ޑިސެންބަރު މަހުގެ އެއް ވަނަ ދުވަހު ކައިވެނި ކުރި ޕްރިޔަންކާ ޗޯޕްރާ އާއި ނިކްގެ ކައިވެނީގެ ހަފްލާގެ ފޮޓޯތައް މީސް މީޑިއާގެ ސަމާލުކަން ހުއްޓިއްޖެއެވެ.

ދެ ތަރިންވެސް އެ މީހުންގެ މީސް މީޑިއާ އެކައުންޓްތަކުގައި ދަނީ ފޮޓޯތައް ހިއްސާ ކުރަމުންނެވެ. ޕްރިޔަންކާއަކީ ދިވެހިން ވަރަށް ލޯބިވާ ފަންނާނެ ކަމަށްވާއިރު، އޭނާގެ ފޮޓޯތައް މީސް މީޑިއާގައި މިހާރު ދަނީ ޝެއާ ކުރަމުންނެވެ. އަދި އެ ފޮޓޯތައް ވަރަށް ޗާލުކަމަށް ދަނީ ބުނަމުންނެވެ.

ކްރިސްޓިއަން ގޮތަށް ކުރި ކައިވެންޏާއި،ހިންދޫ ވައްޓަފާޅިއަށް ދެތަރިން ކުރި ކައިވެނީގެ ފޮޓޯތައް މީސް މީޑިއާގައި ހިއްސާކުރަމުން އަންނައިރު، މަޝްހޫރު ގިނަ އެންޓަޓެއިންމެންޓް ހަބަރު ގެނެސްދޭ މެގަޒިންތަކުންވެސް އެ ފޮޓޯތައް ދަނީ ހިއްސާ ކުރަމުންނެެވެ.

ކްރިސްޓިއަން ގޮތަށް ކުރި ކައިވެނީގެ ޕްރިޔަންކާ ލައިގެން ހުރީ ރަލްފް ލައުރެންގެ ހާއްސަ ޑިޒައިނެއްގެ ހުދުކުލައިގެ ހެދުމެެކެވެ. އަދި ނިކްވެސް ލައިގެން ހުރީ ރަލްފް ލައުރެންގެ ހާއްސަ ކޯޓެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

އަދި ހިންދޫ ވައްޓަފާޅިއަށް މި ދެތަރިން ކުރި ކައިވެނީގައި ހެދުން އަޅައިގެން ތިބީ އިންޑިއާ ސްޓައިލަށެވެ. ޕްރިޔަންކާ ލައިގެން ހުރީ ރަތް ކުލައިގެ ރީތި ލެހެންގާއެކެވެ.

މި ދެތަރިން ކައިވެނީގެ ފޮޓޯތައް ނަގާފައި ވަނީ ޖޯސް ވިލާއެވެ.

ޕްރިޔަންކާ އާއި ނިކްގެ ކައިވެނީގެ ފޮޓޯތަަކަށް ބޮޑު ސަމާލުކަމެއް ހުއްޓުނުއިރު، ދާދި ފަހުން ކައިވެނިކުރި ދިޕިކާ އާއި ރަންވީރުގެ ކައިވެނީގެ ފޮޓޯތަކަށްވެސް ބޮޑު ސަމާލުކަަމެއް ލިބުނުކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނެތީމޭ

    ޕްރިޔަންކާ އަކީ މަމެން ވަރަށް ދެކެން ބޭނުންވާ އަންހެން ކުއްޖެކޭ ވަަރަށް ސެކްސީ ގޮތެއް ހުރެއޭ ބަލާ ބެލުމުން ސްޕެޝަލީ ވާހަކަ ދައްކާއިރު ވަރަށް ސެކްސީ ފީލިންގް ހުންނަ ގޮތަށް ވާހަކަ ދައްކައޭ މަމެން ބުނަން ނެތީމު ދޯ...