ޖީލެއް ހަލާކު ވަނީ ހެއްޔެވެ؟ ނޫނީ ދައްކާނެ ވާހަކައެއް ނެތީހެއްޔެވެ؟ މާ މަޝްހޫރު ވުމުން ބޭނުން އެއްޗެއް އަނގައިން ކިޔުމުގެ ބާރުވެރިކަން އޮންނަނީ ހެއްޔެވެ؟ އެތައް މިލިއަން މީހުން ބޭނުން ކުރާ ޕްލެޓްފޯމެއްގައި، ތިޔަ ދެެއްކެނީ ހަޔާތް ކުޑަ ވާހަކަތެކެވެ. ލަދެއް ހަޔާތެއް ނެތި، ހުތުރު ބަސްތައް ބޭނުންކޮށްގެން އެކަކު އަނެކަކުގެ ޒާތީ ދިރިއުޅުމާއި ބެހެނީއެވެ. އެކަކު އަނެކަކުގެ ހުންނަ އުނި ސިފަތަކުގެ ވާހަކަދައްކާ މަލާމާތް ކުރާ މީހުންވެސް މަދެއް ނޫނެވެ.

ޓިކްޓޮކްއަށް ވަދެލުމުން، ލައިވްތަކުގައި ކުރިން ދައްކާފައި ހުރި ހަޑި ހުތުރު އެތައް ވާހަކައެއްގެ ވީޑިއޯ ކްލިޕްތައް ފެނިގެން ދެއެވެ. ދައްކާފައި ހުންނަ ވާހަކަތައް އަޑު އަހާފައި ކޮސް ވާވަރު ވެއެވެ. ލަދެއް ހަޔާތެއް ނެތި ދައްކަނީ ހުތުރު ވާހަކަތައް ދައްކަނީ "އެޓެންޝަން" ހޯދަން ބާއޭވެސް ހިތައް އަރައެވެ.

މީގެ ދުވަސްކޮޅެއް ކުރިން އާއްމުވި ވީޑިއޯއެކެވެ. އެ ވީޑިއޯގައި ވާހަކަ ދައްކަނީ ދިވެހިންގެ ތެރޭގައި އެންމެ މަޝްހޫރު އެއް ޓިކްޓޮކް އަންހެން ތަރިއެވެ. އޭނާ ދައްކަނީ "އުރަމަތި"ގެ ވާހަކައެވެ. މިއީ އެންމެންގެ ތެރޭގައި ދައްކަން ޖެހޭ ވަރުގެ ވާހަކައެއް ބާއޭވެސް ހިތައް އަރައެވެ. ލައިވްއެއްގައި އޭނާ ދެއްކި ވާހަކަތައް އާއްމުވެ، މީހުންވެސް ރުޅިން ހަލާކުވެއްޖެއެވެ.

ޓިކްޓޮކް ތެރޭގައި އޮތީ އެކަކު އަނެކަކަށް މަލާމަތް ކުރުމެވެ. އެކުވެރިކަން ގެއްލި، އެކަކު އަނެކަކާއި ދިމާލަށް އަވަގުރާނައަށްވާ ކަހަލަ އެއްޗެހި ގޮވަނީއެވެ. އެކަކު އަނެކަކަަށް ފޮށެނީއެވެ. އެކަކު އަނެކަކަށް ޓިކްޓޮކް ތެރޭގައި ރައްދު ދެނީވެސް ހަމަ އެހާ ހުތުރުކޮށެވެ.

ކޮންމެ ވާހަކައެއް އެއްވެސް ފިލްޓާއެއް ނެތި އެ ދައްކަނީ ލައިވްއެއްގައެވެ.

"... އިންނަނީ ވަން "---"އޯ އޭތި ޕްރޫފް ކޮށްދޭން... އަހަރެންވީ "---" މިހާރު ލޯ ކްލިވޭޖެއް އިން އެއްޗެއް ލައިގެން އޭތި އެބަ އަނެކަތި ކުރޭތާ". މިއީ ދައްކާ ހަޑި ވާހަކަތަކެވެ.

"އަހަރެން ބިކިނީގައި ހުރި ފޮޓޯއެއްވެސް ނުދެއްކޭނެ ލައިވްއަކުން. ... ދައްކަންޏާ. އަހަރެންގެ މާ ބޮޑުވާނެ..... އަށްވުރެ..." މިއީވެސް ޓިކްޓޮކް ތެރޭގައި ދައްކާފައި ހުރި ވާހަކަތަކެވެ. މި ވާހަކަތަކުގެ ވީޑިއޯ ކްލިޕްތައްވެސް ދަނީ ދައުރުވަމުންނެވެ.

ޓިކްޓޮކް ލައިވްތަކަށް ގްރޫޕްކޮށް އަރާވެސް ރުޅިގަދަވެގެން އެންމެ ހުތުރު އަވަގުރާނަ ގޮވާ ވީޑިއޯތައްވެސް މަދެއް ނޫނެވެ.

މީގެ މަހެއް ކުރިއެވެ. ދިވެހި ޓިކްޓޮކް ތަރިންތަކެއް މާލެ މަގުމަތީގައި ތަޅައިގަތެވެ. އަވަގުރާނަވެސް ގޮވިއެވެ. މިއީ މިހާރު މިތަނުގައި އުޅޭ ބައެއް މީހުންގެ ފެންވަރެވެ. ރުޅިގަނޑު މަތަ ނުކުރެވި، އެންމެ ފަހުން ގަޔަށް ބޮލަށްވެސް އަރަނީއެވެ.

ޓިކްޓޮކް ތަރިންތަކެއް މާލެ މަގުމަތީގައި ތަޅައިގަނެފި

އަނެއްކާ މިކަހަލަ ކިތަންމެ ކަމެއް ނޭނގިވެސް ހިނގާފައި ހުންނާތާއެވެ. މިހާރު ޓިކްޓޮކްއަށް އާ މޫނުތަކެއްވެސް އަންނަ މަންޒަރެއް ފެނިގެން ނުދެއެވެ. މިއި ކުރިން އޮތް އެކުވެެރިކަން ނެތުމުން ވާގޮތްކަމުގައި ވެދާނެއެވެ. އަނެއްކާ ޓިކްޓޮކް ތެރޭގައި މީހުން ފަޟީހަތް ކުރަމުންދާތީ އެކަމުގެ ސަބަބުންވެސް ޓިކްޓޮކްގައި މާ ފޯރިއަރުވާފައި އުޅެން ބޭނުން ނުވެއެވެ.

އަނެއްކާ ކުރިން ކޮށްފައި ހުންނަ ކަންތަކުގެ ވާހަކަ އާއި އަބުރު ކަތިލަންވެސް އެތައް ހުތުރު ވާހަކައެއް އެ ދައްކަނީއެވެ. ހާއްސަކޮށް މިކަން އެންމެ ބޮޑުކޮށް ދަނީ އަންހެނުންގެ ތެރޭގައެވެ.

މިފަދަ އެއްޗެއްސަށް ކޮމެންޓް ކުރާ މީހުންވެސް ބުނަނީ މިހެންނެވެ. "އަހަރެން ރާއްޖޭގެ ޓިކްޓޮކް ބެލުން ހުއްޓާލީ" މިހެންވެ ކަމަށެވެ.

ޓިކްޓޮކްގައި އުޅޭ ދިވެހިންގެ ތެރެއިން މަޝްހޫރުކަމުން ހޯދަމުން އަންނަ އިތުރު އަންހެނަކު ލައިވްއެއްގައި ދެއްކި ވާހަކައަކަށް ބަލައިލާނަމެވެ.

"އެހާ ބައިވަރު މީހުން އެ މީހުން ފޮލޯ ކުރަނީވެސް ކޮންމެވެސް ހަޑި ހުތުރު ކަމެއް އެމީހުން ކުރާތީ. އެތަން ބަލާހިތުން، ފޮލޯކުރަނީ، ސަޅި މީހުންތައް އެކަކުވެސް ފޮލޯވެސް ނުކުރޭ، ލައިކްއެއްވެސް ނުކުރޭ، އެހެންވީމަ ދިވެހިންގެ ތެރޭގައި އުޅެވޭނީ މިކަހަލަ ގޮތަކަށްނު". އޭނާ ބުނެފައި ވެއެވެ.

"ސަޕޯޓް މި ލިބެނީ، އެންމެ ވައިރަލް މި ވަނީ "އޫޕްސް" އެކަހަލަ، ބަލާލަން ނުކެރޭ ކަހަަލަ އެއްޗެސް ކިޔާ ނޫނީ އެކަހަަލަ ހެދުން ލައިގެން ތިބޭ މީހުން" ބޯމަތީގައި އަތް އަޅާފައި އޭނާ ބުނެލައެވެ.

މިހާރު ޓިކްޓޮކްގައި ދިވެހިންގެ އުޅުމާއި، ވާހަކަ ދައްކާ ރާގާއި، ނަށާ ގޮތްވެސް ބަދަލުވެއްޖެއެވެ. މަޝްހޫރުވާން ވެގެން ކޮންމެ ކަމެއްވެސް ކޮށްފާނެއޭ ހިތައް އަރައެވެ. އެކަކު ނަށާ ގޮތަށް ނަށައިގެން ކޮޕީކޮށްގެންވެސް މާރާމާރީއަކާއި ހަމައަށް ކަންތައް ދާ ހިސާބަށް މިހާރު ހާލަތު ގޯހެވެ. މިފަދަ ކަންކަމުގެ ސަބަބުން ޓިކްޓޮކް ބަލަން ބޭނުން ނޫން އެތައް ބަޔަކު އެބަ އުޅެއެވެ. ފޫހިވެއްޖެ ކަަމަށް ބުނެ ވާހަކަދައްކާ މީހުން މަދެެއް ނޫނެވެ.

ހިތާމައަކީ ދިވެހި ޓިކްޓޮކް ފަސާދަވެއްޖެ ކަމެވެ. އެކަކު އަނެކަކަށް ރުޅިވެރިކަން އިންތިހާއަށް ކުރިމަތިވެއްޖެއެވެ. ޓިކްޓޮކްގަައި މަޝްހޫރުކަން ހޯދި ފަންނާނުން ގެއްލިއްޖެ ކަމެވެ. ބައެއް އައިޑީތައް އެއްކޮށް ފޮހެލައިފިކަމެވެ. އަނެއްކާ މި ފަހަކުން ޓިކްޓޮކްގައި މާބޮޑު ހުނަރުތަކެއްވެސް ނުފެންނަ ކަމެވެ. ނޫނީ ކުރިން އެ އޮންނަ މަޖަލާއި އެކުވެރިކަން ނެތެވެ. މީގެ ކުރިން ޓިކްޓޮކް މަޝްހޫރު ހޯދަމުން އަންނަ ފަންނާނުން އެކުވެ، ތަންތަނަށް ގޮސް ވީޑިއޯތައް ލާފައިވެސް އެބަހުއްޓެވެ. އެކަމަކު މިހާރު އެކަންވެސް ނެތިގެންވެސް، އެކަކު އަނެކަކަށް މަލާމާތްކޮށް، ފޮށުން ނޫން ކަމެއް ނެތެވެ.

މިކަންކަމަށް ހައްލެއް އެބަ އޮތް ބާއެވެ؟ ޓިކްޓޮކްގައި ކުރިން އޮތް އެކުވެރިކަން އަތުވެދާނެ ބާއެވެ. އެ ހަޑިހުތުރު ބަސްތަކާއި، އެކަކު އަނެކަކަށް ގޮވާ އެ އަވަގުރާނަ ހުއްޓުވިދާނެ ބާއެެވެ. ހައްތާވެސް ސުވާލެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. ޓިކްޓޮކް

    މީ އަހަރެން ޓިކްޓޮކްގެ މައްސަލައެއް ނޫން. މީ އަހަރެން ބޭނުންކުރަން ދަރިން ބޮޑެތި ކުރި މައިންބަފައިންގެ މައްސަލައެއް. ރިޝްވަތާއި ފަސާދައާއި ދެބައޮޑުވުމާއި ނެތިނުބައިކިޔުމާއި ހައްދެއް ނެތް މިނިވަންކަމުގައި އެކަހެރި ބައްދަލުވުންތައް ފައިސާއަށް ބޭއްވުން ފަދަ އެތައް ކަމެއް ކޮށްގެންނާއި ނާޖާއިޒު ގޮތުގައި ހޯދާ ފައިސާއިން ދަރިންތަކެއް މިސްކިތާ ހިސާބަށް ނުގެންގޮސް، ލެޕްޓޮޕާއި އައިޕެޑާއި ސްމާޓް ފޯނު ދީފައި ބައިތިއްބައިގެން ބޭނުން އެއްޗެއް ބަލަން ހުއްދަ ދިން މައިންބަފައިންގެ ސަބަބުން ދަރިންގެ އަޚުލާޤު ގެއްލި ދެދުނިޔޭގެން ގެއްލޭ ފެންވަރަށް ތަރުބިއްޔަތު ކުރީމާ ދިމާވި ކަމެއް. އަހަރެން ޓިކްޓޮކް ވެސް މިކަމާ ރުޅިއާދޭ. އެކަމާ ހިތާމަވެސް ކުރަން. އެކަމަކު އަހަރެންނަށް އެމީހުންނެއް ނުހުއްޓުވޭނެ. ޒިންމާ އުފުލަންޖެހޭނީ އަހަރެން، ޓިކްޓޮކް ނާޖާއިޒުކޮށް ބޭނުންކުރާ މީހުންނާއި އެމީހުންގެ މައިންބަފައިން. މިކަމާ މަށާ ސުވާލު ނުކުރާތި.

    40
    1
    • ކާފަ އިމިގްރޭޝަން

      ތިޔަ ސަމާގެ ޓީމުން ވަނީ ލަތީފާ ކިޔާ އައިޑީއެއްގެ ފަހަތުގަ ތިބެގެން ކުޑަކުއްޖަކު "ރަނޑުކަމުން" ރޭޕްކުރި ވާހަކަ ކިޔާ ވިކްޓިމް ބްލޭމްވެސް ކޮށްފަ. އެމީހުންނަށް ހީހީފަ އެވާހަކަ ދެއްކިއިރު ރޭޕްކުރި މީހާގެ ކުށެއް ނުފެނުނު. އެކުއްޖާ "ރަނޑު ވައްތަރަށް ތެޅޭތީއާ"، މައިންބަފައިންގެ މައްސަލަކަމަށް ބުނީ. މިހުރިހާ ވާހަކައެއް ދެއްކިއިރު، ސަމާގެ ޓީމްގެ މޮޑަރޭޓަރުން ދިޔައީ އެބިއުޒްގެ ވާހަކަ ނުދައްކަން ބުނެ ކޮމެންޓްކުރި މީހުންނަށް ބިރުދައްކާ، މިއުޓްކުރަމުން. ވަރަށް ގޮތެއްފޮތެއް ނެތީމަ މިކަހަލަ ރޭޕިސްޓް މައިންޑްސެޓް ޕްރޮމޯޓްކުރާނީ.

      25
  2. ރޫމީ/ނުޒޫ

    ޓިކްޓޮކް ބޭންކުރޭ އަހަރެމެންގެ އަނގައެއް ނުބެއްދޭނެ

    8
    31
    • ހަމަ ތެދެއް

      ބޭން ކުރީމަވެސް ބުނާނީ ތިހެންތަ؟

      6
      1
  3. ވީގޮތް

    ވެގެން އުޅޭ ގޮތަކީ ރާމާ މަކުނަކަށް ކުޑަ ރުމާލެއް ދިނީމާ ވެގެން އުޅޭނެ ގޮތެވެ. ގިނަ ދިވެހިންތިބީ އިވޮލިއުޝަނަރީ ހަރުފަތުގެ ވަރަށް ފަހަތުގައެވެ. މިސާލެއް ދައްކާނަމަ ބައެއް ދިވެހިން ނަށް ފުރަތަމަ ލިބުނީ ނަމްބަރ ޕްލީސްއޭ ބުނުމުން ނަމްބަރު ބުނުމުން ގުޅައިދޭ ފޯނެވެ. އެއަށްފަހު ބުރެއްގެ ތެރޭ ނަމްބަރަށް ފިތައިގެން އަނބުރައިގެން ގުޅޭ އޮޓޮމެޓިކް ފޯނެވެ. އޭގެ ފަހުން ޕުޝްބަޓަން ފޯނެވެ. އޭގެ ފަހުން ވައަރލަސް ފޯނެވެ. އެއަށްފަހު އެނަލޮގް މޯބައިލް ފޯނެވެ. މާލޭ މީހުންތިބީ މިތަކެތި ބޭނުންކޮށް އެކަކު އަނެކަކާ ރީތި ގޮތުގައި މުޢާމަލާތްކުރަން ދަސްވެފައެވެ. މިކަންކަން ހިނގިއިރު ޓީވީ އަދި ވީޑިއޯގެ ޒަރީއާއިން ދުނިޔޭގެ ކަންކަން ހިނގަމުންދާ ގޮތް ފެނިދިޔައެވެ. އަނެއްބައި ދިވެހިން ތިބީ ރަގަޅަށް ލޯ ނުހުޅުވިއެވެ. މިހެން ތިއްބާ ކުއްލިއަކަށް މޯބައިލް ފޯނާއި އިންޓަރނެޓް ލިބުނީމާ އަހްލާޤެއް ނެތް ގޮތަށް، އުޅޭނެ ނޫޅޭނެ ގޮތެއް ނޭންގި ތެޅި ފޮޅެނީއެވެ. ޓްރެފިކަށް ބަލާލީމަ ވެސް މިކަން ފެންނާނެ. ބައެއް ދިވެހިން އުޅުނު މާހައުލުގައި ބައިސްކަލު ބައްތި ނުދިއްލާ ދުއްވައިފިނަމަ އަދަބު ލިބެއެވެ އެހެންވެ އެދިވެހިންނާއި އެމީހުންގެ ދަރިން ތިބީ ގަވާއިދަށް އުޅެން ދަސްވެފައެވެ.

    28
    3
    • ރަށު މީހާ

      މާލޭ މީހުންތިބީ މިތަކެތި ބޭނުންކޮށް އެކަކު އަނެކަކާ ރީތި ގޮތުގައި މުޢާމަލާތްކުރަން ދަސްވެފައެވެ. މިހެން ބުނަން ލަދެއް ނުގަނޭތަ! ތިޔަ ބުނާ އެއްޗެހި ބަލައިގެން ފުރަތަމަ ބަރަހަނާ ފިލްމެއް ކުޅެފައި ރިލީޒްކޮށްލީ މާލޭ މީހެއް ކަމަށް ދައުވާކުރާ މިހާރުވެސް ދައުލަތުގެ މަގާމެއްގައި ހުރި ނަމުން އިއްޒަތްތެރިއެއްގެ. އޭގެ ފަހުން އަނބިމީހާގެ ބަރަހަނާ ފިލްމެއް ލަންކާގައި އުފައްދައިގެން ޖަލަށް ލާފައި އޮތީވެސް އިސްކަންދަރު ސްކޫލްގެ ގޯޅިތެރޭގައި ހުންނަ ނަން މަޝްހޫރު މާލޭ މީހާގެ ދަރި.

      18
      2
      • ކުކުޅު ބުއްދި

        ކަލޭ ކޮންމެކަމަކާވާހަކަދެއްކިޔަސް ވާނެ މާލެމީހުންނާ ގެޅިލަން ،ހަމަ މާލޭމީހުން ޖަހާހާބެރަކައް ނަށަން ކަލޭހުންނަންޖެހޭނީ. ހަޖަމުކޮއްލާ ….

        9
        6
        • ކުކުޅޭ

          ކުކުޅު ބުއްދިއަށް ނޭނގުނީތާއެވެ. މާލޭ މީހާ ނަށަނީ ރާއްޖެތެރޭ މީހާ ބުނާ ގޮތަށް. އެންމެ އިހުއްސުރެން ފެށިގެން އަޑުއަހާ. ގުޅީ އީސާކަލޭގެފާނު، އޭގެ ފަހުން ދިއްދޫ އިބްރާހީމް ކަލޭގެފާނު، އެއަށްފަހު އޮމަދޫ ޢަލީ ޢަބްދުﷲ، ދެން މާމިގިލީ ގާސިމް އިބްރާހީމް، ދެން ކޮލަމާފުށީ ލޮލީ ޖާބިރު. މި މީސްމީހުން ބުނާ ގޮތަށް ނަށާ މާލޭ ރައްޔިތުން މަދެއް ނުވާނެ.

          4
          0
  4. ރަދީފްއޮފިޝިއަލް

    ރާއްޖޭގަ ބޭން ކުރަން ޖެހޭ އެޕެއް.މަގޭ ވެރިކަމެއްގަ ވައިބާ އެކަނި ބޭނުންކުރެވޭނީ.

    29
    6
    • ނަނަނަ

      ވައިބާ އަކީ އިޒްރޭލު މީހުން ހިންގާ އެޕެއް..

      8
      2
  5. ޖޭ

    ކޮންމެ ގައުމެއްގަވެސް ބޮލުރޮދި ކެންޑިފަ އުޅޭ 0.05% ވަރަކަށް މީހުން އުޅޭނެ. އެމީހުން ކުރާކަންކަން މާބޮޑައް އަޅާލާނެކަމެއް ނެތް.

    24
    3
  6. ރީސް އާއި ރާމިޒު

    ކަލޭމެންނަށް ކީއް؟ ނުބެލީމަ ވީނު! މިހާރު ދެން ބޮޑް ބލ އަކަށް ވެއްޖެ! މީ އެ ވެލިދޫ ޝައުފާ ކަންތަކޭ!

    12
    27
  7. ނުޒޫ

    މީގެއިން ވެސް އިގެނީ ގިނަ ބަޔަކު މީހުން އަހަރުމެން ބަލައިގެންފިކަން!

    4
    35
  8. އެދުރު

    އިސްލާމީ އަޚްލާގާއި ތަރުބިއްޔަތު ނެތީމާ ވާނެގޮތް ތިޔަފެންނަނީ..

    50
    1
    • ރަބަތު

      ރާއްޖޭގައިވެސް ޓިކްޓޮކް މަނާ ކުރަން ލަސްވެއްޖެ.

      21
      1
  9. ސަމާ

    ވވވވ އުފާ ވެއްޖެ ސީދާ ސަމާގެ ނަން ފާހަނގަ ކުރިތީ މަ ވ މަޝްއޫރު ކަން މަޝައް އެނގިއްޖެ ތޭންކުސް އޯލް ޔޫގާއިސް

    2
    18
  10. ކޮސް

    އަންހެންވެރިންނެއް ނޫން ގިނައިން މަސްކެއުމާ ހަސަދަލުމާ އުޅެނީ ހަމަ ފިރިހެނުންތައް ވެސް ފިރިހެނުން ފިރިހެނުންނާ އަންހެނުންނާ ޒުވާބުކުރަނީ ދެބައި މަސްހުނި ވެގެން އުޅެނީ

    15
    2
  11. ފަންސުރު

    ތަރިތައް އުޅެނީ މަގުމަތީގައިތަ؟ އުޑުން ވައްޓާލީދޯ. ލަދެއް ހަޔާތެއް ނެތިގެން އުޅެންޏާ އަދި ބިމުންވެސް ފައްސާލާނެ.

    18
    1
  12. ކަނބޫ

    ކޮބާތަ އެެއްކަލަ ގަދަފަދަ ޓިކްޓޮކް މަލްދާ. ޖިންނި އަވަލާފަ އޮތް މީހަކު ވެސް މިމީސްމީހުން ޖައްސާ ވައްތަރު ނުޖައްސާނެ.

    16
  13. ސުކުމްވިތު

    ތަހުޒީބު ނުވާ ބައެއްގެ އަތައް އެއްޗެއް އެރީމަ ވާގޮތް ތިޔައީ

    22
    1
  14. Anonymous

    މިހާރު ބިކިނީގަ އުޅޭ ދިވެހިން ބައިވަރެއްނު.

    15
    1
  15. ސަމާ

    އަޖައިބެއްދެން! މަ ވަރަށް ނައްޓާ!!

    7
    2
  16. ޙުސައިން މޫނާބޭ

    މިގައުމުގައި ލަދުހަޔާތް ކަންޑުވާލުމަށް އެންމެ ބޮޑަށް މަސައްކަތްކުރީ އަދާލަތު ޕާޓީ އާއި އެމްޑީޕީ މިހަރުވެސް މިދެބައި މީހުން މެދުނުކެންޑި ކުރާކަމަކީ އެއީ ކަރެޕްސަނާއި ފަސާދަ އަކީވެސް އޯކޭ ކަމަށް ބުނަނީވެސް މިދެބައި މީހުން!

    12
    2
  17. ޓިކްޓޮކުނުބަލާމީހާ

    އެހެންބަޔެއްގެ ހަޔާތެއް ހުންނާނީ މިސަރުކާރު ހިންގަން ތިބިމީހުންގެ ހަޔާތެއް ހުރެގެންތާ މިހާރުވެސް ދިމާލައް އެބުނަނީ ޑޮލަރުތަޅާބުރުއްސައިގެންނޭ އެއްބުރުން ވެރިކަން ހޯދާނީ މިވަރުބަޔަކުއުޅޭގައުމެއްގަ އެހެންބައެއްގެ ވާހަކަ ދެއްކީމަ އެވަނީ އައްޗިކަމަކައް

  18. Anonymous

    ގައުމުގަ ތިބިން ތިގޮތައް

  19. ސާމް

    ޓިކްޓޮކުގަ ވައްތަރި ޖައްސާ ޖަނަވާރު އަންހެނުން ހީކުރަނީ މީހުން ތިމާމެންގެ ވިޑިއޯބަލާފަ ތިމާމެން މޮޅުބަޔަކަށް ހަދާ ގަޔާވަނީކަމަށް. ހަގީގަތަކީ އެކަހަލަ އަންހެނުންނާއި އިންނާނެ މީހުން މަދުވެ އެމީހުންގެ މައްޗައް މީހުންގެ ނަފުރަތާއި ބަދުދުއާ ލިބިގެންދާކަމެވެ.

    19
    1
  20. ހުވަދޫ އަލިބެއްޔާ

    ސޯޝަލް މީޑީއާގައި ދައްކާ ސާބިތު ނުހިފޭ ވާހަކަ ތަކާއި ލިބޭ ހެކި ތަކުގެ މައްޗަށް ރިއާޔަތްކޮށް އަދަބު ބޮޑުކޮށް ތަންފީޒު ކުރަންވީ.. ސަރުކާރުން މިކަމަށް ޚާއްޞަ ޔުނިޓެއް ޤާއިމްކޮށް މޮނިޓަރކޮށް ފިޔަވަޅު އަޅަން ފަށަންވީ.. ޙައްލުވާނެ..

  21. ޓިކްޓޮކް ރޫމީ

    އަހަރެން ދެން ރަނގަޅު ކުރާނަން ތިކަން.
    ސޮރީ

  22. ޓިކްޓޮކް މޫންޓީ

    އޯކޭ ނޯޓެޑް. ދެން އައި އިސްލާހު
    ސޮރީ

  23. ފާތުން ރ

    މަ މިހިރީ އިންޑިޔާގަ. މޯޑީ ޓިކްޓޮކް ބްލޮކް ކޮށްފަ އިންނާތީ ޓިކްޓޮކް ނުބެލެ.
    ދެރަވޭ

    2
    0
  24. ރަންޑިސަމާ

    ރާއްޖޭގަ ޓިކްޓޮކް ބޭން ކުރަންވެއްޖެ ނުވަދެވޭ ގޮތަށް. އިންޑިޔާއިން އެ ހެދީ އެންމެ ރަނގަޅަށް

    1
    1