އަބީޝޭކް ވަރްމަން ޑައިރެކްޓްކުރާ "ކަލަންކް" ރިލީޒަކުރުމަށް ޖެހިފައިވާ ތާރީހު އަވަސް ކޮށްފިއެވެ.

މި ފިލްމުގެ ލީޑު ރޫލުން ފެނިގެންދާނީ ބޮލީޑްގެ މަޝްހޫރު ދެ ޒުވާން ތަރިން ކަމުގައިވާ ވަރުން ދަވަން އާއި އާލިއާ ބަޓްއެވެ. މި ފިލްމު މީގެ ކުރިން ނެރުމަށް ނިންމާފައިވަނީ އަންނަ އޭޕްރިލް މަހުގެ 19 ވަނަ ދުވަހުއެވެ. ނަމަވެސް ސަބަބުތަކަކާ ހުރެ މި ފިލްމު ނެރޭ ދުވަސް ވަނީ އަވަސްކޮށްފައެވެ.

އެގޮތުން މިހާރު މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 17 ގައެވެ. ފިލްމުގެ ޝޫޓިން ނިންމާފައިވާއިރު ފިލްމު ކާސްޓުން ފެނިގެންދާނެ ގޮތް ވެސް މިހާރު ވަނީ ދައްކާލާފައެވެ. ފިލްމު ބަލާ މީހުން މާޔޫސް ނުވާނެހެން ތަރިންގެ އެކްޓިން ދައްކާނެ ކަމަށް ފިލްމުގެ އުފެއްދުންތެރިން ވަނީ ބުނެފައެވެ.

"ކަލަންކް"ގެ ކާސްޓުންގެ ތެރޭގައި ވަރުން އާއި އާލިއާގެ އިތުރުން މާދުރީ ދިކްސިޓް، ސޮނާކްޝީ ސިންހާ، އަތިދްޔާ ރޯއީ ކަޕޫރު އަދި ސަންޖޭ ދަތު ފަދަ ތަރިންނެވެ.

އާލިއާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ ފެބްރްއަރީ މަހު ތެރޭ ނުރުނު ފިލްމު "ގަލީ ބޯއީ" އިން ރަންވީރް އާއި އެކުގައެވެ. މި ފިލްމަށް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ. އަދި ހަމަ އެހެންމެ މާދުރީ ވެސް ވަނީ މިދިޔަ މަހުގެ ނެރުނު ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނަ ފިލްމު ޓޯޓަލް ދަމާލް އިނަ ފެނިގެން ގޮސްފައެވެ.