ފްރާންސްގެ އަވަށެއްގައި ހިންގަމުން ދިޔަ ބޭކަރީއެއްގައި މަސައްކަތް ކުރާ މީހަކު އެއްވެސް އޮފް ދުވަހެއް ނެތި 7 ދުވަސް ވަންދެން މަސައްކަތް ކުރުމުން ޖޫރިމަނާކޮށްފިއެވެ.

އެ އަވަށުގައި ހަދާފައިވާ ގަވާއިދުގައި ބުނެފައިވާގޮތުގައި، ކޮންމެ ހަތް ދުވަހަކުން އެއް ދުވަހު ތަން ބަންދު ކުރަން ޖެހޭނެއެވެ. އަދި އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އޮފް ދޭން ޖެހޭނެއެވެ.

މިދިޔަ އަހަރުގެ ސަމާގައި އޭނާ އެ ބޭކަރީ ހުޅުވާފައި ހުރި އެ ހިސާބަށް މާގިނައިން ފަތުރުވެރިން އައިސްފައިވާތީ އެ މީހުންނަށް ހިދުމަތް ދިނުމަށެވެ.

އެއީ އެ ފަތުރުވެރިންނަށްވެސް އެ ހިސާބުން ކާއެއްޗެއް ލިބޭނެ މަގު ތަނަސްވަސް ކުރުމުގެ އިތުރުން އޭނާއަށް އިތުރަށް ފައިދާ ވެދާނެކަމަށް ހީކޮށެވެ. އެހެން ނަަމަވެސް ކަންވީ އެހެން ނޫނެވެ. އެކަމާއި ގުޅިގެން އެތަނުގެ ވެރިމީހާ ވަނީ 3000 ޔޫރޯއަށް ޖޫރިމަނާކޮށްފައެވެ.

އެ އަވަށުގެ ކަންތައްތަކާއި ބެހޭ އޮތޯރިޓީން އެ މީހާ ޖޫރިމަނާކުރިއިރު، އެކަމާއި ކޮންމެވެސް ވަރެއްގެ ބަހުސްއެއް ކުރިއަށްދިޔައެވެ. ނަމަވެސް އެ ފައިސާ އޭނާ ދައްކަން ޖެހޭކަމަށްވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު