މީގެ ކުރިން އެތައް ފަހަރަކު ދިވެހިންގެ ތެރެއަށް ފާވި ބޮޑު ވަބާއެއްގެ ވާހަކަ ދައްކައިފީމެވެ. ޓިކްޓޮކްގެ ވަބާއެވެ. ނަމަވެސް މިއަދު އުފަލާއެކު، ދިވެހިން ޓިކްޓޮކާ ދުރަށް ދާކަން ފާހަގަކޮށް، އެކަން ހުއްޓާލި އެންމެނަށް މަރުޙަބާ ކިޔަމެވެ. ޚާއްސަކޮށް މިއަދު އަންހެނުންގެ ދުވަސް ފާހަގަ ކުރަމުންދާތީ އެވެރިންނަށް ޚާއްސަ ޝުކުރެއް ދަންނަވަމެވެ.

ކޮންމެޔަކަސް ދިވެހިންގެ ތެރެއަށް ޓިކްޓޮކް އައީ ގިނަ ދިވެހިންތަކެއް އޭގެ އަވައިގައި ޖައްސަމުންނެވެ. ނަމަވެސް ޓިކްޓޮކްގެ ސަބަބުން ދިމާވި، ފާޑު ކިޔުންތަކާ ލަދުވެތި ކަމުން މިއަދު ގިނަ ބަޔަކު ޓިކްޓޮކް އާ ވަނީ ދުރުވެފައެވެ.

"އަސްލު އޭރު ނޭނގުނު އުޅެވުނު ގޮތެއްވެސް. ރަޙްމަތްތެރިން ކުޅެން ފެށީމަ، ހަމަ ހިފި ނުހުރެވުނީ." މިހާރު ޓިކްޓޮކް އާ ދުރުވެގެން ހުރި، ކުރިން ޓިކްޓޮކްގައި ފިޔަ ޖެހި 19 އަހަރުގެ އަންހެން ކުއްޖަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ.

"ވަގުތު" އިން މީގެ ކުރިން ޓިކްޓޮކް ކުޅެ މިހާރު އެކައުންޓް ޑިލީޓްކޮށްފައިވާ ކުދިންނާ ވާހަކަ ދައްކާލީމެވެ. މީގެ ތެރެއިން އެއްވެސް މީހަކު ނަން ހާމަ ކުރާކަށް ބޭނުމެއް ނުވެއެވެ.

"ވަރަށް ދެރަވޭ އަސްލު އެހެން އުޅެވުނީމަ. ރިގްރެޓް ކުރަން. ނިއު ކަމާސްއަށް ބުނެލަން އޮތީ، މިއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން." 23 އަހަރުގެ ފިރިހެނަކު ބުންޏެވެ.

20 އަހަރުގެ އަންހެނަކު އޭނާގެ ޓިކްޓޮކް ހަޔާތް ކިޔާދެމުން ބުނެފައިވަނީ، ޓިކްޓޮކް ކުޅުމަކީ އަމިއްލަ ނަފްސަށް ކުރާ އިތުބާރާއި އަމިއްލައަކަށް "ޑިގްނިޓީ" އަށް ކޮޅު ފައިން އެރުން ހަމަށެވެ.

"އަސްލު އޭރު ނޭނގުނު ދޯ މިއީ ކިހާވަރެއްގެ ކަމެއް ކަމެއް. ހަމަ މަޖަލަކަށް ފެށި ކަމެއް. އެކަމަކު ފޭސްބުކް ޕޭޖްތަކަށް އެޅީމަ، ކޮމެންޓް އަންނަން ފެށީ. ޕްރައިވެޓްކޮށް އިންނާނީ އެކައުންޓްވެސް، ބަޓް ހޫ ޓު ޓްރަސްދޯ މިޒަމާނުގަ." އޭނާ ކިޔައިދިނެެވެ.

ކޮންމެޔަކަސް ގިނަ ބަޔަކު ޓިކްޓޮކް ކުޅުމާ ދުރުވެއްޖެއެވެ. އެކަކަށްޓަކައި ޝުކުރު ކުރަމެވެ. އަދި އެމީހުންގެ ހިތްވަރަށް ސާބަސް ދެމެވެ. ތި ގޮތުގައި ދެމިހުންނާށެވެ!

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ވަބާހުސް

    ޕަބުޖީ އަކީ ވެސް މިގަުމަށް ދިމާވެފަިވާ ވަބާއެއް. އެއްގައި ޖެހި މުޅި ޒުވާންޖީލު ހަލާކުވަނީ. މަސައްކަތަށް ފަރުވާލެއް ނުދީ އެކަމުގައި އެންމެން

    37
    13
    • މުނި

      ނޭގުނަސް އަނގަ ކޮއްޕާތި

      3
      8
  2. ބޯކަޅު

    ބުރުގާ އަޅައިގެން ޓިކްޓޮކް ކުޅޭ ހުރިހާ އަންހެން ކުދިންނަށް މަރުހަބާ

    3
    14
  3. ބޮއްލޯ

    ޕަބުޖީ އާއި ނުބެހޭތި..

    14
    16
  4. ފުނަދޫ

    ޔަހޫދިން ކުޅޭހުރިހާކުޅިވަރެއް ދިވެހިނ ކުޅޭނެ އަދިޖުވާވެސް ކުޅޭނެ

    18
    2
    • ނއwjއwbކހ

      ނައިސް

      2
      3
    • ޕަކާސް

      ޔަހޫދީ އަންހެނުން އުޅޭތަ ބުރުގާ އަޅާފަ

      4
      4