވެ. ސަބަބަކީ މި ގުރަހަ އޭގެ ތަރި ވަށައިގެން ދައުރު ކުރަނީ ދިރުން ހުރުމަށް އެކަށީގެންވާ ދުރުމިނެއްގައި ކަމަށް ވާތީ އެވެ.

ނާސާގެ ޓްރާން ސިޓިން އެކްސޯ ޕްލެނެޓް ސާވޭ ސެޓްލައިޓުން ހޯދި މި ގުރަހައިގައި ހުންނާނީ 3.2 ދުނިޔޭގެ ބަރުމިން ކަމަށް ވެސް ސައިންސްވެރިން ލަފާކުރެ އެވެ. އެ ޕްލެނެޓުގައި

ނާސާއިން އަންނަނީ އޭލިއެން ލައިފު ހޯދުމަށް އޮބްޒަވޭޓަރީތައް އިމާރަތް ކުރަމުންނެވެ. މީގެ އިތުރުން 2022 ވަނަ އަހަރު ޔޫރޯޕާއަށް މިޝަން އެއް ލޯންޗު ކުރުމަށް ނާސާއިން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފއތޅ

    ހުސް ފޭކު ތީ.. ނާސާ މީހުންނަކީ ބޯގޮވާފަ ތިބި ބައެއް..

  2. މިއަދު

    މިސަރުކާރުން މަތީތަޢުލީމު ހޯދަން ދުނިޔއެިން ބޭރަށް ދަރިވަރުން ފޮނުވާނެ ވާހަކަ ބުންޏެއްނު އެއީ ތިތަނަށް ކަމަށްވެދާނެދޯ؟