ޓިކްޓޮކްގައި ގިނަ ދިވެހިންގެ މެދުގައި މަޤުބޫލުކަން ހޯދައިފައި ވާ ޝިއުފާ އަހުމަދު ބުރުގާ ނަގައިފިއެވެ.

ޝިއުފާ އަހުމަދު މަޝްހޫރު ވެފައިވަނީ "ޝިއޫ" ގެ ނަމުންނެވެ. އޭނާ އަކީ ކެބިން ކުރޫ އެއް ވެސްމެވެ.

ބުރުގާ ނެގުމަށްފަހު، ކުރީގެ ބުރުގާ އަޅައިގެން ކުޅެފައިވާ ހުރިހާ ޓިކްޓޮކްތައް އޭނާ ވަނީ ނަގާފައެވެ. އަދި އިންސްޓަގްރާމުން ވެސް ބުރުގާ އަޅައިގެން ނަގާފައިވާ ހުރިހާ ފޮޓޯ އެއް ވެސް އޭނާ ވަނީ ނަގާފައެވެ.

ޝިއުފާ ވަނީ ބުރުގާ ނެގުމަށްފަހު އާންމުންނަށް ދައްކާލުމަށް ޓިކްޓޮކެއް ވެސް ހިއްސާކޮށްފައެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ޓިކްޓޮކް ކުޅުން ފެށި މީހުންގެ ތެރޭގައި ޝިއުފާ ހިމެނޭނެއެވެ. އޭރު އޭނާ ވަނީ ވަރަށް ގިނަ ދިވެހީންގެ ހިތްތަށް ކަތިލާފައެވެ.

ގިނަ މީހުން އޭރު ޝިއުފާ ދެކުނީ "ނެޗުރަލް ބިއުޓީ" އެއް ގޮތަށެވެ.

ވަރަށް ގިނަ ޓިކްޓޮކް ކުޅޭ ދިވެހި އަންހެނުން އަންނަނީ މަގުބޫލުކަން ހޯދުމަށް މިހާރަކަށް އައިސް ބުރުގާ ނަގަމުންކަން ފާހަގަ ކޮށްލެވެއެވެ.

އޭގެ ތެރޭގައި، ޓިކްޓޮކް އިން ދިވެހީން ގެ މަޤުބޫލުކަން ހޯދި ޝިފާ ވެސް ވަނީ ބުރުގާ ނަގާފައެވެ. އަދި ބުރުގާ ބޭލުމަށް ފަހު ފާޑު ކިޔުންތައް އަމާޒުވެ އަނެއްކާ ވެސް ވަނީ ބުރުގާ އަޅާފައެވެ. ނަމަވެސް އޭގެ ފަހުން ދެ މަސް ނުވެ އަނެއްކާ ވެސް ބުރުގާ ނެގިއެވެ.

ގިނަ ދިވެހީންނަށް ބުރުގާ އަޅާ ބުރުގާ ބޭލުން މިހާރު ވަނީ ފެޝަނަކަށް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ތެދުމަގު ދައްކަވާށި

    ހުރި ހިތާމައެއްގެ ބޮޑުކަމާއި.

    137
    9
  2. ހަސަން ކުރުސި

    ލައިފަހުރި ހެދުން ގަނޑުވެސްބާލާ

    107
    9
  3. ހޮއްކޮބެ

    ލާދީނީ މީހުންގެ ބުރުގާއާއި އައުރަ ނިވާކުރުމަކީ ކުޅޭކުޅޭ ކަމަކަށް މިދުނިޔޭގައި ހެދިދާނެ ނަމަވެސް އާޚިތަކު އެސަކަރާތެއްނުޖެހޭނެ

    125
    9
    • މަ

      ދީނުގެ ހެޔޮވިސްނުންދެއްވާށި. މާމަ އަޅުގަނޑުމެންނަށް ދިންނަސޭހަތެއް ވަރަށް އަޑަށް ބާރުލާފަ.. “ދަރިފުޅާ މިނޫންދުވަހެއްވެސް އޮތްކަމަށް އުޅޭނީ “
      ވަރަށް ވާހަކަ

      72
      3
  4. Anonymous

    އީމާން ތެރިކަމެއް ނުހުންނާތީ.
    ހެއްދެވި ފަރާތަށް ބިރުވެތިނުވެވޭތީ
    އާޚިރަތް ހަދާން ނުވާތީ
    ދުނިޔެއާއި ހެދި އުޅޭތީ
    ހެޔޮވިސްނުން ދެއްވާށި އާމީން
    ޒުވާންކަން އަބަދުވދެމި ނުހުންނާނެ
    މަރު ކޮންމެ މީހަކާއި ވެސް ބައްދަލު ކުރާނެ
    ސުވާލުވެވޭނެ.
    ޖަޒާވެސް ލިބޭނެ

    122
    7
  5. ބުރުގާ

    މަރުހަބާ ކަނބުލޯ. އަންހެންވެރިންގެ ގުދުރަތީ ބުރުގަލަގީ އެމީހުންގެ އިސްތަށިގަނޑު. އެދޮވެ ރީތިކޮއް ބެހެއްޓީމަ ރަގަޅުވާނެ. ހައްދުފަހަނަ އަފުގާނިސްތާނާއި ޕާކިސްތާނު މުއްލާ ފިކުރުގެ ދިރުން ރާއްޖޭގަ އާލާވިޔަދީގެން ނުވާނެ.

    18
    166
    • މުޞީބާތް

      ތި ކަހަލަ ޖާހިލުންނާ ހެދި މިކަހަލަ ބޮޑެތި ފާފަތައް އާންމުވަނީ. މިއަދު ތިހެން މަރުހަބާ ކިޔާ ނުބައިވިހާ ހުރިހާ ކަމަކަށް ތަރުހީބު ދެވިދާނެ. ކަލެއަކަށްވެސް މަރަކުން ނުފިލޭނެ. ޙައްޤު ގޮތް ސާފުކޮށް ފެންނަން އޮއްވާ އެއަށް ގޮން ޖަހަން ހެޔޮނުވާނެ.

      19
      2
  6. ހަސަނަ

    ސުބުހަނައްލާހު ތިމަގެމަސްހޫރުކަންއިތުރުކުރުމައް މަގުފުރެދި ގަތީ އަދި ކިތައްދުވަހު ދުނިޔޭގަހުރެވިދާނެކަން އެގުނީމަބާ ހަމަޔަގީނުންވެސް ކުޑަމިނުންއިގިލިވެސް ﷲގެ އިޒުނަފުޅާލައިގެންމެނުވީ ހިއްލާވެސްނުލެވޭނަކަ ނޭގެނީބާ..

    84
    3
  7. ނިމުން

    ދެން ބަދަލު ކުރާނީ ދީން ކަމަށް ވުމަކީ ކައިރި ކަމެއް

    56
    5
  8. Anonymous

    ކަސްބީންނަކީ ލަދު ހަޔާތް ނެތް ބައެއް

    88
    8
  9. ފުއްބެ

    ފޮނި ކިބުރުވެރި އެއްޗެއް….މީހަކާ އިންދެގެން ނޫޅެވޭނެ….

    45
    6
    • ކޭ

      ތިބަހުރުވައިން އެނގޭ ކާކަށްކަން މީހަކާ އިނދެގެން ނޫޅެވޭނީ.

      15
      13
    • އައްޔަ

      މިހާރުވެސް އުޅެނީ ޓިކްޓޮކާ އިދެގެން.

      34
  10. ސަނައްޓޭ

    ކުރިންވެސް ނަމެއްގަ ބުރުގާ އަޅައިގެން އުޅުނީ. ބުރުގާ އަޅައިގެން އިއްފަތްތެރިކޮށް ނޫޅެވެންޔާ ރަނގަލުވާނީ ހަމަ ބުރުގާ ނެގިއްޔާ

    28
    8
  11. ދަރަނި ދަންތުރަ

    ހިތިހުރި ގޮތަކަށްއުޅެވިދާނެ ސަންދޯކަށް ތިރިކުރާނީ މުޅިމީހާ ނިވާކޮށްފައި ، ވިސްނާލާ ތިއީވެސް މަރުވާނެ މީހެއް

    68
    4
  12. ޢަލީ

    ނަރަކައިގެ އަލިފާނަކީ ފެއާރީ ޓެއިލް އެއްނޫން.

    64
    3
  13. ނުބައި

    އެއްލައްކަ ފޮލޮވާސް ހަމަވީމަ ހެދުންވެސް ބާލާނެ

    35
    2
  14. ރައު

    ދުނިޔެއަށްޓަކާ އާޙިރަތް ވިއްކާނުލާ ރަންކޮޅާ.
    ފަހުން ހިތާމަކުރަން ޖެހޭނެކަމީ ޝައްކެތްވެސް ނެތް ކަމެއް. އެދުވަަހުން ތިބާ އާ އެކީގައި ތިބާ ކުރި ހެޔޮ ޢަމަލު ނޫނީ ނުވާ ދުވަހަކަށް ބިރުވެތިވޭ. މަރު ތިބާއާ ބައްދަލު ކުރާނެ ވަގުތެއް ނޭނގޭއިރު ބުއްދިވެރިޔަކީ އެ މަރަށް ތައްޔާރުވާމީހާ.މަރަށް ވުރެ ޔަގީންކަމެއް އަހަރެމެންނަށް ދުނިޔެމަތީގައި ވޭބާ؟

    43
    1
  15. Anonymous

    އުސްތާޒުލް ޖީލް ޖަމީލް ދީދީވެސް ވިދާޅުވެފައިވަނީ ރަނގަޅަށް. ގިނިކާމާ ދޫނިވެސް ފައިގަނެގެން ވަރުބަލިވީމާ ހަދާގޮތަކީ ހަރަކަށް ބޯކޮއްޕާލަނީ. އެއަށް ވިސްނިފައި އޮންނަ ގޮތުން ހަށިގަނޑު ކިތަންމެ ބޮޑަސް ބޯނިވާކޮއްލީމާ އެ ނިމުނީއޭ. އާދަމުގެ ދަރީންގެ ތެރޭގައިވެސް އެގޮތަށް ނިވާވެގެން ތިބޭ މީހުން އުޅެޔޭ. މިއެވެ.
    އަޅުގަނޑު ދަންނަވާނީ މިހާރު ބުރުގާ އަޅާ ނަގާ އެއްލާލާ އަންހެނުން އެ އިސްލާމްދީނަށް ފުރައްސާރަކުރަނީއޭ. މީ ވަރަށް ސަރީޙަކޮށް ދަންނަވާ ވާހަކައެއް

    21
    2
  16. ޙަސަން ޝަރީފްބެ

    ލޮލުން ކަރުނު އަންނަނީއެވެ. ދިވެހި ބަޔަކަށް މަގުއޮޅިގެން ދަނީވިއްޔާ އެކަމަށް އަހަރެން ހިތާމަކުރަމެވެ. އޭ ޖިންސުންލަޠީފުންނޭވެ.މާތްﷲ އަށް ބިރުވެތިވާށެވެ. ދުނިޔެ ނިމިދާކަމުގެ ކުދި އަލާމާތްތައް ނިމި ބޮޑެތި އަލާމާތްތައްވެސް ފެށެން އުޅެނީއެވެ. ބޮޑެތި ބިންހެލުންތައް ޢާއްމުވަނީއެވެ. ޤިޔާމަތުގެ ޒަލްޒަލާތައް ކުރިމަތިވަނީއެވެ. މަޖާކުރުމާއި ފާޙިޝް ކަންކަމުގައި ތިއްބައި މަރު ގެންދަވާފާނެއެވެ.، ދެންއޮތީ ނިމުމެއްނުވާ ޢާލަމެވެ. ޙަޔާޔެވެ. ޓިކްޓޮކް ކުޅެ މަޝްހޫރުވުމެއް އޭރަކުންނުވެއެވެ. އަމިއްލަ މައިންބަފައިންނާ ދަރިންގެ މައްޗަކުން ހަނދާނެއް ނުހުންނާނެއެވެ. މިޤައުމަށް މާތްﷲ ދެއްވި އެންމެބޮޑު ނިޢުމަތަކީ ބައްރުތަކާ އެހާވަކިން ދުރުގައި އޮތްއިރުވެސް މަތިވެރި އިސްލާމްދީނުގެ ހިދާޔަތް އަހަރެމެން އެންމެނަށް ދެއްވިކަމެވެ. މުސްލިމް މައިންބަފައިންގެ ފަރާތު ން ދުނިޔެއަށް އައުމަށް އަހަރެމެންނަށް މިންވަރުކޮށްދެއްވި ކަމުގެ މައްޗަށް އަބަދާއަބަދު ޝުކުރު ކުރުންމަތީ ދެމިތިބެންޖެހޭނެއެވެ. މިއަދު އަހަރެމެން އެދޭ ހުރިހާކަމެއް ޙާޞިލްނުކުރެވުމަކީ އެދުވަހު އަހަރެމެންނަށް އޮތް ނިޢުމަތުގެ ބޮޑުކަމެވެ. ދުނިޔެއަކީ މުއުމިނުންގެ ހުރަގެއެވެ، ނަރަކަ ވަށާލެވިފައިވަނީ އިންސާނާ ކުރަންއެދޭ ކަންކަމުންނެވެ. ސުވަރުގެ ވަށާލެވިފައިވަނީ ކުރަންނޭދޭ ކަންކަމުންނެވެ. އެހެންކަމުން ހިތުގައި ޞަބްރުވެރިކަން ބާއްވައި މާތްﷲ ގެ މަގުގައި ސާބިތުވެއްޖެނަމަ އޮތް އުފަލުގެ ބޮޑުކަމާއެވެ. ދުނިޔޭގެ ވަގުތީ އުފަލަކަށްޓަކައި ދާއިމީ ޙަޔާތް ބަރުބާދުކޮށް ނުލާށެވެ. ހެޔޮނުވާނެއެވެ. އަހަރެންވެސް އަހަރެންގެ އަމިއްލަ ނަފުސަށް ވިސްނައިދެވޭތޯ އުޅެމުން އެހެން މީހުންނަށް ހެޔޮބަހެއްބުނެލަވޭތޯ ބަލަނީއެވެ.

    21
    2
  17. އާމިރު އަޙްމަދުު

    މަބުނީ މިވެރިން މީ ދުވަހަކުވެސް މަރުނުވާނެކަމަށާ، ކަށްވަޅުގެ އަޒާބެއްވެސް ނުވާކަމަށާއި، ސުވަރުގެޔާއި ނަރަކަ އަށްވެސް އިންކާރުކުރާ ބަޔަކީތަ؟؟ މިއަދު ބޯ ނިވާނުކޮށް، ނަމާދު ނުކޮށް ހަށީގަނޑުގެ ރީތިކަން ދައްކަން އޮރިޔާންވެގެން އުޅުނަސް، ބޯ ނިވާކޮށް ކަށުނަމާދަށް އަރުވާނެ ދުވަހެއް އަންނާނެކަން އަހަރުމެންނަށް ޔަގީންވޭ..

    12
  18. އަރުޝަދު

    ކުރިން ބުރުގާ އަޅައިން އުޅެވުނީތީ ތައުބާ ނުވިކަން ރަނގަޅު. ޝީއުފާއަށް ކުރި ލޮތްބާއި ގަދަރާއި އިހުތިރާމް އަނބުރާ ގެންގޮއްސިން. އޮރިޔައިންވީމަ އިތުރަށް ބަލާނެ އެއްޗެއް ނެޔް. ފޫހިވެއްޖެ.

  19. ނައިބް ތުއްުތު

    100 ޕަސެންޓް މުސްލިމް ގައުމް

    2
    1