ކުރިން މިއީ ވަރަށް ސިގިރޭޓް ބޮއި އުޅުނު މީހެކެވެ. އެހެން ނަމަވެސް އޭގެ ސަބަބުން އޭނާއަށް ފުއްޕާމޭގެ ކެންސަރު ޖެހުނެވެ. އެކަމާއި އޭނާ ވަރަށް ހިތާމަ ކުރިއެވެ. އެއިރު ވަގުތު ފާއިތުވެއްޖެއެވެ. އެންމެ ފަހުން އޭނާ މަރުވެ ދިޔައީ އެ ބައްޔަށް ފަރުވާ ހޯދަމުންދަނިކޮށެވެ.

އޭނާ މު ދުނިޔެ ދޫކުރީ، ސިގިރޭޓް ބޯ މީހުންނަށް ހާއްސަ މެސެޖެއް ދޫކޮށްލުމަށްފަހުއެވެ. ވަގުތު ފާއިތުވުމުގެ ކުރިން ސިގިރޭޓާއި ދުރަށް ދިއުމަށް ނަސޭހަތްތެރިވަމުންނެވެ.

ނިއުޔޯކްއަށް ނިސްބަތްވާ ޖިއޯފްރޭ ޓާނާއަކީ ފަސް ކުދިންގެ ބައްޕައެކެވެ. އޭނާއަކީ ވަރަށް ގަދަޔަށް ސިގިރެޓް ބޯ އުޅުނު މީހެކެވެ. ގާތްގަނޑަކަށް 40 އަހަރުވަންދެން އޭނާ ސިގިރޭޓް ބުޔެވެ.

އުމުރުން 66 އަހަރުގައި ޓާނާ މަރުވިއިރު، އޭނާ ދިޔައީ ފުއްޕާ މޭގެ ކެންސަރަށް ބޭސް ކުރަމުންނެވެ. އޭނާ މަރުވީ މި މަހުގެ13 ވަނަ ދުވަހުއެވެ.

އޭނާ މަރުވުމުގެ ކުރިން ލިޔުނުގޮތުގައި، އޭނާ ޒުވާން ދުވަސްވަރު ސިގިރޭޓް ބޯން ފެށިއެވެ. ކޮންމެ ދުވަހަކު އެތައް ސިގިރޭޓެކެވެ. އަދި އެ ބޮމުން ދިޔައީ އެކަމުގެ ނުރައްކާވެސް އެނގޭ ހާލުގައެވެ. ނަމަވެސް އޭނާއަށް އެކަމުން އުނދަގޫ ތަކެއް ނުވާކަމަށް ބުނަމުންދިޔައެވެ. އެހެން ނަމަވެސް އެކަމާއި އެންމެ ބޮޑަށް ހިތާމަ ކުރަމުންދިޔައީ އޭނާ ދެކެ ލޯބިވާ އަނބިމީހާ އާއި ދަރިންނެވެ.

އެކަން ފަހުން އޭނާ ގަބޫލުކުރިއެވެ. އަދި އެއީ ބޭކާރު ފައިސާކަމަށްވެސް އޭނާ ބުންޏެވެ.

ޓާނާ ކައިވެނި ކުރުމުގެ ކުރިން ވަރަށް ސިގިރޭޓް ބުޔެވެ. އޭގެ ފަހުން ހުއްޓާލީ އަނބިމީހާއާ އެކަމަށް ނުރުހޭތީއެވެ.ނަމަވެސް އަނެއްކާވެސް ފަށައިގަތީއެވެ. އަދި ފަހުން އެކަން ނުވެސް ހުއްޓުނެވެ.

އެންމެ ފަހުން މިދިޔަ ނޮވެމްބަރު މަސް ތެރޭގައި ޓާނާއަށް ފުއްޕާމޭގެ ކެންސަރު ޖެހިފައި ހުރިކަން އެނގިގެން ދިޔައެވެ.އަދި ޖެހިފައި ވަނީ އެ ބަލީގެ އެންމެ އެޑްވާންސް ވައްތަރެވެ. އެ ބަލީގެ އަސަރު މުޅި ހަށިގަނޑަށް ކުރިއެވެ.

އޭގެ ތިން މަސް ފަހުން ޓާނާ މަރުވިއެވެ.

އޭނާ ދިން މެސެޖުގައި ބުނެފައި ވަނީ، ތިއީ ސިގިރޭޓް ބޯ މީހެއްނަމަ އެކަން ހުއްޓާލުމަށެވެ.

"ތިމާ އެއަށް ޑިޕެންޑްވެގެން އުޅުނަސް، ތިމާ ދެކެ ލޯބިވަ މީހުން ޑިޕެންޑްވެގެން ވަނީ ތިމާއަށެވެ. ދިރިއުޅުން ރަނގަޅެވެ. ސިގިރޭޓްގެ ސަބަބުން ދިރިއުޅުން ނަގާ ނުލާަށެވެ". ޓާނާ ލިޔުނެވެ.

މަރުވުމުގެ ކުރިން ބައްޕަ ލިޔުނު އެ އޮބިޓުއަރީ ދެއްކީ މަރުވުމުގެ ކުރިން ހޮސްޕިޓަލްގެ އެދުމަތީ އޮއްވާއެވެ. އަދި އޭގައި ހުރި ހުސް ތެދުކަމަށް ބައްޕަ ބުނި ކަމަށް ޓާނާގެ ދަރިފުޅު ބުންޏެވެ. އަދި ބައްޕަ ބުނީ، އެ އޮބިޓުއަރީގެ ބޭނުނަކީ ސިގިރޭޓް ބޯ މީހުން އެކަމާއި ދުރުކުރުވުން ކަމަށްވެސް ބުންޏެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހެޔޮބަސް

    ސިގިރޭޓްބޯ ބޭފުޅުން ރަގަޅަށްވިސްނަވާ އިބްރަތްހާސިލް ކުރައްވާނެކަމަށް އުއްމީދުކުރަން ކޮންމެ
    އިންސާނަކުވެސްމަރުވާނެ ނަމަވެސް ތިމާގެހަށިގަނޑަށް ގެއްލުންދޭކަންތަކުން

  2. ހެޔޮބަސް

    ސިގިރޭޓްބޯ ބޭފުޅުން ރަގަޅަށްވިސްނަވާ އިބްރަތްހާސިލްކުރައްވާ ކޮންމެއިންސާނަކީވެސް މަރުގެރަހަ ދެކޭނެ ފަރާތެއް ނަމަވެސް ގަސްދުގައި ތިމާގެހަށިގަނޑަށް ގެއްލުންދިނުމަކީ
    ނުވަތަ ގެއްލުންލިބޭ އެއްޗެއްބޭނުންކުރުމަކީ ރަގަޅުކަމަކަށްނުވާނެ އިސްލާމްދީނުގައިވެސް
    ތިމާގެ ހަށިގަނޑަށް ގެއްލުން ނުދިނުމަށް ބާރުއަޅުއްވާ