ޒުހުލަކީ ސޫރުދަ ނިޒާމުގައި ހަވަނައަށް އިރާ އެންމެ ކައިރީގައި އޮންނަ ގުރަހައެވެ. މިއީ މާ ގުރަހައެކެވެ. ޒުހުލު އޮންނަނީ މުޝްތަރީއާއި ޔުރާނަހާ ދެމެދުގައެވެ.

ސައިންޓިސްޓުން ހެދި ދިރާސާ އަކުން ދައްކާ ގޮތުގައި ޒުހުލުގައި ދުވަހެއްގެ ވަގުތުކޮޅަކީ ދުނިޔޭގެ ވަގުތުން ބަލާ ކަމުގައި ވާނަމަ 10 ގަޑީރާއި 30 މިނެޓުގެ ވަގުތު ކޮޅެކެވެ. ދުނިޔޭގައި ދުވަހަކީ 24 ގަޑީރެވެ.

މި ގުރަހައިގެ ދުވާލުގެ ދިގުމިން ހޯދުމަށްޓަކައި ސައިންޓިސްޓުން ވަރަށް ގިނަ ދުވަސް ހޭދަކޮށްފައި ވެއެވެ. އަދި އެމީހުން ހާމަުރާގޮތުގައި މިކަމަށް ދިގުމުއްދަތެއް ވޭތުވީ ޒުހުލު ދައުރުވާގޮތާއި އެތަނުގެ ދަގަތްފާނީ ބާރުގެ ސަބަބުން ކަމަށެވެ.

މިހާރު ސައިންޓިސްޓުން ވަނީ މި ގުރަހައިގެ ގުރަހައުޅާތަށް ބޭނުންކޮށްގެން ގުރަހަ ދައުރު ކުރާ މިންވަރާއި އެތަނުގައި ހިނގާ ދުވާލުގެ ދިގުމިން ހޯދާފައެވެ.

އެސްޓްރޯފިސިކަލް ޖާނަލްގައި ނެރުނު ދިރާސާއެއްގައި ވަނީ ޒުހުލުގެ ގުރަހައުޅާތަކަކީ އެ ގުރަހައަށް ބިންހެލުން އައުމަށް މަގުފަހިވާ ބައި ކަމުގައެވެ. އަދި ގުރަހައިގެ ކަނޑުގެ ލޮނުގަނޑު ބޮޑުވުމުގެ ސަބަބަކަށްވެފައި ވަނީވެސް މި ގުރަހައުޅާތަށް ކަމުގައި މި ދިރާސާގައި ވެއެވެ.

ޔޫސީ ސަންޓާ ކްރުޒްއިން ގްރެޖުއޭޓްވި ދަރިވަރެއް ކަމުގައިވާ ކްރިސްޓޮފަރ މަންކޮވިޗް ބުނެފައިވަނީ ގުރަހަ އަށް އަންނަ ލޮޅުންތައް ނުހުއްޓުވޭނެ ކަމަށާއި ނަމަވެސް އެ ލޮޅުންތަކުގެ އިހުސާސް ދަގަތްފާނީ ބާރައް އިހުސާސް ވާ ކަމަށެވެ.

ސައިންޓިްޓުން 1980 ގައި ރޭޑިއޯ ސިގްނަލް ބޭނުންކޮށްގެން ހެދި ދިރާސާއިން ދައްކާ ގޮތުގައި ޒުހުލުގައި ދުވާލުގެ ދިގުމިނަކީ 10 ގަޑީރާއި 39 މިނެޓު އަދި 23 ސިކުންތެވެ. ނަމަވެސް ފަހުން ކަސިނި ޑާޓާ ބޭނުންކޮށްގެން ހެދި ދިރާސާއިން ހާމަވަނީ ޒުހުލުގެ ދުވާލެއްގެ ދިގުމިނަކީ 10 ގަޑީރާއި 33 މިނެޓު އަދި 38 ސިކުންތު ކަމަށެވެ.

ކަސިނި ތަޢާރަފު ކޮށްފައި ވަނީ 1997 ވަނަ އަހަރުގައި ކަމަށްވިޔަސް ޒުހުލުގެ ދުވަހުގެ ދިގުމިން ހޯދުމަށް އިތުރު 13 އަހަރުދުވަސް ހޭދަކުރަން ޖެހުނެވެ.

ސައިންޓިސްޓުން ި ގުރަހައިގެ ދުވާލުގެ ދިގުމިން ހޯދުމަށް އެންމެ ފުރަތަމަ ފަށައިފައިވަނީ 2004 ވަނަ އަހަރުއެވެ. އޭގެ ކުރިން 2000 ވަނަ އަހަރުން ފެށިގެން އައީ މުޝްތަރީ ދިރާސާކުރަމުންނެވެ. އޭގެފަހުން 2008 ވަނަ އަހަރު ސައިންޓިސްޓުން ވަނީ އެންމެ ފުރަތަމަ މަސައްކަތް ނިންމާލާފައެވެ. އަދި 2010 ވަނަ އަހަރު ދެވަނަ މަސައްކަތް ފެށިގެން ދިޔައިރު 2011 ވަނައަހަރުގެ ޑިސެމްބަރު މަހު ކަސިނި ޒުހުލުގެ ބޮޑު ފޮޓޯ އެއް ދައްކާލައިފައި ވެއެވެ، އެއަށްފަހު 2013 ވަނަ އަހަރު އެންމެ ފަހު މަސައްކަތް ފަށައި އެއަހަރުގެ ފަހުކޮޅު ވަނީ ނަތީޖާ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ދަނޑުވެރިޔާ

  މާރީތި ކުރިން ކިޔާގޮތް، އިރަވީނިޒާމް. ކޮން ސޫރުދަ އެއް ހިންދީބަހުގަ ސޫރަޖް އިން ނަގާފަ އޮތް ނަހެ. ބަހެ އޮއްވައި ބަހެއް ހެދުމުގެ ބޭނުމަކީ ކޮބާ.

  • ހިހިހި

   ދަޑުވެރިޔާ ކުރަމޭ ސަލާމް.. ލޯބިވާ ދަޑުވެރިޔާ ކުރަމޭ ސަލާމް.. ?❤

 2. ހައްޤު1

  މަ ހުވާ އެކަށްޗެއް ވެސް ގެޓެއް ނުވި...

 3. ފިރުޓޭ

  ސްޕޭސް އެއްޗެހިތައް ނުޖަހާ ޖަހާލަތުގެ ވާހަކަތައް މިތާ ޖަހާބަލަ، ނިކަން ކޮމެންޓް އަންނާނެ. މިއަކީ އެބައިމީހުންގެ ބޮލަކަށް ވިސްނޭނެ އެއްޗެހިތަކެއް ނޫން