މާތް ﷲއީ އެންމެ މަތިވެރި އިލާހެވެ. އެއިލާހު އިރާދަކުރެއްވި ގޮތަކަށް އެކަމެއް ވާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. މާތް ﷲ ނަހީކުރައްވާފައި ކަންކަން ކޮށް ނުބައިކަންކަމުގައި ހައްދުފަހަނަ އަޅައިފައިވާ މީހުންނަށް މާތް ﷲ ވަނީ ދުނިޔެ މަތީގައިވެސް އުޤޫބާތް ދައްކަވާފައެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބަޔަކީ ރޫމީންގެ ތަހުޒީބާއި ތަމައްދުންގެ މިސާލެއް ކަމުގައިވާ ޕޮމްޕޭގެ އަހުލުވެރިންގެ ނިމުން ހުރި ގޮތުގެ ވާހަކައެެވެ.

ޕޮމްޕޭގެ އަލުހުވެރިންނަކީ އުމްރާނީގޮތުން ވަަރަށް ބޮޑަށް ކުރިއަރައިފައިވާ ބަޔެކެެވެ. ހަމަ އެޔާއިއެކު އެމީހުންނަކީ ޖިންސީ އެދުންތަށް ފުއްދުމުގައި ހައްދު ފަހަނަ އަޅައިދިޔަ ބައެކެވެ. އެއްޖިންސުން ގުޅުން ހިންގުމާއި ޒިނޭކުރުން ފަދަ ކަންކަން ކުރުމަކީ އެރަށުގެ މީހުންގެ އާދައެކެވެ.

އެފަދަ ކަންކަމުގެ ސަބަބުން މާތް ﷲގެ ކޯފާ އެމީހުންނާއި އައިސް ބައްދަލުކުރިއެވެ. ބިޔަ އަލިފާން ފަރުބަދަ ކަމަށްވާ ވެސޫވިއަސް ކުއްލިއަކަށް ގޮވައި އެރަށުގެ އެންމެން ސުންނާފަތިވީއެވެ. އެކަން ވެދިޔަލެއް އަވަސްކަމުން އެރަށުގެ މީހުން ފަނާކުރެއްވީ އެ ދުވަހަކު އެމީހުން ކޮށް އުޅުނު މަސައްކަތުގައި މަސްއޫލުވެ އުޅެނި ކޮށެވެ.

ތާރީހީ ލިޔުންތަކުން އެނގޭ ގޮތުގައި ޕޮމްޕޭއަކީ ނާޗަރަންގީ ކުޅުމާއި މަސްތުވާތަކެތި ބޭނުން ކުރުމާއިި ފާހިޝް ކަންކަން ކުރުމުގެ އައްޑާއެކެވެ. އެރަށުގެ މީހުންނަކީ ހައްޤުގެ މަގުން އެއްްކިބާވެ ބާތިލް މަގު އިހްތިޔާރު ކުރި ބައެކެވެ. ނަތީޖާއަކަށްވީ ނޭނގި ތިއްބާ ވެސޫވިއަސް ނަމަކަށް ކިޔާ އަލިފާން ފަރުބަދައިން ފޭބި އަލިފާނުން އެރަށުގެ މީހުން އެއްކޮށް ނެތިކޮށްލުމެކެވެ.

އެރަށުގެ މީހުން ފަނާވެގެން ދިޔަ ގޮތް އެރަށަށް ޒިޔާރަތް ކޮށްލުމުން މިހާރުވެސް ފެންނަން އެބަހުއްޓެވެ. ކާންތިބި މީހުން ކާން ތިއްބައެވެ. ޒިނޭ ކުރަން ތިބި މީހުން ޒިނޭކުރަން ތިއްބައެވެ. އެމީހަކު ކުރަން ހުރި ކަމެއް ކުރުމުގައި ހުއްޓާ އެމީހުން ފަނާކުރެއްވީއެވެ. މާތް ﷲ ގެ ކުޅަދުންވަތަވެރިކަމާއެވެ. ޕޮމްޕޭގެ ނިމުމުން އަޅުގަނޑުމެން މިއަދު އިބްރަތް ހާސިލް ކުރަން ޖެހެއެވެ.

މިއަދު މުޅި ދުނިޔެއަށް ޒިނޭ ފަދަ އަހުލާޤީ ކުށްތަށް އާންމުވެފައިވާއިރު މާތް ﷲ ކޯފާއަށް ބިރުވެތިވަނީ މަދު ބަޔެކެވެ. އެންމެ ކުޑަމިނުން ސައްތައިން ސައްތަ މުސްލިމުން އުޅޭ މި ކުޑަކުޑަ ދިވެހި ފަސްގަނޑުގައިވެސް އަހުލާޤީ ކުށްތަށް މިވަނީ އިންތިހާއަށް އިތުރުވެގެން ގޮއްސައެވެ.

ފާޅުގައި ޒިނޭކުރުން މިއަދުގެ ދުނިޔޭގައި މިވަނީ ފެޝަން އަކަށް ވެފައެވެ. އޮރިޔާން ފެންނަ ހެދުން އަޅައިގެން އުޅޭ އަންހެނުން މިވަނީ އިތުރުވެފައެވެ. އެއްޖިންސުން ގުޅުން ހިންގާމީހުންގެ އަދަދު ގުނާ އަދަދު ނުކުރެވެއެވެ. ރާބުއިމާއި "ޕާޓީކުރުން" މިވަނީ ސަޅި ކަމަކަށްވެފައެެވެ. މިފަދަ އެތަކެއް ކަމެއް މުސްލިމު އުންމަތަކުން ފެނިގެން ދިޔުމަކީ ހިތާމަ ހުރި ކަމެކެވެ.

އެހެންކަމުން އަޅުގަނޑުމެން ޕޮމްޕޭ އާއި އަދި އެނޫންވެސް ބައެއް ރަށްރަށުގެ ނިމުން އައި ގޮތުން އިބްރަތް ހާސިލްކުރަމާތޯއެވެ. މާތް ﷲ ކޯފާއެއް އަންނާނީ ކޮން ވަގުތަކު ކޮންތާކަށް ކިހިނެތްކަމެއް ނޭނގޭނެއެވެ. ވުމާއި އެކު އެންމެ އައުލާކަން ބޮޑުވެގެންވަނީ އަޅުގަނޑުމެންގެ އަމަލުތަށް ސީދާކޮށް އެކަލާނގެ އެންގެވި މަގުން ހިގައި އެކަލާނގެ ނަހީކުރެއްވި ކަންކަމުން ދުރުވެގަތުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒާ

    ބުރުގާ އަޅައިގެން ނިކުމެ ގޯޅިގޯޅި ކަންމަތީ ފިރިހެނުން ތަކުގެ ތެރޭގައި ތިބެ މުޒާހަރާގައި ގޮވަނީ ރޯ އަވަގުރާނަ. ޚާއްސަކޮށް ކުނޫޒުކަންމަތީ އެފަދަ ހަޔާތްގޮވަން ކޮންމެ ރެއަކު ނިކުމެ ތިބޭ ލަދުކުޑަ އަންހެން ގްރޫޕެއް ފެނެއެވެ. ހިތަށް އަރާ އެމީހުންގެ ދަރިން ފިރިން މައިން ބަފައިންވެސް ނެތީބާއޭ. އެކަމަކު ތިބެނީ ބުރުގާއަޅާފައި.

    1
    1