އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ލައިވް ކުރަމުން ދިޔަ ވީޑިއޯ އަކުން އޭލިއެން ތަކެއް ފެނިއްޖެއެވެ.

ބައިނަލް އަގުވާމީ ޖައްވީ ސްޓޭޝަންގެ ސްޕޭސް ވޯކެއް ލައިވް ކުރަމުން ދަނިކޮށް އެތަށް ބައެއްގެ ލޮލުގައި އަޅައިގަތީ ސްޕޭސް ސްޓޭޝަން އާއި ދިމާލުން ބޭރުން އަދި ދުނިޔެ ކައިރިން އޭލިއެން އުޅަދުތަކެއް ކަމަށް ބެލެވޭ އެއްޗެއްހި ތަކެއް އެބުރެމުންދާ މަންޒަރެވެ.

މި އުޅަދުތަށް ލޮލުގައި އަޅައިގަތީ އިރުގެ އަލި މި އެއްޗެއްހި ތަކަށް އެޅުމުންނެވެ.

މި ވީޑިއޯ މިހާރު މީސް މީޑިއާގެ އިތުރުން ޓޫޑިއުބްގައި މިދިޔަ އާދިއްތަ ދުވަހު އާންމު ކޮށްފައިވާއިރު ޔޫޓިއުބް އިން 325000 މީހުން މީހާތަށް މި ވީޑިއޯ ބަލާފައިވެއެވެ.

އެތަށް ބަޔަކު އެމީހުންގެ ހިޔާލު ކޮމެންޓެއްގެ ޒަރީޔާއިން މި ވީޑިއޯ އަށް ހިއްސާ ކުރަމުން ދިޔައިރު އެއްބަޔަކު އެއީ ގިނި ހިލައެއް ކަމަށް ސިފަ ކުރި އިރު އަނެއް ބަޔަކު އެއީ ކޯއްޗެއް ކަމާއި މެދު ތިބީ ސުވާލު މާކެއްގެ ތެރޭގައިއެވެ.

އޭލިއަނުންނަކީ އެހެން ޕްލެނެޓުތަކުގައި ދިރިއުޅޭކަމަށް އިންސާނުން ގަބޫލުކުރާ މަޚުލޫގުންތަކެކެވެ. ނާސާ އިން ބުނީ، އެމީހުންގެ މެދުގައި ސުވާލުއުފެދިފައި ވަނީ، އޭލިއަން ފެނިދާނެ ކަމާމެދު ނޫން ކަމަށެވެ. ނަމަވެސް އެ އެއްޗެހި ފެންނާނީ ކޮން އިރަކުން ކަމަށް ސުވާލު އުފެދޭ ކަމަށް ނާސާއިން ބުންޏެވެ.

ނާސާއިން އަންނަނީ އޭލިއެން ލައިފު ހޯދުމަށް އޮބްޒަވޭޓަރީތައް އިމާރަތް ކުރަމުންނެވެ. މީގެ އިތުރުން 2022 ވަނަ އަހަރު ޔޫރޯޕާއަށް މިޝަން އެއް ލޯންޗު ކުރުމަށް ނާސާއިން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އެޑަމް

    ދުނިޔޭގެ އެތަން މިތަނުގައި އަދި ކިއެއްތަ ހުދު ތިމާމެންގެ ގަޢުމުތަކުގައި އެތައް ބަޔަކު ބޯފެންފޮދެއް ނުލިބި ކާނެ އެއްޗެއް ނުލިބި ބަނޑަށް މަރުވަމުން ދާއިރު އޭލިއަނުންނޭ ޖައްވީ އުޅަނދޭ ފަޅޮލޭ ކިޔައިގެން ގައުމުގެ މާލިއްޔަތުން ތި އިިސްރާފު ކުރަނީ، ހިތުން ތިމާމެންވަރުގެ ގާބިލް ހެޔޮވިސްނޭ ބަޔަކު ނެތްކަމަށްދެކިގެން.. ޖާހިލުވިޔަސް ތިދެން ބޮޑުވަރު..

  2. ތަރިތައް

    ކީއްވެތަ އެންމެ ތަރިއެއްވެސް ފެންނަންނެތީ؟ އަޖައިބެއްނުމީ...............

  3. އުގެއިލް

    އޭ ޕްރޮފެސަރުގަމާރު...... ތަރިތައް ކޮބާހޭ؟؟؟ ޖަވާބުދީބަލަ އުގެއިލް ދަ ފޭސްރިކޮގްނިޝަންމޭން.....

  4. ޕްރައިވެޓް

    ނޭގުނުދޯ އެއީ ކޮތަރެއް

  5. ހެހެހޭ

    ނާސާގައި އެމީހުން ސައިބޯ ތަށިދޮންނަން އުޅުނު ޕްރޮފެސަރު ގާތު އަހާބަލަ އެއީ އޭލިއަނުންތޯ.?

    • ނާސާ

      ނާސާގައި އެންމެ ފަހަރަކު އެންމެ ތައްޓެއް ދޮންނަން ލިބުމަކީވެސް ފަޙުރެއް...

  6. ތަރިތައް

    ތަރި ނުފެނިގެން އުޅޭ މީހުން، އެއީ ކުރަހާ ރޭގަނޑުގެ މަންޒަރެއް ނޫން ތަރި ހުންނާކަށް، ކޮބާތަ ޖުޕިޓަރ ދޯ ، ހަހަހަ