ކުއްތާތަކަށް ޚާއްސަކޮށްގެން އުފައްދާ ފުރަތަމަ ފާޚާނަ ތަށި އުފައްދައިފިއެވެ.

696 ޑޮލަރަށް މިހާރު މާކެޓްގައި ލިބެން ހުރި މިފާޚާނަ ތައްޓަކީ މިހާތަނަށް ދުނިޔޭގައި އުފެއްދި ކުއްތާތަކަށް ޚާއްސަ ފުރަތަމަ ފާޚާނަ ތައްޓެވެ. ނިއުޓަން ބޮސްކްއިން އުފައްދާފައިވާ މިފާޚާނަ ތަށީގައި ކުއްތާތަކަށް ޚާއްސަކޮށްގެން ގިނަ ތަފާތު ފީޗަރތަކެއް އެކުލަވާލާފައިވެއެވެ.

މިގޮތުން ބަލާއިރު، މިފާޚާނަ ތައްޓަކީ ކުއްތާ ބޭނުންވާ ކޮންމެ އިރަކު އިންސާނެއްގެ އެހީއާ ނުލާ ބޭނުން ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އެއްޗެކެވެ. މީގެ އިތުރުން މިފާޚާނަ ތަށީގައި ފާޚާނަ ކުރާ ވަގުތު ދުވާ ވަސް ފިލުވާލުމަށްވެސް ޚާއްސަ މެކޭނިޒަމް އެއް އޮވެއެވެ. މިގޮތުން މި ފާޚާނަ ތަށީ ބޭނުން ކުރާ ވަގުތު ޚާއްސަ އެއަރފުރެޝްނާއެއް މިތަށިން ޖަހައެވެ.

މިފާޚާނަ ތަށި ބޭނުން ކުރުމަށް ކުއްތާތަކަށް ޚާއްސަ ޓްރެއިނިންއެއް ދޭން ޖެހެއެވެ. އަދި ކުއްތާގެ މިޒާޖަށް ބަލާ މިޓްރެއިނިންތައް ތަފާތު ވެގެން ހިގައިދާނެ ކަމަށްވެސް މިފަރާތްތަކުން ހާމަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު