އަޅުގަނޑުމެން ނިސްބަތްވާ ސޫރުދަ ނިޒާމު (ސޯލާ ސިސްޓަމް) ގެ މެދުގައިވާ ތަރި (އިރު) ވަށައިގެން ބައެއް ފަހަރު މަޑު ކުލައިގެ ރިންގެއް ފެންނަ ސަބަބު ސައިންވެރިން ކިޔައި ދީފިއެވެ.

ދުނިޔެއާއި 150 މިލިއަން ކިލޯ މީޓަރު ދުރުގައިވާ އިރު ވަށައިގެން މަޑު ކުލައިގެ ރިންގެއް ފެންނަ ސަބަބެއް ކަމަށް ސައިންސްވެރިން ބުނަނީ ދުނިޔޭގެ ފަށަލައިގައިވާ އައިސް ކްރިސްޓަލްގެ ސަބަބުނެވެ.

އާންމު ގޮތެއްގައި ވިއްސާރަ ވުމަށް ފަހު އުޑުމަތި ސާފުވާ ވަގުތު މި ރިންގް ފެނެވެ. ސައިންސްވެރިން ބުނާ ގޮތުގައި މިއީ ހަގީގަތުގައި އިރުގައި ވަށައިގެން އުފެދިފައިވާ ރިންގެއް ނޫނެވެ. އިރުގެ ބޮޑުބައި ބިނާވެގެން ވަނީ ހައިޑްރިޖަން އާއި ހީލިއަމް ގެ މައްޗަށް ކަމުން މި ގޮތަށް ރިންގް ފެންނަ ހުރެދާނެ ކަމަށް ސައިންވެރިން ބުނެއެވެ.

ދުނިޔެއާ އަޅާބަލާއިރު ސޫރުދަ ނިޒަަމުގައި ވާ އިރަކީ ވަރަށް ބޮޑު އެއްޗެއް ކަމަށްވިޔަސް ކާއިނާތުގައިވާ އެހެން ތަރިތަކާއި އަޅާބަލާއިރު އިރަކީ ވަރަށް ކުޑަ ތަރިއެކެވެ.

އިރުގެ މެދުތެރޭގެ ހޫނުމިނަކީ 1400000 ޑިގްރީ އެވެ. އިރުގެ ޑައިމީޓަރަކީ ގާތްގަނޑަކަށް 1382000 ކިލޯ މީޓަރު އެވެ. މިއީ ބިމުގެ ޑައިމީޓަރުގެ 109 ގުނަ އެވެ.

ދުނިޔެ އެ އެއްޗެއް ވަށައި އެނބުރެމުންދާ އިރަކީ އަޅުގަނޑުމެން އިންސާނުންނަށް ވަރަށްވެސް މުހިންމު އެއްޗެކެވެ. އެންމެ 24 ގަޑިއިރަށްވިޔަސް އިރުގެ އަލިކަމާއި ހޫނު ދުނިޔެއަށް ނުލިބި ހިނގައްޖެނަމަ އިންސާނުންނަށް ދިރުއުޅުމަކީ ވަރަށްވެސް އުނދަގޫ ކަމަކަށް ވެގެންދާނެއެވެ.

އިރު ކުއްލިއަކަށް ގެއްލިއްޖެނަމަ 8-9 ވަރަކަށް މިނެޓް ތެރޭގައި މުޅި ދުނިޔެއަށް އަނދިރިކަން ވެރިވެގެންދާނެއެވެ. އަޅުގަނޑުގެމެންގެ މި ދުނިޔެއާއި ގާތުގައި އޮންނަ ހަނދުވެސް އަޅުގަނޑުމެންނަށް ނުފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެނޮނިމަސް

    ތި މައުލޫމާތުވެސް އަހަރެމެންގެ ކުރީ ފޮތްތަކުގައި ހުންނާނެ. ބަލާބަލަ ސުވާލު ކުރުމުގެ ކުރީގައި