ޓިކްޓޮކް ތަރިންތަކެއް މާލެ މަގުމަތީގައި ތަޅައިގަނެފިއެވެ.

ޓިކްޓޮކްގައި ނެށުމުގެ ހަރަކާތްތައް ދައްކަމުންދާ ސޫއްޓެ އާއި ރަމިއްޓޭ މާލޭގެ އޭޑީކޭ ކުރިމަތީގައި ތަޅައިގަންނަ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ވަނީ މީސް މީޑިއާގައި އާއްމު ވެފައެވެ.

އެ ވީޑިއޯގައި ޒުވާބު ކުރާ އަޑުވެސް އިވެއެވެ. އަދި ސޫއްޓެ ސައިކަލު ޒިބްރާ ކްރޮސް މަތީގައި ޕާކު ކުރުމަށްފަހު އައިސް އޭޑީކޭ ކުުރިމައްޗަށް ކަހަލަ ގޮތަކަށް މަޑުކޮށްގެން ހުރި ރަމިއްޓެ އާ ދެ މީހުން ތަޅައިގަންނަ ތަން ފެނިގެން ދެއެވެ.

އަދި ދެ މީހުން އެކަކު އަނެކަކަށް ޒުވާބުކޮށް އަތް އިސް ކުރާތަން ފެނިގެންދާއިރު، އެ މީހުން ހުއްޓުވަން އެތަނުގައި މަޑުކޮށްގެން ހުރި މީހަކު މަސައްކަތް ކުރާ ތަންވެސް ފެނިގެން ދެއެވެ.

އެ ވީޑިއޯގައި އެކަކު އަނެކަކާ ދިމާލަށް ނުބައި އެއްޗެހިވެސް ކިޔާ އަޑު އިވޭއިރު، އެ ވީޑިއޯއަކީ ޓިކްޓޮކް ލައިވްއެކެެވެ.

ޓިކްޓޮކް ތަރިންގެ މެދުގައި ދޭތެރެ ދޭތެރެއިން ޒުވާބުތައްވެސް ހިނގައެވެ. މިއީ ކޮން ކަމަކާއި ގުޅިގެން ހިނގާދިޔަ ތަޅާފޮޅުމެއް ކަމެއް ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އާދަނު

    ޓިކްޓޮކްގަ އުޅޭ ބޮޑު ދެ މޮޔައިން އެއީ

    34
  2. Anonymous

    ބަކައްޓޭގެ ދަރިން އުޅޭނީ ތިހެން ދޯ.

    12
  3. ފާތުމަ

    ރަމިއްޓެ ކައިރީގަ ހުރީވެސް ޓިކްޓޮކް ތަރިއެކޭ.

    9
    2
    • ޓިކްޓޮކްގަވެސް ތަރިން ތިބޭތަ…އެހެންޏާ އީލޮން މަސްކު އެއީ ޓިކްޓޮކްގެ އިރު ދޯ…ދެން ތާކުން ތާކު ނުޖެހޭ އިންސާނާގެ ހައިސިއްޔަތާ ތަބީއަތާ ދިމާ އިދިކީލަ ކަންކަން މާ މޮޅެތި ކަންކަންކަމުގައި ހަދައިގެން އުޅޭ މީހުންނަށް ތިކަމުން ހާމަވެގެންދަނީ ތިބުނާ ތަރިތަކަކީ ނުވިދާ އެއްޗެއްކަން…

      19
    • ސައިފް

      ތަރިއަކަށް ނުވިތާ އެ ކާކުކަންވެސް ނޭންގޭ

      13
  4. ހާލުފޮޅި

    މާލޭ މަގުމައްޗަށް 2 ތެލި ރިހަ ބަންޑުން ވެއްޖެ…

    21
    1
  5. ޓަކިޓޮކި

    ރާއްޖޭގަ ޓިކްޓޮކް ބޭން ކުރަންވީ.

    28
  6. ގޮއްބެ

    މިދެން ބޮޑު ޖޯކެއް…

    17
  7. ދެއދ×ެ

    ވީޑިއޯއެއް ތާކަށް ލާއިރަށް ސުޓާރުންނަށް ތިޔަހަދަނީ..

    14
  8. 😡😡😡

    ކޮން ތަރިންނެކޭ ކިޔާކަށް. ފިތުނަ ފަސާދައުފައްދާ މީހުނޭ ކިޔާބަލަ

    13
  9. ރަންދެލި

    ޗޮން ވާހަކަ ދައްކަނީ ނޭފަތުން، ކިޔާ ނުކިޔާ އެއްޗެއް ނޭނގެ....

    7
    1
    • ތިކަޑަ

      މީހުންގެ ހުންނަ ސިފަޔަށް އެއްޗިސް ނުކިޔާ. ޗޮން ވަރަށް ލޯބި

  10. ލޮލް

    ކޮން ތަރިންނެއްތަ އަޅެ. ދަރިން ވިހާ އަޅާ ނުލައިގެން ޖެންޑާ އަށާ ހިޔާތަކަށް ލައިގެން ތެޅިބާލާ ބަޔަކަށް ތަރިންނޭ ކިޔަން ލަދު ދެން

  11. އއ

    އެމީހުން ގޮވި "ނުބައިއެއްޗިހި" އެއީ އެމީހުންގެ ހަށިގަނޑުގައިވާ އެއްޗެއްތޯ؟

  12. ޢަހައްމަދޫ

    ތިއެންމެން ޖަލަށް ގަޅާލަބަލަ . ރަނގަޅަށް ޓިކްޓޮކް ކުޅެވިފަ ހުންނާނީ އޭރަށް

    2
    1