ކާފަރުންގެ ޢީދު ތަކުގައި ނުވަތަ އެމީހުން ފާހަގަ ކުރާ ދުވަސްތަކުގައި މުސްލިމުން ބައިވެރިނުވުމަށް އެތައް ދަންނަ ބޭކަލުންނެއް ވަނީ އިރުޝާދު ދެއްވާފައެވެ. މިކަން ސާބިތުވާ އެތައް ދަލީލެއް އެބޭކަލުން ދައްކަވާފައިވެއެވެ. އެހެންކަމުން، ފެބުރުއަރީ 14 ވަނަ ދުވަހު ފާހަގަ ކުރާ ލޯބިވެރިންގެ ދުވަސް ނުވަތަ "ވެލަންޓައިންސް ޑޭ" ފާހަގަ ކުރުމަކީވެސް ރަނގަޅު ކަމެއް ނޫނެވެ.

މިއީ ބައެއް ޤައުމުތަކުގެ ކޮލެޖު، ޔުނިވަރސިޓީތައް އަދި ޒުވާނުންނާ ގުޅުންހުރި މިފަދަ ތަންތަނުގައި ވަރަށް ކުލަގަދަކޮށް ފާހަގަ ކުރާ މުނާޞަބަތެކެވެ. އެހެންނަމަވެސް، އިސްލާމީ އުސޫލުތައް ދިރުވަން، ޕާކިސްތާނުގެ މި ޔުނިވަރސިޓީ އިން ވަނީ ރަނގަޅު ފިޔަވަޅެއް އަޅާފައެވެ.

އެގޮތުން، ފެބުރުއަރީ 14 ވަނަ ދުވަހު، ޕާކިސްތާނުގެ ޔުނިވަރސިޓީ އޮފް އެގްރިކަލްޗަރ، ފައިސަލްއާބާދުގައި ފާހަގަ ކުރާނީ ދައްތައިންގެ ދުވަސް ނުވަތަ އުޚުތުންގެ ދުވަހެވެ.

މި ޚިޔާލު ހަގީގަތަކަށް ހެދި ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ބުނެފައިވާ ގޮތުން މިއީ ކާމިޔާބު ނުވަތަ ދަރިވަރުންގެ މެދުގައި ރަނގަޅު ޚިޔާލަކަށް ވާނޭކަމުގެ އެއްވެސް ޔަޤީންކަމެއް އޭނާއަށް ނެތެވެ.

އޭނާ އިތުރަށް ބުނެފައިވާ ގޮތުގައި އެދުވަހު ފިރިހެން ކުދިންނަށްވެސް އަންހެން ކުދިންނަށް ހަދިޔާ ދެވޭނެކަމަށެވެ. އެގޮތުން ބުރުގާފަދަ ތަކެތި ހަދިޔާގެ ގޮތުގައި ދެވޭނެކަމަށާއި އެއީ ދައްތައެއް ނުވަތަ ކޮއްކޮއެއްގެ ހައިސިއްޔަތުން ދޭ އެއްޗެއްކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުންވެސް، އޭނާ ބުނެފައިވަނީ މިއަދަކީ ޖިންސުގެ ހަމަހަމަކަމުގެ ވާހަކަ ވަރަށް ބޮޑަށް ދެކެވޭ ދުވަހެއްކަމަށެވެ. އަދި، އެކަން އެންމެ ހަމަހަމަކޮށް ލައްވާފައިވަނީ ދީނުގައިކަންވެސް ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ ސަބަބުން، އަންހެނުންނަކީ އިހުތިރާމް ކުރަން ޖެހޭ އަދި އިހުތިރާމް ލިބިގެންވާ ބައެއްކަން ހާމަވާނެކަމަށްވެސް ބުނެފައިވެއެވެ.