މިދިޔަ އަހަރު ޑިސެންބަރު މަސް ތެރޭގައި ކައިވެނި ކުރި ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރްމާ ބަނޑުބޮޑުތޯ ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފިއެވެ.

އިންޑިއާގެ ގައުމީ ކްރިކެޓް ޓީމްގެ ކެޕްޓަން ވިރާތް ކޯލީއާއި ކައިވެނިކޮށްގެން އުޅޭ އަނުޝްކާ ބަނޑުބޮޑުކަމަށް ގިނަ ބަޔަކު ބުނަން ފެށި ވިރާތް ވަރަށް ފަހުން ކުރި ޓްވީޓަކާއި ގުޅިގެންނެވެ.

އެ ޓްވީޓްގައި ވިރާތް ބުނެފައި ވަނީ، ވަރަށް ގިނަ ކަންތައްތަކެއް މިހާރު ހިނގަމުން އަންނަ ކަމަށާއި، އެކަން އަންގާނެ ކަމަށެވެ. މި ޓްވީޓާއެކު ގިނަ ބަޔަކު މިހާރު ދަނީ އަނުޝްކާ ބަނޑުބޮޑު ތޯ ސުވާލު އުފައްދަމުންނެވެ.

ވިރާތްއަކީ ކުޑަކުދިންދެކެ ވަރަށް ލޯބިވާ މީހެކެވެ. އޭނާ މީގެ ކުރިން ބުނިގޮތުގައި، ދަރިންނަކީ މި ދުނިޔެ މަތީގައި ލިބޭނެ އެންމެ ބޮޑު އުފަލެވެ. ވިރާތްއަކީ އާއްމުކޮށް ފިލްމީ ތަރިންގެ ދަރިންނާވެސް ހާއްސަ ގާތްކަމެއް އޮންނަ ތަރިއެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

މި ދެތަރިންގެ ކައިވެނި ވެފައި ވަނީ މުޅި ބޮލީވުޑްގެ ހުރިހާ ތަރިން ކައިވެނި ކުރަން ބޭނުންވިކަހަކަ ކައިވެންޏަކަށެވެ. ވިރާތް އާއި އަނުޝްކާގެ ކައިވެންޏަށްފަހު ބޮލީވުޑްގެ ގިނަ ތަރިން ކައިވެނި ކުރާނެ ތާރީހްތައް އިއުލާނު ކުރަމުން ދިޔައެވެ.

މި ދެ ތަރިން ކައިވެނިކޮށްފައި ވަނީ އިޓަލީގައެވެ. އެންމެ ގާތް ރަހުމަތްތެރިންނާއި އާއިލާއާއެކު އިޓަލީގައި ކައިވެނި ކުރުމަށްފަހު އިންޑިއާގައި ކައިވެނީގެ ދެ ހަފްލާ ވަނީ ބާއްވާފައެވެ.

މިއީ ބޮލީވުޑްގެ އެންމެ ރީތި ޖޯޑުގެ ގޮތުގައި މިހާރު އެންމެ ފާހަގަކޮށްލެވޭ ދެ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު